ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޕްރޮކިއުމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމްއެވެ.

ކުރިން އެސްޓީއޯގެ ސީއެފްއޯގެ މަގާމުގައި ކުރިން ހުންނެވީ މުހައްމަދު މިހާދެވެ.

އެސްޓީއޯއިން ބުނީ، ނިޒާމް ސީއެފްއޯގެ މަގާމަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން އެ ކުންފުނިން މިދާހު ވަކިވެވަޑައިގަންނަވާތީ ކަމަށެވެ.

މިހާދު ސީއެފްއޯގެ މަގާމުން ވަކިވީ ދުނިޔޭގެ އެންމެ ބޮޑު ކޮންސަލްޓެންސީ ފާރމް ކަމަށްވާ ކޭޕީއެމްޖީގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށެވެ.

މިއީ އިންޓަނޭޝަނަލް ކޮންޓަލްސަންސީ ފާމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު