މުޖުތަމައު ޢާފިލްވެ، ކަންނެތް ނިންޖަކުން ނިދާފައި އޮއްވައި ހޭލައްވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ޒެއިން ވިދާޅުވީ އޭނާގެ ބައްޕާފުޅު، ރައީސް ޔާމީނަކީ ސިޔާސީ މުފައްކިރުން ނުވާނެ ކަމަސް ބުނި ކަންކަން ކުރެއްވި ބޭފުޅެއް ކަމަށެވެ.

އަދި ރައީސް ޔާމީންއަކީ ތަރައްގީ އާއި ތަމައްދުން ގެންނެވި ބޭފުޅެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ރައީސް ޔާމިންއާ އެކު މުޅި ގައުމަށް އާ މިސްރާބެއް ގެންނަވަން ރައީސް ޔާމީން މަސައްކަތް ކުރެއްވިކަން އާއްމުންނަށް ވެސް ފެންނާނެ ކަމަށް ޒެއިން ވިދާޅުވިއެވެ.

" މުޖުތަމައު ކަންނެތް ނިންޖަކުން ނިދާ، ޢާފިލް ވެފައި ތިއްބާ ހޭލައްވާލާ، ޒުވާނުން ގެންގުޅުއްވި ފަސް އަހަރަކީ ރައީސް ޔާމީންގެ ފަސް އަހަރު،" ޒެއިން ވިދާޅުވިއެވެ

ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރަކީ ކާމިޔާބު ފަސް އަހަރުކަން ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރަކީ ތަރައްގީ ގެނައި ސަރުކާރެއްކަން އެތައް ބަޔަކު ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފިޒިކަލް ރިޒާވްއެއް އުފެއްދުމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ވެފައިވާ ކަމަކަށް ނުވާއިރު ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި ވަރަށް ރަނގަޅު ކަމެއް ކަމަށް ޒެއިން ފާހަގަކުރެއްވިއެެވެ.

ޒެއިން ވަނީ އެ ފަސް އަހަރަކީ ތަހުޒީބުގެ ފަސް އަހަރު ކަމަށް ވެސް ސިފަ ކުރައްވައިފައެވެ.

" މި ފަސް އަހަރު ތެރޭގައި ކުރެވުނު މަސައްކަތްތައް އެހެރީ ލޮލަށް ފެންނަ. ސިނާއީ މަސައްކަތެއް ނުހިނގާ ރަށެއް، ނެތް." އޭނާ ވިދާޅުވިއެެވެ.

ޒެއިން ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އުމްރާނީ ތަރައްގީ އަށް ވެސް ހެޔޮ ބަދަލުތަކެއް އައިކަން ފާހަގަ ކުރައްވައިފައެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް އެއް އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކަނޑުމަތީގައި އިއްޔެ ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅަބޭ

    ކެނެރީގޭ ނަޝީދު ދަރިންނައްވުރެ ޔާމީނު އަބްދުލްގައްޔޫމުގެ ދަރިން މާ މުރާލިވެފަ، ޖެހިލުންކުޑަވެފަ، ހިތްވަރު ގަދަވާނެ. ކެނެރީގޭ ނަޝީދު ދަރިންނަކީ ޓުވީޓާގަ އަވަގުރާނަ ގޮވާ ބަޔެއް.

    12
    2
  2. ނަައީމް

    ޒުވާންދަރިއެއްގެ މައުނަވީ ރިވެތި ބަސްކޮޅެއް އަދިވެސް ރައީސް ޔާމީން ގެނައުމައްމަސައްކަތްކުރުމަށް ޒުވާން ޖީލަށް ގޮވާލަން

    10
    4
  3. އަލްޖިބްރާ

    ރައްޔިތުން ތިބީ ނިދާފައެއްނޫން ! ކަލޭ ތިހިރީ ރަގަޅަށް ބަފާ ގާތުން ފިލާވަޅު ނަގާފަ ! ރައްޔިތުން މިވެނިކަމެއް ނުކުރާށޭ ގޮވަގޮވާތިއްބާ ސިފައިންނާއި ފުލުހުން ނެރެގެން ރައްޔިތުން ތަޅާ ރޯނާގަންނަވާފަ ،ކުރާކަންތަކާ އިދިކޮޅުމީހެއްނަމަ ހިފާހައްޔަރު ކޮށްފަ މުޅި ރާއްޖެ ދަވާލީމަވެސް ކަލެއަކަށް އެތަނެއް ނުފެނުނު ! އެކަމަކުވެސް ރައްޔިތުން ނިދާފަތިބިކަމަށް ކަލެއަށް ފެނުނީ ! ކަލޭގެ ހިއްސުތަށް ސަލާމަތުން އެބަހުރިތަ ؟ ސްޕްރީމް ކޯޓު ފުރާޅުން ޓިނުނަގައިގެން ޤާޟީންތަކެއް ހިފާހައްޔަރު ކުރިއިރު ރައްޔިތުން ތިބީ ނިދާފަތަ ؟ ބާރުގެބޭނުން ކުރިކަމެއް ތި ގަމާރަކަށް ނޭގޭތަ ! ދެން މިހާރަކު ހޭރޭނެ ކަމެއްނެތް !

    5
    12