އެއްވެސް ދީނެއް ގަބޫލު ނުކުރާކަން ފާޅުގައި އިއުލާންކޮށް އިސްލާމްދީނަށާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރަމުން ގެންދާ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ޢަލީ އާނިމް މުފީދު ގެންދަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމުގެ ގޮތުން ކުރަހާފައިވާ ކާޓޫންތައް ވެސް ފަތުރަމުންކަން ފާހަގަ ކުރެވިއްޖެއެވެ.

މުރުތައްދު ވެފައިވާ މީހުން ތަފާތު އެކި ނަންނަމުގައި ހިންގާ ޓްވިޓާ އެކައުންޓްތަކުން ދައުރު ކުރަމުން ގެންދާ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމުގެ ކުރެހުންތައް އާނިމް ވެސް ގެންދަނީ އިތުރަށް ޝެއާ ކުރަމުންނެވެ.

އާނިމް ގެންދަނީ ކުރެހުންތަކުގެ އިތުރުން އިސްލާމްދީނަށާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް އެތައް ވާހަކައެއް މީސް މީޑިއާގައި ފަތުރަމުންނެވެ.

އިސްލާމްދީނާއި މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ޖަމިއްޔާތަކުންނާއި އިލްމުވެރިން ގެންދަނީ އާނިމްގެ މައްސަލަ ސަމާލުކަމަށް ގެނެސް އޭނާގެ އަމަލުތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އޭނާ އާއިމެދު އެއްވެސް ފިޔަވަޅެއް އެޅިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

އިސްލާމްދީނަށް ދިވެހިން ފުރައްސާރަ ކުރުން ފާއިތުވި ދެއަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އިސްލާމްދީނަށް ފާޅުގައި ފުރައްސާރަ ކުރަމުން ގެންދާ ބައެއް މީހުން ހައްޔަރު ކުރުމުގެ ބަދަލުގައި ސަރުކާރުން ހިމާޔަތް ދީގެން ބައެއް މީހުން ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައި ވެސް ވެއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހިން ހިންގާ ދެމަޖިއްޔާއެއްކަމަށްވާ އެމްޑީއެން އާއި އުތެމަ އިން ރިޕޯޓްތަކެއް ނެރުމުން ވެސް ރިޕޯޓް ނެރުމުގައި އުޅުނު އެއްވެސް މީހަކަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

 1. މ

  ކޮބައިތަ މައުމޫން ކޮބަތަ ގާސިމް ޗުއްޕު ވެސް ނުބުނޭ ބަލަ މެލޭސިޔާގައި ވެސް މިގަޮތަށް އުޅުނު މީޙުން ހުކުމް ކޮށް ޖަލަށް ލާ ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރަނީ މިއީ އިސްލާމް ގައުމެކޭ ... ހޭ އަރާ ބަލަ

  61
  1
  • ސޮނިވެއްޓޭ

   މިސަރުކާރުގަ ތީގެ ދައްޖާލުން ފާޅުވުން ގިނަވީ މިޔަރު އެއްޗެހި ނޫނަސް ހިމާޔަތްކުރެވިފައިވާ އެއްޗަކަށް ވީމަބާ؟

   • ادم نبيه ندوي

    އޭ ޤައުމުގެ ވެރިޔާއެވެ. މީނާގެ މައްޗަށް الله ގެ ޙުކުމް ތަންފީޒުކުރުމަށް މިންބަރުގެ އުސް ހަރުފަތްތަކަށް އަރާހުރެ ގޮވާލަން.
    الله ޝަރިއްޔަތާއި ޙުކުމް ނުހިނގާ އެެއްވެސް ތަނެއްގައި ސުލްހަމަސްލަަހަތެެއް އަމްނު އަމާންކަމެއް ހަމަޖެހުމެއް ނުވާނެކަން ދަންނަންވާނެ ދަސްކުރާތި. މިއަދު މި އިސްލާމީ ދިވެހި އުންމަތައް ވެސް ޖެހިގެން މި އުޅޭ ފިތުނަ ފަސާދަޔާ ދެކޮޅުވެރިކަމާ ޖަގަޅާތަކުގެ ބިންގަލަކީ ވެސް މިއީ ކަަމުގާ ކަލޭ ރަނގަޅަށް ދަންނާތި އިނގޭވޭ.

  • ރިއާން

   މީނަ ހައްޔަރު ކުރޭ..... ކިހާ ދެރަކަމެއް މިއީ... ސަރުކާރުން މިކަން ބަލާ ފިޔަވަޅު އަޅަން ޖެހޭނެ... ވޯޓް ހޯދަން ނާންނާތި މިކަންކަން ނުބަލަންޔާ....😡

   10
  • ގަރީން

   މަޖުބޫރު ކޮށްގެން ދީނަށް ވެއްދުމެއްނޯވެ. ވަރަށް ސަލާމް

   14
 2. ޑިމޮކްރަސީ

  މިކަހަލަ ނުލަފާ މީހުން ދޫވެފަތިބުން މީ މިހާރުގެ ސިޔާސަތުތޯ

  65
  3
 3. ފަރުވާކުޑަ

  ރާއްޖޭގައި ނެތްތަ ތީނަ ހައްޔަރުކުރުމަށް އަރެސްޓް ވޮރެންޓެއް ތައްޔާރު ކުރެވޭނެ ފަދަ ޕޮލިސް ޖެނަރަލްއެއް؟؟
  އަންނި އަށް ބިރުންތަ އެއްޗެކޭނުބުނަނީ؟ މަގާމަށް ލޮޅުމެއްއައިސްދާނެތީ؟؟ﷲއަށް ވުރެ ނާޝިދައް ޖެހުލުންވާހެން ހީވޭ

  52
  1
 4. ބުރުގާ

  ތިސޮރު އެކަންޏެއް ނޫން. ޝޭހު އިމުރާނަކީވެސް ފާޅުގަ އިސްލާމުދީނައް ފުރައްސާރަ ކުރާމީހެއް. ސޮރުން ފަހަތުން އެކަންޏެއް ނޫން ދުވަންވީ.

  45
  3
 5. އަހަރެން

  މިއޮތީ ޒަމާނެއް. ކޮންމެކަމެއް ވަރިހަމަ. ވެރިކަމެއް ލިބި ރުފިޔާ ލިބުނީމަ ނިމުނީ. ހ ދ ނައިވާދޫ ހުކުރުމިސްކިތުން ރަށުތެރެއަށް ބަންގީގެ އަޑުނީވޭތާ 8 ދުވަސް. މި މުސަލިމުން ދިރިއުޅޭ ރަށެއްތަ. މިކަން ބޮޑުވި ރައްޔިތެއް. ވެރިޔެއް. ދައުލެތެއްނެއް.

  38
  1
 6. އަޙްމަދް

  ކޮބާ ޖަހާލަތު ޕާޓީގެ ސިޔާސީ ނަޖިސް ގަންޑުތެރެއަށް ވެއްޓިފައިވާ ޝޭޙުންތަށް!؟

  47
  1
 7. ބާބޫ

  ކިނބޫ ސަރުކާރު ހާދަ ކަޑައޭ..............މިފަދަ ލާދީނީ ލުއްޗާ އިންނަށް ފިޔަވަޅެއް ނޭޅޭ އާލާތުން ތިބެނީ................ދެން ޖެހޭނީ ރަތްޔިތުން ނިކުމެ ޙުކުމް އިއްވަން..............................

  45
  2
 8. ނަން

  ސަރުކާރުން އެމްޑީއެންއާއި އުތެމައަށް ފިޔަވަޅުނޭޅުމުން ދީނަށް ފުރައްސާރަކުރުން ބަޔަކު ދެންހަދާނީ ކުޅިވަރަކަށް ،
  ހައދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، އަޅަމެންގެ މައްޗަށް އިސްވެފައިވާ ވެރިންނަށް ހައްޤުގޮތް ދައްކަވާންދޭވެ، އަދި އެއުރެންނާއި ހިސާބަށް ހައްޤު އައިސް އެއުރެން އުރެދިއްޖެނަމަ ، އަޅަމެންގެ މައްޗަށް ހެޔޮލަފާ ވެރިންތަކެއް ފޮނުއްވާނދޭވެ ، އާމީން

  47
  2
 9. ގ

  މިސަރުކާރުން ބޭނުންވާގޮތް

  34
  1
 10. ޑައެލޯގް

  ކޮބާތަ ކަންނެލިއޮޑި ސޭކު އިލިޔާސް، ޑރ. އިޔާޒް . ސޭކު ޒައިދު ސޭކު އަނިލް އަދި މުނާފިގު އިމްރާން ދުވާ ދެއްވި ރައީސަކު ވެރިކަންކުރާގޮތްދޯމީ

  34
  3
  • ރަދީފް

   ޒައިދަށް އިސްލާމީ މަރުކަޒުގެ މިމްބަރު މަހަކު 02 ފަހަރު ލިބެނިކޮށް އޯކޭ.އެއީ އޭނަ ބޭނުންވާކަން.ބޮޑު ފޫއްސެއް އެއީ.

   27
   3
 11. ލޫޓުވާ

  އެކަހަލަމީހެއް ކޮމިޝަނަރއޮފް ޕިލިސްއަކީ. ސަރުކާރަކީވެސް އެކަމަށް ހިއްވަރުދެއްވާ ބައެއް. ރައްޔިތުން އަރައިގަތީމަ ކަމެއްކުރުމުގެ ގޮތުން ހައްޔަރުކޮށްފާނެ

  26
  2
 12. ރައްރިތުމީހާ

  އަދި ރައީސްގެ ކަންފަތްޕުޅާ ހިސާބައް ތިހަބަރު ނުފޯރަނީ...

  20
  3
 13. ވަހުތާނު އަހުމަދު

  ސިވެއްސެއްތަ؟ އިތޯޕިޔާމީހެއްނޫންތައެއީ؟

  19
  3
  • ރަދީފް

   އައްޑު އަތެޅެ ހިތަދޫ މީހައްތޭ.އިޔެގެ މަހާސް ވަޑިލާފެއި އޮތީ ހިތަދޫއެ.

   4
   4
 14. އައްޑޫ

  މިކަހަލަ މީހުނާ ހެދި މުޅި އައްޑުއަތޮޅަށް ހުތުރު.

  33
  4
 15. ސަނާހް

  ވަގުތުން ވަގުތައް ހައްޔަރު ކުރޭ

  36
  2
 16. މޮހޮނު

  އެމް.ޑީ.ޕީ ވެ ރިކަމުގައި މިކަހަލަ ހު ރިހާ ނުލަފާ ކަމެއް ވެސް ހިގާންގާނެ! އަދި އެކަން އޮއްބާނެ ވެސް މެ!

  32
  2
 17. ސަޒުނާ

  މިގައްދާއަށް ﷲއެންމެ އިންސާފުވެރި ނިންމެވުން ދެންވާނެ.

  33
  4
 18. ދެވަރެންދާ

  ޢައްޑޫގައި މިބައިގަނޑު ގިނަވާނެ ޔާﷲ މިސޮ ރާއި މިފަދަ ދިވެހިންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި އާމީން

  39
  3
 19. ރަށުމީހާ

  މިހާފާޅުކަންބޮޑުގޮތެއްގައި މިކަންކުރާފަރާތްތަކުން މިކަންކުރަނީ މިފަދަފަރާތްތަކާމެދު މިކަންހުއްޓުވުމަށް ފިޔަވަޅުނާޅާ މިކަންކުރުމަށް ހިތްވަރުލިބޭގޮތަށް އޮންނާތީ މިފަދަފަރާތްތަަކަށް
  ހިތްވަރުލިބި މިސާލަކަށް އެމް.ޑީ،އޭ ގެ ރިޕޯޓާ، އެމް.ޑީ.އޭގެ ދިފާއުގައިނިކުތް އުތެމެޖަމްއިއްޔާމެދު
  އެކަށީގެންވާ ފިޔަވަޅުއެޅުއްވިތޯ؟ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ކިޔާ އެޚިޔާލުފާޅުކުރެވެނީ ހަމައެކަނި އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށްތޯ؟ ދީންގަބޫލްނުކުރާ ﷲ ވޮޑިގެންވާކަން
  ގަބޫލްނުކުރާ ރަސޫލާގަބޫލް ނުކުރާނަމަ އެލާދީނީގޮތުގައިތިބޭ ކަމުގެހަގީގަތާ،އެންމެއިންސާފުން
  އިންސާފްލިބޭނެދުވަސް އަންނާނެ މިދުވަސްއައުމުގެކުރިންވެސް މުސްލިމުންރުޅިއަރުވާ ދީނަށާއި،
  ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނުތައްފަތުރަމުން ދާކަމުގައިވާނަމަ މުސްލިމުންމަޑުންކުޅިބަލަން
  ނުތިބޭނެކަން ހަދާންކުރޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެތެރެއިން ކީއްވެތޯ ގައުމެއްގެ އެތަށް
  އިންސާނުންނެތް ހިތްސާވާ މުދަލާ ފައިސާއިން ވައްކަންކުރާކަމުގެ ޚިޔާލުފާޅުނުކުރެވެނީ އެއީ
  ދީނާ،ރަސޫލާއަށް ފުރައްސާރަކުރުމުގެ ފުރުސަތުނުލިބި ވައްކަންކުރާ ފަރާތްތަށްދެކެ ބިރުގަންނާތީތޯ/ އެހެންކަމަށްވާނަމަ ދީނާ، ރަސޫލާއަށްފުރައްސާރަކުރަނީ ބާރުހުރިފަރާތްތަކެއްގެ
  ރުހުންލިބިގެން ޝެއިޚުންނަށް ދަންނަވާލަން ދީންހިމާޔަތްކުރުމުގައި ތިބޭފުޅުންނަކީ އެންމެ
  އިސްކޮށްތިއްބަވާބޭފުޅުން ނަމަވެސް ތިބޭފުޅުން ކަހާތަންހިރުވައިވެސްނުލާނޭބުނާފަދައިން
  އިސްލާމީގައުމެއްގައި ވަރަށްގިނަ މުސްލިމުންގެތެރޭގައި ދީނަށާ،މާތްރަސޫލާއަށް ފުރައްސާރަކޮށް
  ކާޓޫނުތައް ފަތުަރަމުންދާއިރުވެސް ހިމޭނުންތިއްބަވާތީ ހިތާމަކުރަން މިކަންހުއްޓުވުމަށް މަސައްކަތްކުރައްވާ ކަމާބެހޭފަރާތްތަކަށް ދަންނަވާ ޕްރެޝަރު ކުރައްވައިގެންވެސް ބާރުހުރިފަރާތް
  ތަކެއްގެސަބަބުން މިކަންނުވެއްޖެނަމަ މިހާރުތިއްބެވިމަގާމުން އިސްތިއުފާދެއްވާދުރަށްޖެހިލައްވާ
  މިކަންތަށް މިހާރުވެސްކުރައްވާ ބަދަލެއްނުފެނަނަމަ އަހަރެންމީ ޝެއިޚެއްނަމަ ކަމުގެބޮޑުކަމަށް
  ބަލާ ﷲ އަާ އާޚިރަތް ދުވަހަށްބިރުންނާ ގައުމުގެ މުސްލިމްރަށްޔިތުންދެކެ ލަދުންވެސް އިސްތިއުފާ ދެވުނީސް އެއީ ލާދީނީ ބައަކާގުޅިގެން ރަގަޅުކަމެއްނުކުރެވޭނެތީ

  16
  3
  • ދުނގެތިކަލޯ

   މީކީ މަޒުމޫނު ލިޔުމުގެ މުބާރަތެއްނޫން.. މިއޮށް ކޮމެންޓަކަށް ހަމަ ސާބަސް.

   6
   2
 20. އެލެކުސް މައިކާލޯ

  ތިސޮރު މާކަންތައް ބޮޑުވަނީ ޖެހެނީ 25 އަހަރުގެ ޖަލުގެ ޙުކުމެއް އަންނަން. ދީނަށް ފުރައްސާރަކުރުމަކީ މިގައުމުގެ ގާނޫނުގައި ބޮޑުކުށެއް!

  26
  3
 21. ޑަބިޔާ

  ވަގުތުން ހައްޔަރުކޮއްފަ ހުކުމް އިއްވާ. އަންނި އީވާ ބުނާނެ އެއީ މޮޔަޔަކޭ.

  32
  1
 22. ހަގީގަތް

  ބައެއް ކަހަލަ ހަބަރު ތަކައް ކޮމަންޓް ނުކުރެވެނީތަ ނޫނީ އެކަހަލަ ހަބަރުތައް އަންގާފަ އޮންނަނީތައް ވަރަށް ރަގަޅައް ފިލްޓަރ ކުރަން

  22
 23. އިބްނު ހިކްމާ

  ﷲ އާއި އެކަލާނގެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއްކުރަން ތައްޔާރު ،

  41
  3
 24. އަޙްމަދު

  ތެދުމަގު ދެއްކެވުމަށް އެދި ދުޢާކުރަން

  32
  2
 25. ރަދީފް

  މީނަގެ ވާހަކަ ގެނެސްނުދީބަލަ.ޕްލީޒް.މީނަ މިއުޅެނީ ހުޅަނގުގެ ޖަމާއަތްތަކުގެ އެހީ ހޯދައިގެން ރާއްޖެ ދޫކޮށް ދެވޭނެ މަގެއް ހޯދަން.

  23
  1
 26. އދ

  ދީނަށް ފު ަރއްސާރަ ކު ރުމާއި އިސްލާމްދީން ބަލައި ނުގަތުން
  ރާއްޖޭގައި އެއްވެސް ވަރކަ ރަކަށް އޮވެގެން ނުވާނެއެވެ. މޑޕ
  އިން އިސްނަގައިގެން ދީނަށް ކުޑައިމީސް ބަސްބުނުމާއި
  އިސްލާމްދީން ފިޔަވާ އެހެންދީންތައް ރާއްޖޭގައި އާލާކު ރަން
  ކުރ ރާ މަސައްކަތްތަކާއި ފާޅުގައާއި ސިއް ރުން ރާވާ ރޭވުންތައް
  ކުށްވެ ރި ކު ރަމެވެ.

  18
  1
 27. އަޖޯ

  މަހުޝަރު ދުވަހު ނަރައިކަގެ ގަދަ އަލިފާނުގެ ތެރޭގަ އޮންނަންޖެހޭ އިރު ހިތަށް އަރާނެ "ސަހަރޯއޭ" ކަލަކު ވޮޑިގެންވެއޭ

  28
  4
 28. ބަލާ

  ތީނަގެ ފަހަތުގައި ބޮޑުބަޔަކު ނުވެ ނުދާނެ!!!!!

  23
  2
 29. ހުސޭނުބޭ

  ތިއީ މި ސަރުކާރުން ކުރުވާ ކަންތައްތައް!

  24
  3
 30. ގޫ ބައްޑާސް

  ތި މީހާ ގަން ހިންގުވަންވީ

  5
  1
 31. މުނާފިގު

  މިފެންނަނީ ބައެއްގެތެރޭގަ މުނާފިޤުން ގިނަވީމަބާގޮތް މިކަމާދެކޮޅައް އެއްޗެއްނުނެލަންކެރޭމީހަކުނެތް އެކަމަކު ކޮންމެމީހަކުވެސް ތައްމިނައްއަނގަހުޅިވާފަބުނާނެ އަހަންނަކީ މުސްލިމެކޭ އަނެއްކަލޭގެ ބުނާނެ ﷲއަށާއި ރަސޫލާއައް ފުރައްސާރަކުރާނަމަ އެއީއަހަރެމެންބަލައިގަންނާނެކަމެއްނޫނޭ

  3
  1
 32. ޒަމީރު

  الله ގެ ލަޢުނަތް ހުރި ތި ކަލޭގެ މައްޗަށް، ތައުބާ ވެ އީމާން ނުވާ ހާ ހިނދަކު،

  11
  2
 33. ނަސީދު

  މާތް ރަސްކަލާންގެ މިސޮރައް ބުއްދިދެއްވާ ދޭއެވެ

  11
  2
 34. ޙަލީ

  އެއްވެސް ދީނެއްގަބޫލުނުކުރަންޏާ ގަބޫލުނުކޮއް މަޑުންހުރީމާ ނިމުނީ އެއްނު ، ރަސޫލާ އަށް ފުރައްސާރަކޮއް ދީނާއި ބެހުމަކީ ހުރިހާ ދިވެހި މުސްލިމުންނަށް ފުރައްސާރަކުރުން ، ދިވެހި މުސްލިމުން ރުޅިއަރުވުން ،

  6
  2
 35. މުސްލިމް،މީހާ

  އެމީހެއްގެ އަމިއްލަ ނަފުސައްވުރެ ކީރިތި ރަސޫލާދެކެ ވާލޯ ބި ބޮޑު ވެއްޖައުމަށް ދާންދެން އެމީހެއްގެ އީމާންކަން ފުރިހަމަނުވެއެވެ.

  3
  1
 36. ދުންތަރި

  ލާދީނީ އެމްޑީޕީން އެގެންނަންބުނާ ބިރު ފަހަނައަޅާދިއުމުގެ ނަތީޖާ މިފެންނަނީ ލާދީނީ އެއްވެސްކަމެއް މި ސަރުކާރުންމަނާނުކުރާނެ މި ސަރުކާރުގެ މަތީފަނޑީގަ ތިބީ ލާދީނީ އެޖެންޓުން ޕޮލިސް މަތީކޯޓުގެ ފަނޑިޔާރުން މަޖިލީހުގެ ރޯނު އެދުރުން މެމްބަރުން މިނިސްޓަރރުން އެޑުވައިޒަރުން މިކަހަލަ އެތައް ބައެއް

 37. އަހުމަދު

  ލާދީނީ ސަރުކާރެއް އައީމަ ވާ ގޮތް މިއީ.....

  2
  1
 38. ބުލް

  އިރު އިރު ކޮލަކާވާނެ ތިހަބަރު ލިޔެ ނުފެންނަ މީހުންނައްވެސް ދައްކާ އިސްތިހާރު ކުރަން