އއ. ތޮއްޑޫގައި ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ތޮއްޑޫގައި ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ ހަވީރު ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަކުރުން ފަދަ މައްސަލަތައް އިތުރުވެފައިވާކަން ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ. އަދި އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރެވޭ މިންވަރު ވެސް ވަނީ އިތުރުވެފައެވެ.

މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ތޮއްޑޫ ކައުންސިލަށް ގުޅާލުމުން ކައުންސިލުން ވިދާޅުވީ، އެ މައްސަލަ ކައުންސިލާއި ހަމައަށް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ އަކީ ފުލުހުން ބަލަމުންދާ މައްސަލައަކަށް ވުމުން މި ވަގުތު އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

" މި ރަށަކީ ފުލުހުން ޤާއިމްވެ ތިބޭ ރަށަކަށް ވީމައި ފުލުހުން އެ މައްސަލަ އެބަ ބައްލަވާ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރައްވާތީ އަޅުގަނޑުމެންނަށް އިތުރު މައުލޫމާތެއް ދެވެން ނެތް. އަދި ރަސްމީ ސިފައެއްގައި މި މައްސަލަ ކައުންސިލާއި ހަމައަށް ހުށަހަޅާފައެއް ވެސް ނެތް." ކައުންސިލްގެ ބޭފުޅަކު ވިދާޅުވިއެވެ.

ކައުންސިލުން މިފަދައިން ވިދާޅުވެފައި ވާއިރު އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުން ފަތުރުވެރިޔަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު ކުރެވެނީ ދަނޑުވެރިޔަކަށެވެ.

އެ ރަށު މީހަކު “ވަގުތަށް” މައުލޫމާތު ދެމުން ބުނީ އެ ފަތުރުވެރިޔާއަކީ ދަނޑުވެރިއެއްގެ އަތުން އެއްޗެއް ގަންނަން ބޭނުންގެން ދިޔަ މީހެއް ކަމަށެވެ.

" މި ރަށަށް ފަތުތުވެރިން އަންނަ އިރު ބައެއް ފަހަރު ބޭނުންވާނެ ސީދާ ފަތުުރުވެރިން އަތުން އެއްޗެހި ގަންނަން. އެގޮތަށް ދިޔަ ފަތުރުވެރިއެއް ކަމަށް ވަނީ އެއީ. ދެން އެގޮތަށް އެތަނުގައި ދެކެވުނު ވާހަކައިގެ ތެރެއިން ފުރައްސާރަ ކުރި ކަމަށް ބުނަނީ. ސީދާ އެއްގޮތަކަށް ވެސް ނޭނގެ ވީގޮތެއް." އޭނާ ބުންޏެވެ.

އެ ރަށު އިތުރު މީހަކުވެސް ވަނީ ފަތުރުވެރިޔާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ހާދިސާ ހިނގީ މިގޮތަށް ކަމަށް ބުނެފައެވެ. އޭނާ ވަނީ ތޮއްޑޫއަކީ ފަަތުރުވެރިން ގިނަ އަދަދަކަށް ދާ ތަނަކަށް ވާއިރު އެއީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއް ކަމަށް ފާހަގަކޮށްފައެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހުންވެސް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޢަހަންމާ

  ބުރޯ ބަލާބަލަ އަލީ ވަހީދު ރަށަށް ދިޔަތޯ.

  39
  1
  • ގެރިއިނޑިޔާ

   ފަތުރުވެރިންވެސް އޮރިޔާމާ ރަށުތެރޭ ނޫޅެވޭން

 2. އެޑަމްބެ

  އަލީ ވަހީދު އަނެއްކާ ކޮބާ؟!

  35
 3. ކެރަފާ

  އަނެއްކާ ޝޭހް އިމްރާން އެވިދާޅުވާފަދަ ކުޑަކުޑަ ކަމެއްތޯ؟ އާންމު ތަނެއްގައި މީހަކަށް ރޭކާވެސްނުލާ ކުރެވިދާނެފަދަކަމެއްތޯ؟

 4. އުކުޅަސް

  ތޮއްޑޫގަ ތިކަން ތަންކޮޅެއް ބޮޑުވާނެ.

  3
  2
 5. ާއަސޭލަރ

  ޥާރުތަ ކުރާ ކަމެއް

  1
  2
 6. ޔާގުންޑޭ

  އަޅުގަނޑު ކުށަށް އިއުތިރާފު -އ.ޔ.އ.ޤ-

 7. ގެރިމަސް

  ރޭޕް ސަރުކާރު އިސްތިއުފާ

  2
  1
 8. ދިއްލާ

  ކަރަމް ކީކޭތޯ ވިދާޅުވަނީ؟؟

  2
  1
 9. ކާފަ

  އިންޑިޔާ ކައިރިން ދަސްކުރި ކަމަކީ މިއީދޯ؟

 10. ޖިންސު

  ވަރުގަދަ ޖިންސީ ފުރައްސާރަ އެންނު. ޭ އެންމެން އިސްލާމް ދީނުގެ ހަމަ ތަކަށް އުޅެބަލަ. އޭރުން ތި ހުރިހާ ކަމަކަށް ހައްލު ލިބިދާނެ. ބޯހަލާކު ވާ ވަރު ވޭ. ޖިންސީ ފުރައްސާރަ، ރޭޕް، އެހެން ކަމެއް، އެހެން ކަމެއް.

 11. ފައިކިލާ.

  ރޭޕް އަލީ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

 12. އިބްރާހިމް

  ފަތުރުވެރިންވެސް ރޯ ބަރަހަނާގައި ތިބެންޏާމުން ތިޔަބާވަތުގެ ކަންކަން އިތުރުވާނެ. ޔޮއްޑުވަށް ފަތުރުވެރިން ދިއުން މަނާކުރަން ކެރޭނެތޯ؟

  5
  1
 13. ދަރަނި ދަންތުރަ

  ކެންޔާ މީހެއްތަ ؟

 14. Thoddoo 😘😘😘

  😘😘😘👮👮👮👮😛😛💕💕👮👮👮👮