22:25

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގައި ކޮވިޑް-19 ފެތުރި އެރިސޯޓުން 32 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:02

ރާއްޖެ އިން އިތުރު 59 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:39

އިނގިރޭސިވިލާތުން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެ.

21:32

އިނގިރޭސިވިލާތުން ތިންވަނަ ވައްތަރެއްގެ ކޮވިޑް-19 އެއް ފެނިއްޖެ.

20:13

އަމީނިއްޔާ ސްކޫލް ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

18:56

އަދިވެސް ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ޝިކާރަ އަކަށްވެ ޕޮލޭންޑުން އިތުރު 481 މީހަކު މަރުވެއްޖެ.

17:45

ތ. ކިނބިދޫ އިން ކޮވިޑް-19 އަށް ތިން މީހަކު ފައްސިވެއްޖެ.

16:18

ލ. ގަމުން އަންހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:29

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.

11:42

ދެއްވަދޫން އިތުރު ބަޔަކު ފައްސިވެ، ޖުމްލަ އަދަދު 33 އަށް އަރައިފި.

11:19

މިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ލިބޭނެ.

08:26

ކޮވިޑް-19 ޖެހިގެން އިއްޔެ ދުނިޔެ އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ މިހާރު އިތުރުވަމުންނެވެ. މިއަދު 59 މީހަކު ފައްސިވެފައި ވާއިރު މިއީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. މިއަދު މާލެ އިން 33 މީހަކު ފައްސިވެފައި ވާއިރު މީހުން ދިރިއުޅޭ އެހެންރަށްތަކުން ވެސް މިއަދު 20 މީހަކު ފައްސިވެފައިވެއެވެ.

އެހެންކަމުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންކަމަށް ދޭން ޖެހޭ ސަމާލުކަން މިވަނީ އިތުރު ކުރަން ޖެހިފައެވެ. މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުމާއި ކޮންމެހެން ދާން ނުޖެހޭ ތަންތަނަށް ނުދިއުމާއި ގައިދުރުކަން ބެހެއްޓުން މިއީ އެއްވެސް މީހަކު ހަނދާން ނައްތައިނުލައި ކުރަން ޖެހޭ ކަންތައްތަކެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަޙްމަދް

  ކޮރޯނާ ވައިރަ ކޮރޯނާ ވައިރަސް އެންމެ ގަދަޔަ ފެތުރެނީ މީޑިއާގެ ޒަރިއްޔާއިiންނެވެ، ވައިރަސް ދައުރު ކުރަނީ
  ޢިންސާނާގެ ކަންފަތުންނެވެ
  މީގެ އަލާމާތްތަކުގެ ތެރޭގައި މާބޮޑަށް ހާސްވެ ކަންބޮޑުވުމާ ބިރުގަތުމާިއ ރުޅިގަދަވުން ހިމެނެއެވެ.
  ޏަތީޖާއަކީ އާއިލާ މީހުންނާއި ރަޙްމަތް ތެރިންނައި ދުރުވެވި އެކެނެވެރިވެ ނަފްސާނީ ގޮތުން ނާއި ޖިސްމާނީ ގޮތުން ބަލިކަށިވުމެވެ.

 2. ޖަލްޕި

  ފަރުދީ ޒިންމާއޭ ފުރަތަމަވެސް ނުކިޔާ ފުލުހުން ނިކުމެ ގަވައިދު އެންފޯސް ކޮށްބަލަ! މާސްކު ނާޅަ ތިބޭ މީހުން ހިފަހައްޓަފަ ޖޫރިމަނާޔާ ބަންދާ މިހުރިހާ ކަމެއް ކޮށްބަލަ. އެހެންނޫނީ ގައުމު ހަލާކުެދާނެ

 3. Anonymous

  ކާކު މިހާރު ތިކަންކަމާ އުޅެނީ ...