ގައުމަށް ދިމާވެފައިވާ އިގްތިސާދީ އަދި އިޖްތިމާއީ މައްސަލަތަކުން އަރައިގަތުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ލ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ރައްޔިތުންނާއި ދެެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސް ވިދާޅުވީ، މިހާރު ގައުމަށް ދިމާވެފައިވާ އިގްތިސާދީ އަދި އިޖްތިމާއީ މައްސަލަތަކުން އަރައިގަތުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"ކޮވިޑް-19އާ ދެކޮޅަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން، އިގްތިސާދު އަލުން އާރާސްތު ކުރުމުގައިވެސް އެހީތެރިވެދެެއްވާނެ ކަމަށް އުއްމީދު ކުރަން". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އުއްމީދަކީ ކޮވިޑް-19ގެ ނުރައްކާތަކުން ސަލާމަތްވެ ރައްޔިތުންގެ ކުރިއެރުމާއި ގައުމުގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއުތައް ހަލުވިމިނެއްގައި ކުރިއަށް ދެވޭނެ އަވަސް އަލިމަގެއް ފެނިގެން ދިއުން ކަމަސެވެ.

ރައީސް ސާލިހު ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް މީގެ ދެ އަހަރު ކުރިން ފަށައިގެން ކުރަމުން އަންނަ މަސައްކަތްތައްކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ބަލި މަޑުކަމާއި ގުޅިގެން މާލެ ފުރަބަންދު ކުރަން ޖެހުމުން ހިދުމަތް ލާމަރުކަޒު ކުރުމުގެ މުހިންމު ކަން ފެނިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި މިއީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް މި ވަނީ ގަބޫލު ކުރަން ޖެހިފައި. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ތަކުލީފަކަށް ނުވެ ރައްޔިތުންނާއި ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ގޮތްތައް ފޯރުވާދިނުން". ރައީސް ވިދާޅުވިއެވެ.

އަދި ގަމު ހޮސްޕިޓަލްގެ އާ އިމާާރާތް ނިމުމައާއެކު، މި ސަރަހައްދުގެ ސިއްހީ ހިދުމަތްތަކަށް ކުރިއެރުން އަންނާނެ ކަމަށާއި، އަދި ސަރުކާރުން އިންޑިއާގެ އެހީގައި އަޅަން ވިސްނާ ކެންސަރު ހޮސްޕިޓަލް ގަމުގައި އަޅަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. Anonymous

    ރައްޔިތުން ދައްކާވާހަކައެއް އަޑުއަހަނީކީނުން، ދެންކީއްކުރާ ރައްޔިތުންގެ އެހީތެރިކަމެއް.

    29
    • Anonymous

      އަހަރެމެން ވެސް ކަލޭގެ ކިބައިން އެއްބާރުލުން ބޭނުން. ކަލޭގެ ނާގާބިލް ކަމުން މިގައުމު ހަލާކުވެ މިދަނީ. އަވަހަށް ވެރިކަމުން ދުެުވެ އިލްމާ ހިލްމާ ވެރިކަން ކުރެވޭވަރުގެ ގާބިލް މީހަކާ ވެރިކަން ހަވާލުކުރޭ!

  2. ހަނިި

    ދިވެހިރަޖެގެ މިހާރު އެންްމެ ގިނަަމިހުން ސަަޕޯޓް ކުރަ ޔަމިނު ނުުހަަގުންް ޖަލަލާ ފަަ މަސަލަ ތަކުން އަަރަގަނަން ރައިތުންްް އެތްބަރު ލުން ދެނި ކެހިިިނެތް މިސަަރުކާރުއިސްތި ފފފމިސަަަރުކަރު އިސްްތި ފަ އަވަސް އިސްތި ފަ

    11
  3. ރޯ

    ގިނައިން ވައްކަންކުރީމަނިމުނީނު، އޭރުން ނުޖެހޭނެ ރައްޔިތުން އެހީވާކަށް، ވެރިކަމަށް އަރާ އެންމެންވެސް ކުރަނީ އެކަމެއްނު، މަނިއްޕުޅު ވަކި އިސްތިސްނާއެއް ނުވާނެ ނޫންތޯ؟

  4. ގަންޖާ

    ގައުމަށް ދިމާވެފާވާ އެންމެބޮޑު މަށްސަލައަކީ ލާދީނީ ބައިގަނޑު. އެ އޫރުތަށް އިސްލާމް ދީނުގެ ކަރާމަތަށް އަރައިގަންނަ އިރުވެސް ކަންފަތްބީރު މަންމަން ވެފަހުރި ވެރިންތަކެއް މި ގައުމުގަތިބީ. ކަލޭމެންނަށް ނުހުށްޓުވެންޔާ ރައްޔިތުންގެ އެހީތެރިކަން ހޯދަބަލަ އެފާސިގުންތައް ހުއްޓުވަން.

    41
    1
  5. ކަރަން

    އެންމެ ރަގަޅު...ތިޔަ ވިދާޅުވާ ރައްޔަތުންނަކީ ހަމަ އެކަނި އެމްޑީޕީގެ މެންބަރުންތަ؟..ކޮބާ ދެންތިބި 90 ހާ ސް ރައްޔަތުން؟..އެމީހުން އެއްއަޑަކުން ގޮވަމުން އެދަނީ ރައީ ސް ޔާމީނަށް ކޮށްފަވަނީ ނުހައްގު ހުކުމެކޭ!!!!! ފުރަތަމަ ގައުމަށް ދިމާވެފައިވާ މައް ސަލަތަކުން އަރައިގަތުމަށް ބޭނުންވަނީ ކަލޭމެންގެ އިހުލާ ސްތެރިކަން...ފުރަތަމަ އެކަން ކުރޭ..ވަރަށް ސަލާމް

    34
    1
  6. ރާއްޖެ

    މުޅި ގައުމު ދަރުވާލާފަ ކީކޭ ތި ކިޔަނީ؟

    36
  7. ފުތާބެއްޔާ

    ރައީތުން ހުރިހާ ބާރެއް ދިނީމަ ކަމެއް ދިމާވީމަ ރައީސްމީހާ ފެށީ ރޯން. ދެން ރައީތުންނަށް ގައުމަށް ކަމެއްކޮށް ދެވެން އޮތީ ވެރިޔާ އިސްތިއުފާ ދީގެން. ނޫނީ ރައީތުން ވެރިޔާޔަށް ވޯޓުން ނޫނެކޭ ބުނެގެން.

    31
  8. ރަސްދޫ

    ގައުމަށް ދިމާވެފަވާ މައްސަލަތަކުން އަރާގަތުމަށް . ކަލޭމެންގެ ވަށްކަން ހުއްޓުވަނަޖޭހޭ. ޔާމީނޭ ވައްކަމޭ ކީ ހަމަ ކަލޭމެން ވަށްކަންކުރަން.

    33
  9. ނަައީމް

    ބަލަމޮޔަޔާ ކައި ފުރުނީމާތަ އެއްޗެކޭ ތިޔަ ބުނެވުނީ ކަލެއައްއެގޭތަ ގައުމުގެ ރައްޔިތުން ތިބިހާލަތު އަދިވެސް ކަލޭ ތިޔަވިސްނަނީ ގާސިމައްތޯ

    32
  10. ސޫއޫދު

    ޢެހީތިކިޔަނީ ވޯޓް ފޮށްޓައްތަ ހަނދާން ނައްތާލާ ވޯޓްދޭނީ އިދިކޮޅައް ކޮވިޑްގެ މިހާލަތުގަވެސް އިސްރާފް ތިކުރަނީ ކޮތަރު ކޮއްޓެއްވަރުގެ ރޫމެއްގެ ދޮރުލައްޕާ ހުޅުވުމައް ތިކަންކުރެވިދާނެ މާލެ އޮފީހުގަހުރެ ލެޕްޓޮޕަކުންވެސް އޭރުގޮވީ އޭގެއެއްޗެއް ހުރީމަނިމުނީއޭ މިހާރުތިއުޅެނީ ރާއްޖޭގަ ދުއްވާމަތިންދާ ބޯޓްތައްވެސް ކުޑަވެގެން 12ފޫޓް12ފޫޓް ތަނެއްހުޅުވަން ދާންވެސް

    10
  11. ސޭކްސްތާން

    ރައްޔިތުން ބަނޑަށް ތިބެގެން މިހާރުވެސް އެހީތެރިވަމުން ނޫންތޯ މިދަނީ. ސްޓިކާ ޖަހައިގެންނާ ފެލައިގެން ނަގަމުންދާ ފައިސާއިން. ނުވިތާކަށް އަހަރެމެންގެ ލާރިކޮޅުން ވައްކަންކޮށްގެން ދަމައިގަންނަ ފައިސާއިންނާއި ކޮރަޕްޝަނުން ހޯދަމުން ތިޔަގެންދާ ފައިސާ މިހިރީ ހައްތާވެސް ތިބޭފުޅުންނަށް އަހަރެމެންގެ ފަރާތުން ތިބޭފުޅުންގެ އުފަލާއި ހިތްހަމަޖެހުމަށް ލިބެމުންދާ އެހީތެރިކަން ނޫންތޯ. ދެން ކޮން އެހީތެރިކަމެއްތޯ އިތުރަށް ވާންވީ. އިނދެގެން އުޅޭ އަނބިމީހާވެސް ދޭންވީތޯ.

    10
  12. ޖަނާޒާ

    އިސްޓިކާ އަށް ފައިސާ ދައްކަވާނެ ރައްޔިތުން، އިނގޭތޯ .... ދެން މީރާ ޖިނާއީދައުވާ ސަޅި

  13. ޝަފިގާ

    ރައްޔިތުންނައް އެހީ ނުވެ ރައްޔިތުންގާތުން އެެހީއަށްތަ އަދިވެސް އެދެނީ.. ސަރުކާރުގެ ކަރަޕްޝަން އެއޮތީ އަރާ އޮތް ހިސާބު.. ކޮވިޑައް ހިލޭ ލިބުނު މިލިޔަން މާސްކުގެ ތެރެއިން އެކަތިވެސް ރައްޔިތަކައް ނުލިބޭ.. ހުރިހާ އެއްޗެއް ވިއްކާބަޔަކު ވިއްކަނީ.. ސަރުކާރާއި ގުޅިފަތިބި ބަޔަކައް ނޫނީ ލޯނުގަނޑެއް ޕުރޮޖެކްޓެއް ނުލިބޭ.. ކޮންމެ ޕުރިޖެކްޓަކައް ކޮންމެވެސް މިނިސްޓަރަކައް ނޫނީ ވެރިކަންކުރާ ޕާޓީގެ އެމްޕީއަކައް ނޫނީ އެބަޔަކުގެ ގާތްތިމާގެ މީހަކައް ފައިސާދީގެން ނޫނީ ހައްގުވެސް ނުލިބޭ.. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ސީއީއޯއިން ފެށިގެން ޕިޔޯނުމީހާވެސް މަސައްކަތް ކުރަނީ އެމީހަކައް ހިފެހެއްޓޭ ވަރަކުން ރައްޔިތުމީހާ އަށް އުނދަގޫޖައްސައިގެން ރައްޔިތުމީހާ ފެލާލެވޭތޯ.. ކުރީ ސަރުކާރުން ހެދި ފުލެޓުތަކައް ފާޑުކިޔަކިޔާ ތިބެނީ ފުލެޓްތައް ހަދާނިމުނީމަ ހަވާލުކުރަނީއެއްނޫން އެކަމުގެ ސަބަބުން މާލޭގަ ތިބޭ ބަޔަކައް ލިބޭ ކުލީގެ ލާރިކޮޅު ގެއްލިދާނެތީވެ. ދެން ހަތަރު އުދަރެސް ފެނުޖެހުނީމަ އަނެއްކާވެސް ރަށްތަކެއް ޓޫރިޒަމަށޭ ކިޔާފަ މޭޒުދަށުންނާއި މޭޒުމަތީން ހަވާލުކޮއް ފައިސާތަކެއް ޕަކަޅާކޮއްލާން ރާވަނީ. ދެން ގޮސް އިންޑިޔާ މީހުންނައް ދިވެހި ދައުލަތާއި ބިމާއި ޖައްވާއި ކަނޑުވެސް އެއޮތީ ހަވާލުކޮއްފަ..ރައްޔިތުން އަބަދައްޓަކާ ދަރަނީގެ ދަންތުރާގަ ޖައްސާފަ.. ރައްޔިތުންގެ ލެޔާއި މަހާވެސް އަދި ވިއްކަން ފަށާނެ މިވެރީން. އެވަރުން ނުފުދިގެން ދިވެހި މުޖުތަމައުގެ ތެރޭ އާންމުން ދިރިއުޅޭ ރަށްރަށުގަ ބަނގުރާވިއްކާނެ މަގުހޯދަން މުސްލިމް ރައްޔިތެއްގެ ކުރިމަތީތިބެ އެޔޮއް ބަހުސް ކުރަނީ.. އަދި އަންނައަހަރު ރައްޔިތުމީހާ އިތުރައް ފަނާ ކުރަން މިހާރު ނުދެއްކިގެން އުޅޭ ވެހިކަލް ފީގެ މައްޗައް އަނެއްކާވެސް ފީ ނަގަނީ.. ދެން މިހާކައްވަރައް ކަލޭމެންނައް ރައްޔިތަކައް ޚިދުމަތް ދެވޭނީ.. ކަލޭމެންގެ މި ވެރިކަން ނިމޭއިރު ރައްޔިތުން ކަފުން ކޮއްފަތިބޭނީ..

  14. ޝަފިގާން

    ރައްޔިތުންނައް އެހީ ނުވެ ރައްޔިތުންގާތުން އެެހީއަށްތަ އަދިވެސް އެދެނީ.. ސަރުކާރުގެ ކަރަޕްޝަން އެއޮތީ އަރާ އޮތް ހިސާބު.. ކޮވިޑައް ހިލޭ ލިބުނު މިލިޔަން މާސްކުގެ ތެރެއިން އެކަތިވެސް ރައްޔިތަކައް ނުލިބޭ.. ހުރިހާ އެއްޗެއް ވިއްކާބަޔަކު ވިއްކަނީ.. ސަރުކާރާއި ގުޅިފަތިބި ބަޔަކައް ނޫނީ ލޯނުގަނޑެއް ޕުރޮޖެކްޓެއް ނުލިބޭ.. ކޮންމެ ޕުރިޖެކްޓަކައް ކޮންމެވެސް މިނިސްޓަރަކައް ނޫނީ ވެރިކަންކުރާ ޕާޓީގެ އެމްޕީއަކައް ނޫނީ އެބަޔަކުގެ ގާތްތިމާގެ މީހަކައް ފައިސާދީގެން ނޫނީ ހައްގުވެސް ނުލިބޭ.. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ސީއީއޯއިން ފެށިގެން ޕިޔޯނުމީހާވެސް މަސައްކަތް ކުރަނީ އެމީހަކައް ހިފެހެއްޓޭ ވަރަކުން ރައްޔިތުމީހާ އަށް އުނދަގޫޖައްސައިގެން ރައްޔިތުމީހާ ފެލާލެވޭތޯ.. ކުރީ ސަރުކާރުން ހެދި ފުލެޓުތަކައް ފާޑުކިޔަކިޔާ ތިބެނީ ފުލެޓްތައް ހަދާނިމުނީމަ ހަވާލުކުރަނީއެއްނޫން އެކަމުގެ ސަބަބުން މާލޭގަ ތިބޭ ބަޔަކައް ލިބޭ ކުލީގެ ލާރިކޮޅު ގެއްލިދާނެތީވެ. ދެން ހަތަރު އުދަރެސް ފެނުޖެހުނީމަ އަނެއްކާވެސް ރަށްތަކެއް ޓޫރިޒަމަށޭ ކިޔާފަ މޭޒުދަށުންނާއި މޭޒުމަތީން ހަވާލުކޮއް ފައިސާތަކެއް ޕަކަޅާކޮއްލާން ރާވަނީ. ދެން ގޮސް އިންޑިޔާ މީހުންނައް ދިވެހި ދައުލަތާއި ބިމާއި ޖައްވާއި ކަނޑުވެސް އެއޮތީ ހަވާލުކޮއްފަ..ރައްޔިތުން އަބަދައްޓަކާ ދަރަނީގެ ދަންތުރާގަ ޖައްސާފަ.. ރައްޔިތުންގެ ލެޔާއި މަހާވެސް އަދި ވިއްކަން ފަށާނެ މިވެރީން. އެވަރުން ނުފުދިގެން ދިވެހި މުޖުތަމައުގެ ތެރޭ އާންމުން ދިރިއުޅޭ ރަށްރަށުގަ ބަނގުރާވިއްކާނެ މަގުހޯދަން މުސްލިމް ރައްޔިތެއްގެ ކުރިމަތީތިބެ އެޔޮއް ބަހުސް ކުރަނީ.. އަދި އަންނައަހަރު ރައްޔިތުމީހާ އިތުރައް ފަނާ ކުރަން މިހާރު ނުދެއްކިގެން އުޅޭ ވެހިކަލް ފީގެ މައްޗައް އަނެއްކާވެސް ފީ ނަގަނީ.. ދެން މިހާކައްވަރައް ކަލޭމެންނައް ރައްޔިތަކައް ޚިދުމަތް ދެވޭނީ.. ކަލޭމެންގެ މި ވެރިކަން ނިމޭއިރު ރައްޔިތުން ކަފުން ކޮއްފަތިބޭނީ..

  15. މުފައްކިރު

    ގައުމަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުން ނަމަ އަނިޔާ ލިބެމުންދާ ރައީސް ޔާމީން މިނިވަން ކުރަންވީ.

  16. ގުރާފުޅު

    ކަލޭމެން ކުރާ ވައްކަންތަކަށް އެއްބާރުލުން ދޭގޮތަކަށް ނޫން ރަށްޔިތުން ތިބީކީ.. އަދި ވެރިކަން ކުރާގޮނޑި ހުސްކުރުމަށް ރަށްޔިތުން ނިކުންނަން ތައްޔާރީ ހާލަތަށް އަންނަން ވަނީ މަސައްކަތް ފަށާފައި..

  17. ޙހހހ

    ކެވުނު ވަރުމަދުވެ ، ވައްކަންކޮށްގެންވެ ސް ބަނޑު ނުފުރިގެން އަދިވެ ސް ސަލާންޖަހަނީ ، ޤައުމުގެ ހަލާކުން

  18. ސުވަދީވް

    .... ދެން ޕްރެ ސް އެއް ބާއްވާފަ ސިންޕަތީ ހޯދަން ރައްޔިތުންނޭ ކިޔާ ރޯންވީ އެއްނޫން. ރައްޔިތުން ފެނާނީ ވޯޓަށްއެކަނި. ހޮވޭއިރަށް ރައްޔިތުން އިނދަ ޖައް ސަން ފާޑުފާޑުގެ ޒާއްޒާތުގެ ޤާނޫން ހެދޭތޯ އުޅޭ...

  19. ކައްބެ

    ހުވާމިބުނަނޫ މިހިރަމީހާ މިހުރީ ބީތާވެފަ ރަށްޔަތުންހަނާވަނީ ކާނެބޯނެ އެއްޗެއްނެތް ހުރިހާއެއްޗެއް ބާޒާރުގައި އަގުބޮޑުވެއްޖެ މިވަރުގެ ޖަންގަލީ ވެރިޔެއް ދުވަހަކުވެސް މިގައުމަކުން އަދި ނުދެކެން.

  20. އަލީ

    އިންގޭ ތިއުޅެނީ އިންތިހާބު ކައިރިވާތީކަން މޮޅެތި ވާހަކަ ނުދެއްކިޔަސް

    10
    1
  21. މުހައްމަދު އަންޖުމް

    ބަލަގަ މިހާރު ރައްޔިތުން ފެލާވަރު ކުޑައީތަ އިތުރަށް ފެލަން ތިޔަ ރޮއިހޭރެނީ މިހާތަނަށް އެއްބާރުލުން ދީފައެއް ނޫންތަ ތިޔަހުރީ ބަހައްޓާފަ އެހެންނޫންނަމަ މިހާރު ބޭރުކޮށްފީމުސް މުޅިގައުމު ވިއްކާލާ ދަރުވާލާ ގައުމިއްޔަތު ގެއްލުވާލާ ދީނުން ބޭރުވާމީހުން އިތުރުކޮށް ދީންނައްތާލުމަށް ކުރާހާކަމަކަށް އަތް ޖަހަން ތިބޭއިރު އަދިވެސް އިތުރަށް ބޭނުންވަނީ ރައްޔިތުންގެ ޗިސްމޭގަނޑުތަ ވަގުކިނބުލާ

  22. އަޙްމަދު

    ރައްޔިތުންގެ އަޑުއަހާނެ ބަޔަކު ނެތި ކޮން އެހީތެރިކަމެއްތޯ ލިބޭނީ!

  23. ހުންބެ

    ގައުމަށް ދިމާވެފަވާ އެންމެބޮޑު މަށްސަލައަކީ ނުހަށްގުން ޖަލަށްލާފަ ހުރި ރައީސްޔާމީން ޖަލުން މިންޖުނުކުރުން ވަށްކަމޭ ކިޔާ ތިޅާބޭމެން ރައީސްޔާމީން ޖަލަށްލީ ވަށްކަންކުރަން މިހާރު މުޅިދުނިޔޭން ތިންވަނައަށް ވަށްކަންކުރި ރައީސަކީ މިކުޑަ ރާއްޖޭގެ ރައީސް ސޯލިހު.

  24. ގޮޅާބެ

    ގައުމުގެ އެންމެބޮޑު ކޮވިޑުވަގު ސޯލިހު ޖަލަށްދާންޖެހޭ ދުވަސްކައިރިވަމުން އަންނަކަން އެއީ އެންމެބޮޑު މަށްސަލަ.

  25. ހުދުކާޅު

    މަނިއްޕުޅާވޭ. މަނިއްޕުޅުގެ ސިކުނޑިއަށް ސަވާރުވާ ދަރަނި ނެގުން ދަރަނިނެގުން ދަރަނިނެގުން ކުރިޔަށް ގެންދަވާއިރު ރައްޔިތުން އެތިބެނީ ފިތްކަނޑާގެން ގޮސްފައި. ޢެއްފަހަރުވެސް އަހާލެއްވީމުތޯ މިއެތި ނަގަން ފެނޭތޯ. ޙައްތާވެސް ވިދާޅުވަނީ ރައްޔިތުން ކަންބޮޑުވަން ނުޖެހޭކަމަށާއި ދަރަނިދެއްކުމުގެ ޤާބިލުކަން ތިޔަ ސަރުކާރުގައި އެބަހުރިކަމަށް ނޫންތަ ޥިދާޅުވަނީ. ޢެހެންވީމާ ރައްޔިތުން މަނިއްޕުޅުގެ ތިޔަ ބަސްއަހަން މިއަދު ފަހަތަށް ޖެހޭނީ. ޙޯހޯ ތިޔައެއްބާރުލުން މަނިއްޕުޅުގެ ޕާޓީ ކުދިންކޮޅާއެކު ކުރިޔަށް ގެންދަވަންވީ. ޢަޅުގަނޑުމެން ޕާޓީއަކު ނުވާ ރައްޔިތުންގެ ކިބައިން ތިޔަކަމަށް އެއްބާރުލުން ދޭކަށް ނެތީމު. ދެން އެހެންނޫނަސް މިހާރުވެސް ފެލިވަރަށް މަސް ނުކިރިގެން ކިއޫ ހަދާފައި، ވެހޭތާ ފެން ނެގޭނެ ވަސީލަތްވެސް ބަންދުކޮށްފައި އެވަނީ. 1000 ޓަނުގެ މަހާގާތަށަ އެއޮތީ ކިއު ޖެހި ނައިފަރު ފަޅުގަޔާއި ބަނދަރުގައި މަސްވެރިންތައް މަސް ނުވިއްކިގެން.

  26. ހޫދު/ ތަރުޖަމާނު

    ތެދު ފުޅެކެވެ..ގައުމަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވެއެ. މިގޮތުން މިވަގުތު ހައްލުކުރަން އެންމެމުހިންމު އެއްމައްސަލަ އަކީ ނާގާބިލު ވެރިޔަކު ގައުމުގެ ވެރި އަކަށް އިސްކުރެވިފައި ވުމެވެ..ވުމާއި އެކު މިނާގާބިލު ވެރިޔާ ވެރިކަމުން ބޭލުމަށް ރައީސް އެދިލެއްވިފަދައިން ހުރިހާ ރައްޔިތުން އެހީތެރިވާށެވެ..

  27. ޗާބީ

    ޤައުމަށް ދިމާވެފައިވާ ކޮންޙާލަތަކުންތޯ އަރައިނުގަނެވިގެން ތިޔަ އުޅުއްވަނީ. އެހާލަތެއް ވިދާޅުނުވެ ބޮޑެތި ބުރިޖުތަކާ އެއަރޕޯޓްތަކާ ބޮޑެތި ބިލްޑިންގތައް އެޅުމަށް ވަޢުދުވަމުން ތިޔަގެންދަވަނީ. ދަރަނީގެ ޙާލަތެއްނަމަ ރައްޔިތުންގެ ކިބައިން އެއްވެ ސް އެހީތެރިކަމެއް މަނިކުފާނު ބޭނުންފުޅެއް ނުވާނެ. މަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ވި ސްނާދެއްވާ އިޢުލާނުކުރަމުން ގެންދަނީ ރައްޔިތުން ކަންބޮޑުވަން ނުކެހޭކަމަށާއި ނެގިފައިހުރި އަދިނަގަން ކަނޑައަޅާފައިހުރި ދަރަނި ދެއްކުމުގެ ޤާބިލުކަން ސަރުކާރުގައި އެބަހުރިކަމަށް. ... މަނިކުފާނުގެބަ ސްފުޅުތަކާއި ކެބިނެޓް މިނި ސްޓަރުންގެ ބަ ސްފުޅުތައް ރެކޯޑުކުރެވި ރައްކާކުރެވިފައި ހުންނާނެ. ޢެރެކޯޑިންތައް މުރާޖަޢާކޮށްލެއްވުން އެންމެ ރަނގަޅުގޮތަކީ.

  28. ފަޓާސް

    ރައްޔިތުންނަށް އެހީތެރިކަމެއް ވެދެވޭނީ ރައްޔިތުން ކުރާ މަ ސައްކަތުން ލިބޭއެއްޗެއް އިތުރު ކުރެވިންނޫންތޯ. އިއްޒަތްތެރި ރައީ ސްވެ ސް އަދި ރައީ. ސުލް ޖުމްހޫރިއްޔާވެ ސް ރައްޔިތުން ބާނާއިގެން ގެންނަ މަ ސްކޮޅު ކިރޭނެގޮތެއް އަދިވެ ސް ހައްދަވާ ނުދެއްވަމު. ޙަމަ އަގު ހޯދާދެއްވާފައި މަ ސް ނުގަތީމާ ކަޑައޭ. ޜައީ ސް. އެނގިވަޑައި ނުގަންނަވަނީތޯ؟ 800 ޓަނާ 1000 ޓަނާ ދެމެދުގެ އަދަދަކަށް މަ ސް އެކިދޯނިފަހަރުގައި ފެލިވަރަށް ނުކިރިގެން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއެތިބީ ނައިފަރު ފަޅުގައި ދޯނިފަހަރު އަޅައިގެން. ޢެމަ ސްކޮޅު ރައްކާކުރަން އެތަނުން އައި ސް ކޮޅެއް ލިބުމަކީވެ ސް އުންމީދެއް ލިބޭކަމެއްނޫން. ޚަރަދުގެ މައްޗަށް ޚަރަދު ކުރަން ޖެހެނީ އެހެން އަތޮޅުތަކަށް ދަތުރުކޮށްގެން އައި ސް އަޅަޖެހޭތީވެ ސް. އިއްޒަތްތެރި ރައީ ސް . މަނިކުފާނުގެ މެނިފެ ސްޓޯ ތަންފީޛު ކުރުމުގައި ފޭލި ވެއްޖެ ނޫންތޯ. ޤަބޫލުފުޅު ކުރައްވަބަލަދެން. ޙަހަހހަ

  29. އިކުރާމް

    ރައްޔިތުންނަ ކީއޑޕ

  30. އެމަންޖެ

    ސޮރީ ސޯލިހް ތިކަމެއް ނެތްވާކަށްމ

  31. މިސޮރު

    ދެންފަހެ ކަންކަމުން އަރައިނުގަނެވުމުން ރައްޔިތުންގެ އެހީތެރިކަން ނުލިބުނީކަމަށްބުނެ ބޮލުން ކަޓުވާލާނީ އެވެ...ވެރިކަމަށް އައުމަށް ވައުދުތައްވަމުން ދިޔައިރު ކީއްވެތޯތިހެން ނުބުނީ...ރައްޔިތުންގެ އެހީތެރިކަންދޯ އެއީ މިއަދު ތިމަގާނުލިބި ހުރެވުން...ދައުލަތުގެ ބައިތުލްމާލުދީ ބާރުތައްދީފަ ބެހެއްޓުން...ދެން ދަންނަ ވެރިޔަކަށްބޭނުުންވާނެ ކަމެއް އޮވޭތޯ...އެހެން ރައްޔިތުުން މަސައްކަތް ކޮއްގެން ކަންކަން ކުރާން ކީއްކުރަންތޯ ވެރިން ހޮވާފަ ތިތިބެނީ...ރައްޔިތުން ނުކައިތިބެ ކާންދީފަ ރައްޔިތުންނަށް ބޯހިޔާވަހި ކަން ނެތި އަރާމު ދިރިއުޅުމެއްދީފަ އަދި ނުވިތާކަށް ބޮޑު މުސާރަ ދީފަ

  32. ސަންގޯރު

    ރައްޔިތުން ވިސްނާތި. ރީތިބަހުން އެވިދާޅުވީ ކައުންސިލް އިންތިޚާބް މިބައިގަނޑަށް ކާމޖޔާބުނުވެއްޖިއްޔާ އެއްވެސްކަމެއް ނުކޮށްދޭނަމޭ. ވޯޓުން ވައްކަން ކޮށް މަޖްލިސް މެޖޯރިޓީ ލިބުނީމާ ކޮންކަމެއް ކުރެވުނީ މިހާތަނަށް. ހުރިހާކަމެއް ދެންއަޅުވާނި ކޮވިޑްގެ ބައްޔާ. އެއްވެސް ލިޑރޝިޕްކޮލިޓީއެއް ނެތް.