މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ޅ. ފެލިވަރަށް ޒިޔާރަތްކުރައްވައި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެކި ސަރަޙައްދުތައް ބައްލަވާލެއްވުމުގެ ތެރެއިން އެ ވަގުތު ފެލިވަރު ފަޅުގައި އޮތް މަސްދޯންޏަކަށް އަރާވަޑައިގެން ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރައީސް ވަނީ މަސްވެރިނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް އޮޅުން ފިލުއްވާފައެވެ. އެ ދޯނީގައި ތިބި މަސްވެރިން ފާހަގަކުރައްވާފައި ވަނީ މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ ވާހަކަ އެވެ. ރައިސް ވަނީ އެ މައްސަލަތައް ހައްލުކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސް ސާލިހް ވަނީ މި ދަތުރުފުޅުގައި މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އައު ކޯލްޑް ސްޓޯރޭޖްގެ ފަރުމާ ބައްލަވާލައްވާފައިވެއެވެ. އެއަށްފަހު އެ މަނިކުފާނު ވަނީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ތަން ވެސް ބައްލަވާލައްވާފައެވެ. އަދި މީގެ އިތުރުން، ރައީސް ވަނީ ވަނީ ފެލިވަރުގައި މިހާރު މަސްގަނެ ރައްކާކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖްގެ ހާލަތު ބައްލަވާލައްވައި، މަސްބަންދުކުރާ ކާރުޚާނާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މިހާރު ބޭނުންކުރާ ކޯލްޑް ސްޓޯރޭޖް ހުރި ޢިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެފައެވެ. އަދި، މި ސްޓޯރޭޖްގެ އައިސް އުފައްދާ މިންވަރަކީ މިހާރަށް އެންމެ އެކަށީގެންވާ މިންވަރެއް ނޫން ކަމުން، އިތުރަށް އައިސް އުފެއްދުމަށް ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރުމަށް ވަނީ ބޭނުންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މާމީ

  މިވަރައް މަސްވެރިންގެ ކަންތައް ހައްލުކުރެވޭނީ.....

  10
 2. ލޯކަލްމީހާ

  ކައުންސިލް އިންތިހާބު އޮތީ ވަރައްކާއިރީގަ އިގޭތޯ.
  ރިޔާސީ އިންތިހާބުގަވެސް ވަރައްގިނަ ވައުދުތަކުގެ އަޑު އިވުނު....
  އޭރައްވުރެން މިހާރު މަސްވެރިންގެ ހާލަތު މާދައް....

  12
 3. ހުދުކާފޫރު.

  އަނެއް ހައެތި. އެއްކަމެއް ނުވިޔަސް އަގަ އަރުވާތި. އިއްބެ ޝާހުވެސް މިހާރު ބަހެއް ނުކިޔާނެ، މަސްވެރިންގެ ހައްގުގަ އެމްޕްބެ އަގަ ފަހާފަ. އިއްބެޝާހު ލޮނުމެދު ކާންދީފަ.