އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވަމުންދާ ދަރިވަރުންތަކަކަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީއިން ބަލަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ވިދާޅުވި ގޮތުގައި އެ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރިންގެ ކަންބޮޑުވުމާއި ޝަކުވާ ހިމެނޭ ސިޓީއެއް ޓްރާންސްޕޯޓް މިނިސްޓްރީއިން އެ މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 27 ގައި ލިބުނު އެ ސިޓީގައި ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މައްސަލަތަކެއް ބަޔާން ކޮށްފައިވާ ކަމަށާއި އެ މައްސަލަތައް އެ މިނިސްޓްރީއިން ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.

އެ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެގެން އެ ސްކޫލްގައި ކިޔަވާ 86 ދަރިވަރަކު ވަނީ ކަމާ ބެހޭ އިދާރާތަކަށް ޕެޓިޝަންއެއް ހުށަހަޅައިފައެވެ. އެކި ސަބަބުތައް ދައްކައިގެން އެ ޕެޓިޝަންގައި ސޮއިކުރި ބައެއް ދަރިވަރުން އެ ސްކޫލުން ވަކިކޮށްފައިވެއެވެ.

މީގެ އިތުރުން އެ ސްކޫލްގެ ދަރިވަރުންގެ އަތުން ފީ ނަގަނީ ވެސް ޑޮލަރުންނެވެ. މި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވެއެވެ. އެމްއެމްއޭ އާއި ފުލުހަށް ވެސް މި މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ސްކޫލް އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ދިނެވެ. އެކަމަކު މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އަޅާފައެއް ނުވެއެވެ.

އޭއޭއޭއަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އެކަމަޑަކީއެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުން އޮޕަރޭޝަން ރެގިއުލޭޓް ކުރާ އެކަޑަމަކީއެކެވެ. އޭއޭއޭ ރާއްޖެއިން ބޭރު ކުރަން ވެސް މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި އޭއޭއޭގެ ދަރިވަރުންނަށް އިންސާފު ހޯދައިދިނުމަށް "ޖަސްޓިސް ފޮ އޭއޭއޭ ސްޓޫޑަންޓްސް" ގެ ހޭޝްޓެގާ އެކު މީސް މީޑިއާ ބޮޑު ކެމްޕޭނެއް ވެސް ހިނގަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަދުރޭ

    މީ ބޮޑު ސްކޭމް އެއް . ރާއްޖޭގެ ޒުވާން ޖީލު ތަޢުލީމީ ގޮތުން ކުރިއަރައިގެން ލަންކާ މީހުންނަށް ރާއްޖޭގައި އޮތް ވަޒީފާގެ ފުރްޞަތުތައް ގެއްލިދާނެތީ ހޮރުމެނިޔާތައް ކުރާ ކަންކަން މި ހުންނަނީ . ބޮޑެތި ނަންނަމުގައި މިސާލަކަށް " ދަ ވޯލްޑް ޔުނިވާސަލް ފްލައިންގް ސްކޫލް ". ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ
    " އޭޝިއަން ނަމްބަރ ވަން ފްލައިން ސްކޫލް ކަހަލަ ނަންނަމުގައި ލަންކާ މީހުން ކޮށް އުޅޭ ކަމެއް ތަޢުލީމް ދިނުމުގެ ނަމުގައި މިކަހަލަ ސްކޭމްތައް ހިންގުމަކީ .ޙަޤީޤަތަކީ މީ ލަންކާގެ ކޮންމެސް ޕައިލެޓެއް ހޯދާފަ ގޫގްލް އިން ސިލަބަސް ހޯދައިގެން ކިޔަވައިދޭ މަކްތަބެއް . އެހެންނަމަވެސް ކޮންމެސް އެއްޗެއް ކިއަވައިދޭނެ މިކަހަލަ ސްކޭމްތަކުގައި އެވެސް. އެއީ މީގެ ޙަޤީޤަތް އެނގުނަ ނުދޭން ކުރާކަމެއް. މި ސްކޭމް ހަމަ ވަގުތުން ހުއްޓުވަންވީ . ލަންކާ މީހުން ރާއްޖެއާ މެދު ދެކޭގޮތް ވަރަށް ސާފު ކޮވިޑްގައި މަރުވާ މީހުން ވަޅުލާ ޤަބުރުސްތާނަކަށް ރާއްޖެ ހަދަން އެ ޤައުމުގެ ރައީސްގެ ޚިޔާލަށް އައިމަވެސް. ލަންކާ އިން ކޮށް ދިން ކަމެއް ނޫނޭ ރާއްޖޭގެ ޤުދްރަތީ ރީތި ކަމަކީ .. އެއީ މާތްﷲ ރާއްޖޭގެ ރައްޔިތުންނަށް ދެއްވި ހަދިޔާއެއް . ލަލަންކާއިން ޙަސަދަވިޔަސް އެޔެއް އަތެއްް ނުލެވޭނެ. ކުރަންވީ ކަމަކީ . ސަރުކާރުގެ ބައިވެރިވުމާއެކު ބޭރުގެ އެސްޓަބްލިޝްޑް ފްލައިން ސްކޫލެއް ގެންނަންވީ ރާއްޖެއަށް.