ފުރަބަންދެއް ނެެތި އިންތިހާބު ފަސްކުރުމަކީ ގޯހެެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުުމަދު އަބްދުﷲ ދީދީ ވިދާޅުވެެއްޖެ އެެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު މާރިޗް ހައެއްގައި ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިންތިހާބު ފަސްކޮށްފައި ވަނީ ޤާނޫނު އަސާސީއާއި ހިލާފަށް ކަަމަށާއި، ޤާނޫނާއި ހިލާފަށް އިންތިހާބު ފަސްކުރުމުގެެ ބާރު އެއްވެސް ފަރާތަަކަށް ލިބިގެން ނުވާކަމަށެެވެެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމުގައިވީނަމަވެސް ގައުމު އޮތީ ފުރަބަަންދުގެެ ހާލަތުގައި ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އިންތިހާބު ފަސްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމަށް ފާހަގަކުރައްވާ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެެފައި ވަނީ، ރައްޔިތުންގެ ބާރުު ކަނޑުވާލާ ހުރިހާ ފަރާތްތަކަކުން ޒިންމާ ނަގަން ޖެހޭ ކަމަށެވެެ. އަދި އެފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ކަމަށްވެެސް އޭނާ ވަނީ ވިދާޅުވެފައެވެެ.

މީގެެ ކުރިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އިންތިހާބު ބާއްވާ ކަމަށްވާނަމަ ސިއްހީ ކުުއްލި ނުރައްކަލުގެ ހާލަތު އުވާލުން ނުވަތަ ޤާނޫނަށް އިސްލާހު ގެންނަން ޖަަހޭ ކަމަށެެވެެ. އަދި އިންތިހާބު ބޭއްވުުމުގެ ދެމަސް ކުރިން މިކަންކަން ކުރެވެެން ޖެެހޭނެެ ކަމަށާއި، އެހެން ނޫނީ އިންތިހާބު ފަސްކުރުން ނޫން ގޮތެއް ގާނޫނުގެ ތެރެެއިން އެެ ކޮމިޝަނަށް ނޯންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެެފައެވެ.

ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅިގެެން އިދިކޮޅުގެ ގިނަ ފަރާތްތަކަކުން އަންނަނީ ނުރުހުުން ފާޅުކުރަމުންނެވެ. އަދި އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުންވެސް އަންނަނީ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުން މުހިިންމު ކަމަށް ވިދާޅުވަމުންނެވެ. އޭގެ ތެެރޭޭގައި ރައްޔިތުުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ހިމެެނިވަޑައިގަންނަވައެވެެ.

އެގޮތުން ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބު ވީހާސް އަވަހަށް ބޭއްްވުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަަމަ، އެކަން ކުރުން މުހިންމު ކަމުގައި އެމަނިކުފާނު ދެކޭ ކަމަށެވެ.