ރައްޔިތުންގެ މަޖިލިސް އިދާރާގެ ފާރުގައި ކާރެެއް ޖެހި އެކްސިޑެެންޓެއް ހިނގައިފިއެެވެެ.

ފުލުހުން ވިދާޅުވީ، މާލޭ ހަކުރާ ގޯޅިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ރައްޔިތުންގެެ މަޖިލީހުގެ އިދާރާ ފާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި، މި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެެންދުރު 12:15 ހާއިރު ކަމަށެެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާލިބިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެެވެެ. ފުލުހުން ވިދާޅުވީ މިހާރު އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާ ކަމަށެވެ. މި އެކްސިޑެންޓުގައި އޭނާ ދުއްވަން އިން ކާރަށްވެެސް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެެފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި މި އެކްސިޑެންޓުގެ ސަބަބުން އެެ ކާރުގެެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ފޮޓޯ އިން ފެެންނަ ގޮތުގައި އެެކްސިޑެންޓު ވެފައިވަނީ "އަވަސް ރައިޑް"ގެ ޓެކްސީއެެކެވެެ.

މާލޭގައި މިފަހަކަށް އައިސް އެކްސިޑެންޓުތައް ހިނގަމުން އަންނަ އަދަދު އަނެއްކާވެެސް ވަނީ އިތުރުވާން ފަށާފައެވެެ. ފުލުހުން ދަނީ ކާރު އަދި އެނޫންވެސް އެެއްގަމު އުޅަނދުފަހަރު ދުއްވަމުން އަންނައިރު ދިމާވެެދާނެެ ހިތާމަވެރި ހާދިސާއަކަށް ވިސްނާ، ސަމާލުންކަން ދިނުމަށް އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުޗަސް

  އޭ! ނަންބަރު ފެނުނީމަ އެނގުނީ. އަހަރުމެން ގޭދޮށުގަވެސް ވަރަށް ގައްޑާކޮށް ދުއްވާ މީހެއް. ދުވާރުމަތީ ޕާކުކޮށް ހަދާން. ގޭގޭ ދޮރުން ނިކުންނަން ދަތިވާގޮތްވެސް ހަދާނެ. ކޮންމެވެސްދުވަހަކުން ދޯ ގޮތެއްވާނޭ؟

  4
  2
 2. ޥައްޖީ

  ދުވެލި މަޑު ކުރޭ

 3. އޮޅުވާލި ވޯޓު

  މިހާރަކު ރައްޔަތުންގެ މަޖިލިހެ ނޮއޮންނާނެ މި ހާރުއޮންނަނީ އެމްޑީޕީގެ ސިޔާސީމަޖިލިހެ ރައްޔަތުން ބޮލުގަ ތިޒިމްމާނައަޅުވާތި

 4. ހަކުރޭ

  ހަކުރާގޯޅިއޭ، މަންޒަރު ފެންނަގޮތުން ހީވަނީ ހަކުރާހައިވޭ ގައި ދުއްވާފަގޮސް އަރާފައޮތްހެން.