މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 44 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 24 މީހުން ފައްސިވީ މާލެ އިންނެވެ.

މިއަދު މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށްތަކުން 16 މީހުން މިއަދު ވަނީ ފައްސިވެފައެވެ. ރިސޯޓްތަކުން މިއަދު ހަތަރު މީހަކު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު 28 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،109 އަށް އަރާފައެވެ. މީގެތެރެއިން 13،336 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގައި ތިބި ކޮވިޑް-19 ބަލި މީހުންގެ އަދަދަކީ 717 އެވެ. މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 52 މީހުންނަށެވެ.

މިއަދު 44 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 3،277 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 49 މީހުން ވަނީ ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު