ރޭ ނިޔާވި އަހުމަދު ފައުޒާން، 17އ، ވަކިވެ ދިޔައީ ހިތްވަރުގަދަކަމާއި،އިންސާނިއްޔަތުކަމުގެ ފުރިހަމަ ނަމޫނާ މުޅި ގައުމަށް ދައްކުވައިދީފައި ކަމަށް ކުރީގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ، ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ވިދާޅުވީ، ފައުޒާންގެ އައިލާއަށް އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ.
"ފައުޒާން ވަކިވެ ދިޔައީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތު ކަމުގެ ފުރިހަމަ ނަމޫނާ މުޅި ގައުމަށް ދައްކުވާދީފައި" ނަޝިދުގެ ޓްވީޓްގައި ވެއެވެ.
Ahmed Fauzan, 17 niyaavi hithaamaiga aailaa ah iklaastheri thauziya dhannavan. Fauzan vakive dhiyaee hivvaru gadha kamai insaaniyath kamuge furihama namoona mulhi qawmah dhakkuva dheefa. Maaiy Allah marhoom ah suvaruge minvaru kuravvashi. Aameen
— Mohamed Nasheed (@MohamedNasheed) January 10, 2021
އިއްުޔެ ހަވީރު ފައުޒާން ގެނބުނީ ގެނބުނު ދެކުއްޖަކު ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަަށް އެރަށު ބައެއް މީހުން ބުންޏެވެ. ފައުޒާން ފިޔަވައި ދެން ގެނބުނު ދެކުދިން ވަނީ މިހާދިސާ އިން ސަލާމަތް ވެފައެވެ. އެއިން ކުއްޖެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ހާނިކައެއް ލިބިފައެއް ނުވެއެވެ.
ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ އިއްޔެ ހަވީރު 16:47 ކަންހާއިރު އެވެ. އޭނާ ފެނުނީ 17:50 ކަންހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ފައުޒާން ގެނބުނު ސަރަހައްދަކީ މީގެ ކުރިން އެފަދަ ހާދިސާތަކެއް ހިނގަފައިވާ ސަރަހައްދެކެވެ. އެގޮތުން މީގެ ކުރިން އެ ސަރަަހައްދުން ޕާކިސްތާނުގެ ޑޮކްޓަރެއްވެސް ވަނީ ގެއްލިފައެވެ. އަދި އެ ސަރަހައްދުން މީގެ ކުރިން ދެ މީހަކު ސަލާމަތްވެސް ކޮށްފައި ވެއެވެ.
އެރަށު "މާނޭރާ"ސަރަހައްދަށް ގެއްލުނު ފައުޒާން ނިޔާވިއިރު، އެތަނަކީ ކުރިން އެރަށު ބަނދަރު ނަހަދާއިރު ރަށަށް ލަފަން އޮންނަ ނެރެވެ.
ފައުޒާންދެކެ ފަޙުރުވެރިވަން...އަންނި އަށް ބުނެލަންބޭނުންވަނީ ކަލޭ ވެސް އެކުއްޖާ ކަހަލަ ސަޙުޝިއްޔަތަކަށް ވާންއުޅެބަލަ މޮޅެތި ބަސްނުބުނެ
1988ވަނަ އަހަރު ޓެރަރިސްޓުން ރާއްޖެ އެރުވީ މީނާގެ
ޢާއިލާއިންކަން މުޅި ރާއްޖެދަނޭ
ކޮންޓެރަރިސްޓުންނެއް؟؟ ސަގަރަނާސިރު އާއި ލުތުފީ...ކެރަފާ އާއިލާގެ ވާހަކަތައް ތި ކިޔަނީ؟؟ ނޮވެމްބަރު 3 ދޯ
އަންނި ގަދަބަސްނުބުނެހުރޭ...
ތިޔަ ލާދީނީ ބުއްޅަބޭގެ ކިބާގައި އެސިފައެއް ނެތެއްނު
އަންނި ކަލެޔަކާކޮންބެހޭކަމެ ކަލޭހުރޭ ހުރިހާތަނަކައް ބޯނުބާނާ ކަލޭތީކާކު
ފައުޒާން ވަކިވެ ދިޔައީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތު ކަމުގެ ފުރިހަމަ ނަމޫނާ މުޅި ގައުމަށް ދައްކުވާދީފައި އިރާދަކުރެއްވިއްޔާ ސުވަރުގެ. ނަސީދު ވިސްނަންވީ މަރުވާނެ ވަގުތު ނޭންގޭކަން މީހާ އަވަހަށް ތައުބާވެ ސުވަރުގެ ލިބޭތޯ.
މިގައުމުގެ ބަތަލުން އެބަ އެނގޭނޫންތޯ އެއްވެސް ކަމަކާ ނުލާ ރައްޔިތުން އަޅުވެތިކޮއް ފާޑްފާޑްގެ ނަންނަމުގައި ޖިޒީނަގަމުން އެގެންދަނީ ފުލެޓްގެ ނަމުގައި ރައްޔިތުން ގެސްޓުންނައް ހަދާ ގެސްޓް ހައުސްތަކުގަ އުޅެންޖެއްސީ ކިރުދޫނިތަކެއްހެން މިނިވަން ކަން މަތީ އުޅެއުޅެތިއްބާ މާމޮޅު ޑިމޮކްރަސީއެއްގެ ހުވަފެން ދައްކައައިގެން ރައްޔިތުން ކުރާ މަސައްކަތުން ނަގާ ޖިޒީއިން ވެރިން އަރާމުގައި އެކަން އެބަ އެނގޭނޫންތޯ އަހަރީ ރިޕޯޓުން ސަރުކާރައް ލިބުނު އާމްދަނީ 14ބިލިޔަން އައްވީއިރު .10ބިލިޔަނައްވުރެ ގިނަ ރުފިޔާ ލިބިފައިވަނީ ޓެކްސްގެ ފައިސާ ލަދުވެތި މިވާން ޖެހެނީ ނިކަމެތި ރައްޔިތުމީހާ އަސްލު ސަރުކާރައް ވަންނަ ފައިސާ ޔައްވާގޮތެއް އެނގޭ މީހަކު އުޅޭބާ
މި ޤައުމަކީ ހިތްވަރުގަދަ ފަޚުރުވެރި ދަރިން އުފަންވި ގައުމެކެވެ. މި ޤައުމުގެ ނޯޖަވާނުންނަކީ ހިތްވަރުގަދަ ކެރޭ ބައެކެވެ. މިއީވެސް އޭގެ ރީތި މިސާލެކެވެ. އެކަމަކު މި ގައުމަކީ ކަލޭ ކަހަލަ ފިނޑި ޣައްދާރުން ވެސް އުފަންވި ގައުމެކެވެ. ފަހުގެ ތާރީޚުގައި މިޤައުމުގެ ޝަރުއީ ނިޒާމަށް ބިރުން ފިލި މީހަކު ކަލޭ ނޫނީ ނުހުންނާނެއެވެ. ކަލޭ ނޫނީ މައިބަނދައެކޭ ކިޔައިގެން ހުކުމަކަށް ފިލައިގެން ދިޔަ މީހަކުވެސް ނުހުންނާނެއެވެ. މިގައުމުގައި ހުރި އެންމެ ފިނޑި އެންމެ ގޮތެއް ފޮތެއް ނެތް މީހާ ހިތްވަރުގަދަ ކެރޭ ނޯޖަވާނުންގެ ވާހަކަ ދެއްކުމަކީ ފިނޑި ގޮތެއްފޮތެއްނެތް އަމަލެކެވެ.
ފައުޒާންއަށް ސެލިއުޓް !!!
އަހުމަދު ފައުޒާން، މިދުނިޔެ ދޫކޮށް އެދިޔައީ އިންސާނިއްތުކަމަށް ފުރިހަމަ ނަމޫނާ ދައްކުވައިދީފައި. މި ސަރުކާރުގެ ވެރިންނަށް މި ނަމޫނާ ނުދެއްކުވެނީ ކޮން ގައުމެއްގެ ކޮން މަޖޫބޫރު ކަމެއް އޮވެގެންތޯ؟