ފުވައްމުލަކުގައި އިއްޔެ ގެނބިގެން ނިޔާވި ފައުޒާން ހަސަން ވަކިވެގެން ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައި ކަމަށާއި، އޭނާގެ ގުރުބާނީން ގައުމު ރޮއްވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އަހުމަދު ފައުޒާން ރޭ ނިޔާވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އަޙްމަދު ފައުޒާން އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައި. އޭނާގެ އެ ޤުރުބާނީން ޤައުމު ރޮއްވައިލާފައި. އަޅުގަނޑުގެ ދުޢާއަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން". ރައީސްގެ ޓްވީޓްގައި ވެއެވެ.

ފައުޒާން ގެނބުނީ ގެނބުނު ދެކުއްޖަކު ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަަށް އެރަށު ބައެއް މީހުން ބުންޏެވެ. ފައުޒާން ފިޔަވައި ދެން ގެނބުނު ދެކުދިން ވަނީ މިހާދިސާ އިން ސަލާމަތް ވެފައެވެ. އެއިން ކުއްޖެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ހާނިކައެއް ލިބިފައެއް ނުވެއެވެ.

ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ އިއްޔެ ހަވީރު 16:47 ކަންހާއިރު އެވެ. އޭނާ ފެނުނީ 17:50 ކަންހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މަހުލޫފުގެ ރަހްމަތްތެރިޔާ

  ހު ހުރިހާ ކަމެއްވެސް ސިޔާސީ ކުރާތި

  14
  43
  • ފައުޒާން ގެ އެކުވެރިއެއް

   ޢެއީ ސިޔާސީ އެއް ނޫން

   49
   6
   • ޖުމްހޫރީ

    ކޮއްކޯ ފައުޒާންއަށް ތާއީދުކުރަން އެއީ ހިތްވަރުގަދަ ކުއްޖެއް..އެކަމަކު ތި ރައީސް
    ސޯލިހު ތިހެން ވިދާޅުވީ ރަހުމެއްހުރެގެނެއްނޫން ތާއީދު ހޯދަން..

    19
    17
  • ބަކަރި

   މި ހީވަނީ މިކަލޭގެއަށް އެކަނިހެން ކީރިތިކުރެއްވެނީ

 2. ފައުޒާން ގެ އެކުވެރިއެއް

  ފައުޒާން އަކީ ހަމަ ހީރޯ އެއް 🥺❤

  62
  2
 3. UH

  Ibu solih akee roa meeha lol

  26
  32
 4. ♥️

  إنا لله وإنا إليه راجعون.
  ހަމަ އަސްލަށްވެސް ރޮވުނު😢😭💔 ވަރަށް ވަރަށް ދެރަވި😭 ހިތްހަމަ ކުދި ކުދި💔💔💔ރޭ ނުވެސް ނިދުނު😓😩😭 ހަނދާންވާވަރުން😭 ނޭނގޭ ވީ ގޮތެއްވެސް😩😩😩
  މާތް ﷲ ފައުޒާން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި♥️🤲🏾💖💖💖💖

  78
  1
 5. ފާއިޒު

  އެހެން މީހުން ކުރާ ވަރުގަދަ ކަންކަމަށް މޮޅެތި ބަސް ބުނެގެން ތިމާއަށް ކުރެޑިޓް ހޯދަން ތިކުރާމަސައްކަތް ރައްޔިތުންނަށް އެނގޭ.

  32
  18
 6. ތޮރާ

  ޔާމީނަށް ނުޙައްގު އަނިޔާ ކުރަމުން ދާއިރު މުޅިގައުމު ނޮރޮއިތަ؟

  16
  21
 7. ދޯ

  ފައުޒާން ވަކިވެގެން ދިޔައީ ގައުމުގެ ރައީސް ރޮއްވާލާފައި ދޯ؟؟؟

  14
  14
 8. ޢަލީ

  ކަލޯމެންގެނައި ބަގާވާތުގައި 19 ދިވެހިންގެ ލޭކަލޭމެން ބޯލިދުވަހުވެސް ރާއްޖޭގެ ވަރައްގިނަ ރައްޔިތުން ރޮއްވާލި އެދުވަސްމަތިން ހަނދާންވޭތަ؟

  22
  2
 9. އިއްބެ

  ކޮބާތަ ގެނބުނު 2 ކުދިންގެ ބަހަކީ (މިބުނީ ސަލާމަތްވި 2 ކުދިން)

  17
  2
 10. ޑަބިޔާ

  މަރުވާނެ ވަގުތު ނޭންގެ ސޯލިހް ވެސް ވިސްނަންވީ ސުވަރުގެ ލިބީތޯ. ފައުޒާންއަށް ސުވަރުގެ މިންވަރު ކޮއްދެއްވާށި

  10