22:21

އިނގިރޭސިވިލާތުން މިއަދު ކޮވިޑް-19 ޖެހިގެން އިތުރު 1243 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި.

22:03

ރާއްޖެ އިން އިތުރު 59 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:05

ލ. ފޮނަދޫން ފައްސިވި ކުދިންގެ މަންމަ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުގައި މާލޭގައި ހުރި ބައްޕަ ކުދިން ބަލަން ރަށަށް އަތުވެއްޖެ.

16:15

15:10

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާ ގއ. ދެއްވަދޫގެ ރައްޔިތުން ބޯފެނަަށް ޖެހިދާނެ ކަމުގެ ބިރުވެރިކަން އެބަ އޮތް ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވެއްޖެ.

13:33

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އަށް ގޮރިއްލާއެއް ފައްސިވެއްޖެ.

13:32

ގއ. ދެއްވަދޫން އިތުރު އަށް މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ.

10:40

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 662 މީހަކު މަރުވެއްޖެ.

10:14

މެލޭޝިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ އެގައުމުގެ ރަސްގެފާން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޤާނޫނު ހަދާ މަޖިލިސް ވެސް ސަސްޕެންޑްކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފި.

08:27

ލ.އަތޮޅު ގަމާއި ފޮނަދޫގައި ކޮވިޑް-19 ފެތުރިފައި އޮތްތޯ ބަލަން ވަކިތަރުތީބެއް ނެތި ސުންކު (ރެންޑަމް ސާމްޕަލް) ނެގުން މިއަދު ކުރިއަށް ގެންދާނެ ކަމަށް އެދެރަށުގެ ކައުންސިލުން މައުލޫމާތު ދީފި.


ކޮވިޑް-19 އާއި ގުޅިގެން ހުއްޓުނު ރާއްޖޭގެ ފަތުރުވެރިކަން އަލުން "ދިރެމުން" އަންނައިރު މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް ގުޅިފައި މިއޮތީ ރިސޯޓްތަކާއިއެވެ. ރިސޯޓްތަކުން ކޮވިޑް-19 އަށް ގިނަ ބަޔަކު ފައްސިވެ ބޮޑެތި އިހާތަކެއް (ކްލަސްޓާތަކެއް) މިދަނީ އުފެދެމުންނެވެ.

މިއަދު ވެސް 50 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވިއިރު އޭގެ ތެރެއިން 28 މީހުން ފައްސިވީ ރިސޯޓްތަކުންނެވެ. މިއަދު އޮޅުވެލި ރިސޯޓުން އެކަނިވެސް 20 މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށާއި އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް ރިސޯޓްތަކުން އިތުރު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރު ވެފައެވެ.

މިހާރު ރިސޯޓްތަކުގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 152 އަށް އަރައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިންގާ ސަނާ

    ޑޮމިނޭޓިންގް ވާލްޑް މާރކެޓްސް/ ކޯވިޑް އިޒް އަ ހޯކްސް

  2. އދ

    އަދިވެސް މީހުން ދިރިއުޅޭ ރަށްރަށައް ޓުއަރިސްޓުން ގެނެސް ބަހައްޓާ. އެ ހެޔޮ އެންމެ ދެ ގެސްޓްހައުސް ހުންނަ ރަށްރަށް ވިޔަސް. 5000ހުގެ އާބާދީ ނުރަށްކަލަކަށް ހުށަހަޅާފަ.