އާ އަހަރު ފާހަގަ ކުރުމަށް ރާއްޖޭގެ 43 ރިސޯޓެއްގައި ހަވާ އަރުވަން ނިންމައިފިއެވެ.

ސިފައިންގެ ކޯޕަރޭޓީވް "ސިފްކޯ" އިން ވިޔަފާރި އުސޫލުން އާއަހަރު ފާހަގަ ކުރުމަށް ހަވާއެރުވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ވިދާޅުވިއެވެ.

"ވަގުތު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާނު މޭޖަރ އިބްރަަހީމް އާޒިމް ވިދާޅުވީ ކުރީ އަހަރުތަކެކޭ އެއްފަދައިން ވިޔަފާރި އުސޫލުން މިއަހަރުވެސް ހަވާއެރުވަށް ބޭނުންވާ ރިސޯޓުތަކުގައި ސިފްކޯ އިން ހަވާއެރުވުމުގައި ހަރަކާތްތެރިވާކަމަށެވެ.

އެގޮތުން މިއަހަރު 43 ރިސޯޓެއްގައި ހަވާއަރުވާނެ ކަމަށާއި 43 ރިސޯޓުގައި ވެސް ހަވާއެރުވުމުގައި ހަރަކާތްތެރިވާނީ ސިފައިންކަމަށް އޭނާ ވިދާޅުވިއެވެ. މޭޖަރ އާޒިމް ވިދާޅުވީ ހަވާ އަރުވާ ރިސޯޓްތަކުގައި ހަމަޖައްސަން ޖެހޭ އެންމެހާ އިންތިޒާމުތައް މިހާރު ނިމިފައިވާ ކަމަށެވެ.

އާއަހަރު ފެށޭނީ މާދަމާ ރޭގައެވެ. އެހެންކަމުން މާދަމާ ރޭ 00:00 ގައި ރާއްޖޭގެ ވަރަށް ގިނަ ރިސޯޓްތަކުގައި ހަވާ އަރުވާ މަންޒަރު ކައިރި ރަށްތަކަށް ވެސް ފެންނާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ދުނިޔޭގެ ގިނަ ގައުމުތަކުގައި އާއަހަރު ފާހަގަ ކުރުމަށް އެހެން އަހަރުތަކާއި އެއްވަރުގެ ހަރަކާތްތަކެއް ނޯންނާނެއެވެ. އާއަހަރު ފާހަގަ ކުރުމުގައި އެންމެ ފާހަގަ ކޮށްލެވޭ އޮސްޓްރޭލިއާގެ ސިޑްނީ އާއި އެމެރިކާގެ ނިއުޔޯކްގައި އާއަހަރަށް މަރުހަބާ ކިޔުމަށް މިއަހަރު ބާއްވާނީ އެހެން އަހަރުތަކާއި ބަލާއިރު ވަރަށް ކުޑަ ހަރަކާތެކެވެ.

ބައެއް ގައުމުތަކުގައި ވަނީ އާއަހަރު ފާހަގަ ކުރުމަށް ހަވާ އެރުވުން މަނާ ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    ކޮންމެވެސް ކުއްޖަކު މަށަށް ބުނެދީބަލަ ހަވާ އެރުވުމަކީ ކޮންކަހަލަ ކަމެއްކަން އަދި އާހަރު ފާހަގަ ކުރުމަކީ ކޮންކަހަލަ ކަމެއްކަންވެސް؟🙂

    3
    1
  2. ސަރުކާރުގެ ޑޯލް

    މިމީހުން ކުރީސަރުކާރައް މި ހަވާ އެރުވުމަށްވެސް ވަރަށް ޖޯކް ޖެހި .
    މިހާރު ކުރިއަށްވުރެވެސް އެކަން ބޮޑު .
    ހަވާ ސަރުކާރަކީ މި ސަރުކާރު

    6
    1
    • އ . ޖ . އ

      ދައުލަތުގެ ލާރިން ހަރަދު ކޮއްގެން ހަވާ އެރުވުމާ ރިސޯޓު ތަކުން އެރުވުމާ ތަފާތުވާނެ

  3. ޅަބޭ

    ނަސޯރާއިންނާ ކުރިސްޗިއަން މީހުން ފާހަގަކުރާ އާއަހަރަކީ ކަނޑައެޅިގެން ހަރާން ޣާފިލު ލާދީނީ ވަލުޢީ ހަވާރިޖު މީހުން ކުރާކަމެއް. އިސްލާމީ ޝިއާރު ފާޅުކުރުމަކީ ހަމައެކަނި މާފުށީ ގެސްޓުހައުސްގަ ހުރި ކުރިސްމަސް ޓްރީ ޕޮލިހުން އައިސް ބިޑިއަޅުވައިގެން ގެންދިޔުމެއް ނޫން އިނގޭތޯ.....