22:30

ބިޔާދޫ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 53 އަށް އަރައިފި.

22:25

ގއ.ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގުޅޭ ވޭދަނަ (ކްލަސްޓާ) އިން މިހާތަނަށް ފައްސިވި މީހުންގެ އަދަދު 22 އަށް އަރައިފި.

22:09

ރާއްޖެ އިން އިތުރު 44 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:24

15:55

މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން 1135 މީހަކު މަރުވެއްޖެ.

11:53

ފޮނަދޫގެ ދިހަގެއެއް ކަރަންޓީންކޮށްފި.

11:02

ފޮނަދޫން ބަޔަކު ފައްސިވުމުން ކުނަހަންދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި.

10:59

ގއ. ދެއްވަދުއިން އިތުރު އަށް މީހަކު ކޮވިޑް-19 ފައްސިވެއްޖެ.

09:16

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ކޮވިޑް-19 އަށް ފައްސިވެއްޖެ.


ކޮވިޑް-19 އަށް މިރޭ ލ.އަތޮޅު ފޮނަދޫ އިން ހަތަރު މީހަކު ފައްސިވުމާއިއެކު ގަން ފޮނަދޫގެ އިތުރުން ލ.އަތޮޅާއި އަދި ކައިރި ބައެއް އެހެން އަތޮޅުތަކަށް ވެސް ވަނީ ބޮޑު ބިރުވެރިކަމެއް އިހްސާސް ކުރަން ޖެހިފައެވެ. ލ.އަތޮޅު ފޮނަދުއާއި ގަމަށް އެއަތޮޅުގެ ރަށްތަކުންނާއި ކައިރި ރަށްތަކުން ކޮންމެ ދުވަހަކު އެތައް ބަޔަކު އަރައި ފައިބާ ހަދައެވެ. އެހެންކަމުން އެދެރަށުގައި ބަލި ފެތުރިފައި އޮތްނަމަ އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ފޮނަދޫން ކޮވިޑް-19 އަށް ފައްސިވީ ގއ.ދެއްވަދޫން އެރަށަށް ދިޔަ އާއިލާއެކެވެ.

މިހާރު ލ.ފޮނަދު އާއި ގަމަށް އަރައި ފޭބުން މަނާކޮށް އެދެރަށުން ވެސް ބައެއް މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ. މިހާރު ކުރާ ޓެސްޓްތަކުގެ ނަތީޖާ މާދަމާގެ ވަގުތެއްގައި ލިބޭނެ ކަމަށް ބެލެވެއެވެ.

އަތޮޅުތެރޭގެ އެއްވެސް ރަށަކަށް 30 ނޮވެމްބަރ 2020 އަށް ފަހު ގއ.ދެއްވަދޫއިން ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތް ސެންޓަރަށް އެކަން އެންގެވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ޑިސެމްބަރ 25 ގެ ފަހުން ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

30 ނޮވެމްބަރުގެ ފަހުން ގއ.ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ ފަރާތްތަކުން ކޮވިޑް-19 ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުންނެވުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވާފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލ.ގަމު

  ކީއްކުރާނީ ޒިއްމާނަގަންޖެހޭ ފަރާތުން ހަނު ކުށްވެރިވާނީ އަބަދުވެސް ޢާމުން އެމީހުނަށް މިހިސާބަށް އާދެވުނީ ކީއްވެ ނިހިނެތް ކޮން ފަރާތެއްގެ ހުއްދަލިބިގެން މިކަމުގައި ޒިއްމާނަގަޖެހޭމީހުން މިކަމުން ރެކެންމި ފަހަރު ކީކޭބާކިޔާނީ؟؟؟؟؟؟؟؟؟؟؟

 2. ލ.އަތޮލު

  ހަމަ އެކަނި ލ.އަތޮޅަށް އޮތް ބިރުވެރިކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ހުރިހައި ރަށަކަށްވެސް ތިބިރިވެރކަން އެބައޮތެވެ.

  6
  1
 3. ޢަފްލާ

  ފަރުދީ ޒިންމާ ކޮބާ ކިތަންމެ ރަނގަޅު ގަވައިދެއް ހެދިޔަސް ޢަމަލު ނުކުރަންޏާ ދެންވާނީ މިހެން ﷲ އަހަރެމެންނަށް ﷲ އެންގެވިގިތަށް އުޅެވެބާ!!

 4. ވާނުވާ

  ލ ފޮނަދޫ އަށް އާއިލާ އަކީ ޕޮޒިޓިވް ވި މީހާއާއި ދިމާވި މީހެއްވެސް ނޫން. އޭނައަކީ މީގެ 14 ދުވަސް ކުރިން ދެއްވަދޫ އިން ފޮނަދޫއަށް ދިޔަ މީހެއް. އޭގެ ފަހުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުއްޓާ އޭނަގެ މާމަ ނިޔާވި. އެދުވަހުގައި ވަރަށް ގިނަ މީހުންނާ އޭނަޔާ ބައްދަލުވި. އެހާދިސާ ހިނގިތާ 3 ވަނައަށް ވީ ދުވަހު އޭނަގެ ގައިން ބަލީގެ އަލާމާތް ފެންނަން ފެށީ. ދެން ކިހިނެއް އިނގޭނީ އޭނަ ޕޮޒިޓިވް ވީ ދެއްވަދޫ އިން ކަމެއ. އަނެއްކޮޅުން އޭނަ ދެއްވަދޫގަ ހުރި ގޭގެ އެއްވެސް މީހެއްގެ ފަރާތުން ބަލި ފެނިފައިނުވޭ