މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ހުސައިން އަހްމަދު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވައި އެމްޕީއެލްގެ ސީއީއޯ އަށް އޭނާ މިއަދު ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވެފައިވަނީ ސަލާމަތީ ބާރުތައް ބޭނުން ކޮށްގެން ރައްޔިތުންނަށް ލިބިފައިވާ ހިޔާލުފާޅުކުރުމާއި މީޑިއާގެ މިނިވަންކަން ގަސްދުގައި ނަގާލަމުން ގެންދާތީ، އިސްލާހީ މަސައްކަތް ކުރައްވާ ފަރާތްތަކާއިއެކު މަސައްކަތް ކުރެއްވުމަށް ބޭނުންވާތީ މިއަދުން ފެށިގެން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

އަދި ކުށަކާ ނުލާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ސިޔާސީ އެތައް ބަޔަކަށް ނުހައްގުން އަދަބުދީ ޖަލަށް ލާފައިވާ ކަމަށާއި އަދި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައިގެން ކޮންމެ ދުވަހަކު އެތައް ބަޔަކު ހައްޔަރުކުރަމުންދާކަން އެ ސިޓީގައި އޭނާ ފާހަގަކުރައްވާފައިވެއެވެ.

ހުސައިންގެ ސިޓީގައި އިތުރަށް ފާހަގަ ކޮއްފައިވަނީ މުޅި ގައުމު ހަލަބޮލިވެ އަމަންއަމާންކަން ގެއްލޭ ހިސާބަށް ދިޔައިރުވެސް ގައުމު ހަމަމަގަށް ގެނައުމަށް ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވާތަން ނުފެން ކަމަށެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ ރައީސް ޔާމިން ވެރިކަމަށް ގެންނެވުމަށް އޭނާ މަސައްކަތް ކުރެއްވީ ރައީސް ޔާމީނަކީ ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިސްލާމްދީނާއި، ގާނޫނު އަސާސީއާއި، ގާނޫނުތަކާއި އެއްގޮތަށް އަދުލުވެރި ވެރިކަމެއް ކުރައްވާނެ ބޭފުޅަކަށް ވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

ހުސައިން އަހްމަދު ވިދާޅުވީ އޭނާއަށް އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ ވަޒީފާ ދެއްވީ ސީދާ ރައީސް ޔާމިން ކަމަށާއި، އެއީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް އޭނާ ކުރެއްވި ބުރަ މަސައްކަތުގެ ހަދިޔާއެއްގެ ގޮތުން ކޮށްދެއްވި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސީ އީ އޯ މަގާމް ލިބޭނެކަމަށް އިއްތިހާދުން ހުވަފެންދެއްކީ ދެއްތޯ!

  2. ލޯބި ބިޓެއް

  3. މިވެސް ދެން މީހެއް. މިކަހަވާހަކަތަކަކީ ނޫހުގަ ޖަހާކަހަލަ ވާހަކަތަކެއް ނޫންދޯ

  4. މޮޔަ ހުސެން އަހުމަދު?

  5. ހާދަ ފެން ވަރުގެ މީހެއް

  6. ތިބޭފުޅާގެ އިޚްލާސްތެރިކަމެއް ނެތްކަން ހާމަވެގެން ތިދިޔައީ، ދެފުއްކެހެރި މީހުން އަވަހަށް ދާންވީ. ﷲގެ ރަޙްމަތުން މިޤައުމުގެ ހުރިކާ ކަމެއް ރަނގަޅަށް ފަންކްޝަން ކުރާނެ.

  7. ޙަހަ ތިވާނީ ލާރިގަޑެއް ލިބުނީކަމައް،

  8. ތިވާނީ އެހެން ތަނަކުން މިހާރަށް ވުރެ ގިނ ފައިސާ ލިބޭ ކޮޅެއް ފެނުނީ ކަމަށް

  9. ތިވާނީ އެހެން ތަނަކުން މިހާރަށް ވުރެ ގިނ ފައިސާ ލިބޭ ކޮޅެއް ފެނުނީ ކަމަށް

  10. ހާދަ ވެބްކެމް ސްޓައިލަކަށް އިން މީހެއް މީ

  11. ނޫނޭ. މީނާ އަށް ހީވީ ސްޕްރިން ކޯޓުން އަމުރު ނެރުނީމަ ދެން ޔާމީނުގެ ސަރުކާރު ވެއްޓޭނެ ކަމާށް. އެހެން ހިތާ ދުއްވައި ގަތީ. ސަރުކާރުގެ އަގުވައްޓާލަން މަސައް ކތް ކުރަމުނ ދުވަން ފެށީ. މީނާ އަކީ މިދިޔަ ކައުން ސިލް އިންތިޚާބު ގައިވެސް އޭނާގެ ރަށުކައުނސިލް އެމް ޑީ ޕީ އަށް ހޯދާއިދޭން ވަރަށް ބުރަކޮށް މިސަރުކާރު ތެރޭހުރެ މަސައްކަތް ކުރި މީހެއް. މިވަރުގެ މުނާފިގެއްމީ. މި ސަރުކާރުގެ ދައުރު ހަމަވާން ހަމަހަށް ވީމަތަ ކަލެ އަށް މި ސަރުކާރު ކަމު ނުދިޔަ އީ. ދެން ދޭ އަވަހަށް އުފުރިޔާ އަށް ރުކުއަޅަން. ސަރުކާރުން ކަލެ އަށް ތިވަރުގެ މަޤާމެއް ދިންކަމާމެދުވެސް އަހަރެން މިހިރީ ހަމަ ހައިރާނވެފަ. ތީ ކާކު ގްރޭޑް ފަހެއްގެ ފެންވަރުވެސް މީނަގެ ގައިގައި ނުހުންނާނެ. ދާއިރާގެ އެމްޕީ ކަން ހޯދާށޯ މީނަ މި ފައި ނަގަނީ. މަހައްދޭބަލަ

  12. ސްޕްރިން ކޯޓުން އަމުރު ނެރުނީމަ މީނަ ހީކުރީ މީވާ ލައްކަ އެކޭ. ހިތައް އަރާ މިސަރުކާރަށް ފަތިވަރު ގޮވަން ފެށީ. ކާކު ޤަބޫލް ކުރާނީ ކަލޭ އިސްތިއުފާ ދިނީއޭ. ތިވާނީ ކަލެޔަށް އިސްތިއުފާދޭން އެންގީ ކަމަށް. މުޅި ދުނިޔެ ކުޑަ ކުރިޔަސް ތިވަރުގެ ވަޒީފާ އެއް ނުލިބޭނެ. ހިތުން އެމްޕީ ކަމަށް ކުރިމަތިލަނީޔޯ. ހެ ހެ

  13. އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އާދަމް ޝަރީފް ވަކިކުރީ ހުސައިން ދިން ރިޕޯޓަކާއި ގުޅިގެންނޫންތަ. ޢެދުވަހު ތިބުނާ ހައްގު ބަސް ކޮބާ؟ ހުސައިން އާދަމް އަށް މަސައްކަތެއް ނުދީ އިށީނާނެ ތަނެއް ނުދީ ބެހެއްޓީ. ޢަދި އެވަރުން ނުވެގެން އޭނަގެ ރިޕޯޓްވެސް ދިނީ.

  14. އޮޑިވެރިން ނޫޅޭ މޮޔަވެގެނެއް. ކަލޭ އެމްޕީ އަށް ހޮވަން ޚަރަދު ކުރާކަށް. މަހަށް ދޭބަލަ. ޚުރިނވެސް އިނގޭ ތީ ދެފުށަށް ކެޑޭމީހެއްކަން. ލަލަލާ

  15. ކައުޅަ ގުއިފުކަ. ކިހިނެއް ތިކަހަލަ މީހުން މަޖިލީހަށް ހޮވާނީ؟

  16. ޒަރުޤާވީ ފިކުރީބެ

    ދަމައި ކަނޑާ ދޯނި ދުއް ވަން އުޅުނު އަސާސީ ފެންވަރު ސޮރެއް

  17. މިއީ އަބަދުވެސް އެމްޑީޕީ މީހުން މި މީހުނަށް ނަފާހޯދާދީ ޕީޕީއެމް ގެ އިހްލާސްތެރިން ބޭރުކުރުމަކީ ހެއްދެވުނު ގޯހެއް.

  18. ހާދަ ވައްތަރަކަށް ބަލަން އިނީ އަނެއްކާ ހަމަތަ

  19. ދެން މަހަށްދޭ ރަށުފަޅުގަ އުޅޭނެ ކުދިމަސް