އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް މަޤާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ) އަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.
ރައީސް ނަޝީދު މި މައްސަލަ 241 ކޮމެޓީއަށް ހުށަހަޅުއްވާފައިވަނީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ފާސްކޮށް އެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވަނިކޮށް އެ ޤާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެންނެވެ. އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި އެ ޤާނޫނު ވުޖޫދުވުމަށްފަހު ރިޓަޔާކުރަންޖެހޭނީ އެ ޤާނޫނުގައި ބުނާ ގޮތުގެ މަތިންނެވެ.
ރައީސް ނަޝީދު އެގޮތައް ދެކިވަޑައިގެންނެވި ނަމަވެސް ޑިސެމްބަރ 27 ވަނަ ދުވަހު ރައީސް ތަޞްދީޤު ކުރެއްވި ފުލުހުންގެ ޤާނޫނުގައި ބުނެފައި އޮންނަނީ އެޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާތާ ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން ކަމަށެވެ.
އަލަށް އަމަލު ކުރަން ފަށާ ޤާނޫނުގެ 112 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހެއްގެ މަޤާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ވަކިވާ މީހާ ފިޔަވައި ފުލުހުްނގެ ވަޒީފާއިން އަމިއްލަ އިޚުތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލާފައި ނެތް ޙާލަތުގައި ނުވަތަ އެފަދަ މައްސަލައެއް ހުށަހެޅިދާނެ ޙާލަތެއް އުފެދިފައި ނެތީސް ވަކިވާ މީހުންނަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކީވާ މީހުން ކަމަށެވެ.
މީގެ 6 މަސްކުރިން ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރެއްވުމަށް ފައިރޫޝް ހުށަހަޅުއްވާފައިވެއެވެ. ފުލުހުންގެ ޚިދުމަތުގައި އޭނާ 20 އަހަރު ހޭދަކުރެއްވިއެވެ.
މިއީ ދިވެހި ކޮންމެ ރައްޔިތަކުވެސް ވިސްނަންޖެހޭ ކަމެއް. މި ނަޝީދުގެ ނުބައިކަމާއި ބަދަލު ހިފުމުގެ ރޫހު ހުންނަވަރު މިފެންނަނީ
ބަލާއޭ ގައުމަށް ޖެހިފައި މިއޮތީ މިލަވަޔަކީ މުހައްމަދު އަމީނުގެ ވެރިކަން ނިމުނުތަނާ ނުކުތް ލަވައެއް. އެކަމަކު އެދުވަސްވަރަށްވުރެ މިލަވަ މުނާސަބު ވަނީ މިދުވަސްވަރާ. ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާ ކަމެއްގެ މައްޗަށް ފާސްވެފައިއޮތަށް އެ ގާނޫނު ހިނގަން ފަށައިފިނަމަ އެއީ ފަހުގެ ޒަމާނުގައި ކުދިކުދި ދައްޖާލުން އުފަންވި ކަމުގެ އަލާމާތަކަށް ނޫނީ ނުވާނެ.
"ޑިސެމްބަރ 27 ވަނަ ދުވަހު ރައީސް ތަޞްދީޤު ކުރެއްވި ފުލުހުންގެ ޤާނޫނުގައި ބުނެފައި އޮންނަނީ އެޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާތާ ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން ކަމަށެވެ." ލިޔަން ކިޔަން ވެސް ނޭގޭތަ އަޅެ؟ ގައި ދިވެހި ބަހުން ދޯ މި އޮތީ ލިޔެފަ؟ ނޫނީ ހިންދު ކޮޅުގަ ތޯ؟ އަދިވެސް ބަލާ ފާޑް ފާޑް ގެ ޤާނޫން ހެދޭތޯ؟
އަންނި މާ ބޮޑައް ޒާތީ ވަނީ އެވެ.
މި ކެނެރީގޭ ނަޝީދު މީ ކުރާނެކަމެއް ނެތިގެން އުޅޭމީހެއްތަ؟؟ ގައުމަގައި ހައްލުކުރަން ޖެހޭ އެތައް ބައިވަރު މައްސަލަތަކެއް. މިމީހުން މިބައިމީހުންނާ އިދިކޮޅު ހިޔާލުގެ މީހުން ފަހަތުން ދުވުމުގައި. އިސްތިއުފާދީފައި އެހެންބަޔަކާ ހަވާލުކުރަންވީއެއްނު. ކޮންމެހެން އަހަރުމެންގެ އަތުން މުސާރަ ނަގައިގެން ތިސަކަރާތް ޖަހާނެކަމެއްނެތް.
ވަޒީފާ ހުރިޔަސް ކަމަކުނުދޭ! ރިޓަޔަރ ކުރިޔަސް ކަމަކުނުދޭ! ބުއްޅަބެޔަކީ ބޮލަށް ފިތާލާފައި އިން ތާވަޅެއްތަ؟
ގާނޫނުގައިވާގޮތަށް ރިޓަޔަރ ކުރީ ނަސީދު ހާދަ ބޮޑަކަށް އޭނަޔާ ޒާތީވެގެން ތިޔައުލެގަތީ
މިމީހުން މުޅިން އަލަށް ފުލުހުންގެ ގާނޫނު އެކުލަވާލީ ކީއްކުރަންކަން ކުރިން އޮޅިފައި ތިބި މީހުނަށް މިހާރު ޔަގީންވީ!! ބަދަލު ހިފުމާ ނޭއްގާނީކަމާ ފުލުހުންގެތެރެއަށް ސިޔާސީ އަތް ބޭނުން މައިގަނޑު ބޭނުމަކަށްވެފަ އޮތީ!! ވަރަށް ސާފު!! މީނާ އިސްތިއުފާދީފަ ޖެހިގެން އައި ދުވަހު ދަރުބާރުގެއަށް މީނާގެ ސަޕޯޓަރުން އެއްކޮށް ދައުލަތާއި ދެކޮޅަށް ނިކުންނަން މީހުންނަށް ހިތްވަރުދީ އަދި ޢަމަލީގޮތުން އެކަމުގައި މަގުމައްޗަށް ނިކުމެއުޅެ އެހިތްވަތުން ހިތްވަރު މީނާގެ ސަޕޯޓަރުންނަށް ލިބި ގައުމުގެ އެތައް މިތާ ހުޅުޖެހި މައްސަލަ 24 ވަން ކޮމެޓީއަށާ ކަމާ ގުޅޭ އެހެން މުއައްސަސާތަކަށް ހުށަހަޅަނެޖެހޭ!! އެމެރިކާގައި އެދަނީ މިކަހަލަ ކަމެއް މިހާރު ބަލަން ތައްޔާރުވަމުން!! އެއީ ޓްރަންޕު ހިތްވަތުދީގެން އޭނާގެ ވާހަކަތަކުން ހިތްވަރު ލިބެގެން އެތާނގެ އެންމެ މުހިންމު އެއް އިމާރާތެއްގެ ތެރެއަށް ޓްރަންޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުކެހުމާއި ގުޅިގެން ޓަރަންޕަށް ދައުވާކުރަން ތައްޔާރުވަމުން!! އެހެންކަމުން ނަޝީދާ ދޭތެރޭ ދައުވާކުރެވެންޖެހޭނެ!! އޭނާ އެމަގާމުން ދުރުވެސް ކުރަންޖެހޭނެ!! މީހުންނާ އަޅައިގަނެގެން ނެއްޓިގެން ނޭނގިގެން އުޅޭއިރު މީނާ މިރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ކޮށްފައިވާ އެތައްކަމެއް ބަލަން ނޫޅެގެން މިއުޅެނީ ކީއްވެބާއޭ އެބަ ހިތައްއަރާ!! ރައްޔިތުން ނިކުމެ ގާނޫނު ހިންގަން އުޅުމުގެ ކުރިން މިކަންކަން ބަލަންޖެހޭ!!
ފައިރޫޝްއަކީ ތިޔައަންނިޖަހާމަޅިއެއްގަ ތާށިވާވަރަށްވުރެ ތަޢުލީމީބޭފުޅެއް ތާކުންތާކުނުޖެހޭކަންތައްތަކެއްހިމަނައިގެން ދެލޯބިވެރިތިޔަހެދިގާނޫނަކީ ރައްޔިތުން ގަބޫލުކުރާއެއްޗެއްނޫން މިހާރުތިޔަރާވާ ހުރިހާހާ ރޭވުމެއް ﷲގެހެޔޮރަހްމަތާއެކު އަނެއްފުށައްޖެހޭދުވަސްއޮތީމާދުރަކުނޫން އިންޝާﷲ
ޤާނޫނު ތަސްދީޤު ކުރިނަމަވެސް އެޤާނޫނަށް ޢަމަލުކުރަން ހަމަ އެޤާނޫނުގަ މުއްދަތެއް ކަނޑައަޅާފައިވެއެެވެ. ހެހެންވީމާ އެމުއްދަތު ހަމަ ނުވަނީސް ތިމާމެންގެ މަސްލަޙަތަށް ބައެއް ކަންކަމުގައި އެޤާނޫނުގެ ބާރު މިހާރުވެސް ހިނގާނެ ކަމަށް ދެކުމަމީ ބޮޑު ޖޯކެއް ނޫންތޯ
ބަދަލުހިފުމުގަ ތިޔަހެން ހުރެވޭނީ ކިހާދުވަހަކު؟
ފައިރޫޝް ރިޓަޔަރ ކުރެއްވިފަހުން ރ ނަޝީދުގެ ލޮލުން ކަރުނަ ހުސްނުވާނެއެވެ.
ޒާތީވިޔަސް ތިޔައީ ބޮޑުވަރު. މިމީހުންނާހުރެ ޢިލްމީ ދިވެހިދަރިންގެ ޚިދުމަތް މި ރާއްޖެއަށް ނުލިބެނީ. ތިޔަ ގާނޫނެއް ފާސްކޮށްފައި އުފާފާޅުކުރުމާއި ތިޔަ ގާނޫނާ އަޅުވައިގެން މިހާރު ތިޔަ ކުރާ ކަންކަމުން އެމްޑީޕީގެ ނިޔަތް ވަރަށް ސާފު. ނިޔަތަކީ ބަދަލުހިފުން.
އަމިއްލައަށް ހަދާގާނުނުވެސް ނޭންގޭ ބީތާއެއް ނަޝީދަކީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ