ކޮވިޑް-19 އަށް ހާއްސަކޮށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީ ގޮތް ވެކްސިން އަށް ވިޔަދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނަޝީދު އެގޮތަށް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތުގެ ތެރޭގައި ކޮރަޕްޝަނާއި ޚިޔާނާތް ހިންގާފައިވާ ކަމަށް ބުނެ އެ ވެންޓީލޭޓަރުތައް ނުލިބި އޮތުމުން އެކަމަށް އިޝާރާތްކުރައްވައެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އަމަލު ކުރި ގޮތާއި ބެހޭ ގޮތުން އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރުތައް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު ކުރީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ހެލްތު މިނިސްޓްރީގެ އިސް 10 ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދުނެވެ.
ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ މެމްބަރަކު ލިޔުމުން ސުވާލެއް ކުރެއްވި އިރު، އެ ސުވާލުގެ ޖަވާބު މިއަދު އޭނާ ވަނީ ލިޔުމުން ދެއްވައިފައެވެ.
ނަޝީދު ވިދާޅުވީ މިނިސްޓަރު ވަޑައިގެންނެވި ނަމަ ވެކްސިންއާ މެދު ސުވާލު ކުރެވުނީސް ކަމަށެވެ.
" މިއަދު މިނިސްޓަރު ވަޑައިގެންނެވި ނަމަ، އަޅުގަނޑުމެންނަށް އިތުރު ސުވާލުގެ ތެރޭގައި ވެކްސިންގެ ވާހަކަ އަހާލެވުނީސް. ވެކްސިންގެ ކަންތައް ވެންޓިލޭޓަރަށް ވީގޮތް ވިޔަ ނުދިއުމަކީ މިހާރުއްސުރެ އަޅުގަނޑުމެން ސަމާލުވެ ތިބެން ޖެހޭ ކަމެއް. އަދި އަދަށް ދާންދެންވެސް ރާއްޖޭގައި ވެންޓިލޭޓަރު މި ކަމާއި ގުޅިގެން އޮތީކީ ނޫން. އެގޮތަށް ވެކްސިން އަށް ކަންތައްތައް ދިމާވެއްޖެ ނަމަ އެއީ ވަރަށް ހައްސާސް މައްސަލައަކަށް ވެގެންދާނެ. " ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި ކޮވިޑް ވެކްސިނެއްގެ ކަންތައް ކޮންމެވެސް ގޮތަކަށް ހައްލުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މީގެ ކުރިން ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ދައުލަތުގެ ބަޖެޓް 2021" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަސީމް ވަނީ ރާއްޖެއަށް ވެކްސިން ހޯދުމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެއްބަސް ވީ ތޯ ވެންޓިލޭޓަރ އިން ވައްކަން ކުރިކަމަށް؟ކޮބާތޯ ޒީރޯ ޓޮލަރެންސް؟ ކެރޭނެބާ މަގާމުން ވަކި ކޮށްފަ ސަރީއަތަށް ފޮނުވަން،
ތިޔަ ވިދާޅުވާ ވެންޓިލޭޓަރަށް ވީގޮތެއްވެގެން އުޅެނީ އެމް.ޑީ.ޕީ ގެ ވެރިކަމެއްގައިތޯ ސުވާލަކީ؟ ނޫނީ ކުރީގެ ރައީސް ޔާމީނު ކުރެއްވި ކަމެއްތޯ އެއީ
ކާލާނެ ރަނގަޅު އެއްޗެއް ނުލިބޭތީ ހިތުގަ ޖެހެ ނީ އެވެ.
ކޮވިޑް އެލޮވެންސަށް ވީހެން ދޯ ވާނީ
ދެމީދާފެހި ބުޅަލަށްވީވަރުވެސް ކަލޭމެންނަކަށްނުވާނެ މިހާރުވެސް ތިޔަދަށްކައްކައިދިނީ ވަށްކަންކުރާނެ މަގެއް ދެން ބަންނަ ފޮށި މާ ބާރުވާނެ އެވާހަކަ އެބުނީބުއްޅަބޭ.
ރަނގަޅު ރަނގަޅު
މި ކަނޑުކޮއް ރާއްޖޭގެ ވެރިއަކައް ހުއްޓާ ރާއްޖެއަކައް އެއްވެސް ކަމެއް ރަގަޅަކައް ނުވާނެ.
ސަރުކާރުގެ ވިސްނުމުގައި ހުރީ ވެކްސިން ވީހާވެސް ލަހުން ގެންނަން. ކޮވިޑުގެ ކުއްލި ޙާލަތުން ބައެއް މީހުން މަންފާ އެބަނަގާ. އެހެންވީމާ މިހާލަތު ދެ އަހަރަށް ބާއްވަން އެބަ ޖެހޭ.
އެހެންވީމާ ވެންޓިލޭޓަރުގެ ކަންތައް ނިއްމާލީދޯތި؟؟
ތިމާތިމާމެންނަށް ބާރު ހިންގާ ސަރުކާރެއްގަ ބޮޑެތި ވައްކަމާ ކްރަޕްޓް ހިގީމާ އެކަން ފޮރުވާ މިކަހަލަ ވާހަކަ ދައްކާ އިރު ޙަޔާތުގެ ކަންފުޅެއްވެސް އެބަހުރިބާ؟
ތިމާއަށް ބައިއަޅާގޮތަށް ނޫނީ ނުކުރުންލާޒިމްކޮށް ގާނޫނެއްހަދަންވީ !!!!!!!!!
އެލާރިގަނޑު ކެއީވެސް ތިމީހުން..
ކޮރޯނާ ވީ އެމްޑީޕީ ސަރުކާރަށް ރަންބިސް އަޅާ ކުކުޅަކަށް..
ވެރިން މުއްސަނދިވެއްޖެ.. ދުނިޔޭގެ އެކި ތަންތަނުން ގޯތިގަނެ ނިމިއްޖެ..
ރައްޔިތުން ތިބީ ބިކަވެފަ..
ނަސީދޫ ކަލޭމެންގެ ވެރިކަމެއްގަ ކަލޭމެން ތިޔަކާނީވެސް ފެނާނުލާ ދިރުވާލާނީވެސް.
އަލީ ވަޙީދު އަށް ފިޔަވަޅު އަޅާފައި، އަމީނު އަމިއްލަ އަމިއްލަ އަށް ގޭގައި މަޑުކޮށްލަން ލުއިގޮތް ހަދާދިނީ މިކަމުގައި އިބޫ ވެސް ޝާމިލްވާ ކަމަށް ތުޙުމަތު ކުރެވޭކަމެކެވެ. ޢަލީ ވަޙީދު އަށް ވެސް ކުރީ ތުޙުމަތެވެ. ނަމަވެސް ކޯޓެއް ގައި ސާބިތު ކުރުމުގެ ކުރިން އިބޫ ފިޔަވަޅު އަޅައިފިއެވެ. އަމީން އަށް ވެސް ކުރެވުނީ ތުޙްމަތެވެ. އިބޫ ފިޔަވަޅު ނޭޅި ކަމީ އިބޫ އަށް ބައިއެޅި ކަމުގެ ހެއްކެއްގެ ގޮތުގައި ބެލެވޭނެ ހެއްކެކެވެ.