ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި ތިން މީހުންގެ ތެރެއިން ދެމީހުންގެ މައްޗަށް ދައުވާ ކުރަން ބޭނުންވާ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

ދައުވާ ނުކުރަން ނިންމި ދެމީހުންގެ ވަނަވަރެއް ޕީޖީ އިން ހާމައެއް ނުކުރެއެވެ.

ތިން މީހުންގެ ތެރެއިން ދެމީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން ދެން މިމައްސަލައިގައި ދައުވާ ކުރަނީ ލ. ގަން، ތުނޑި، ނޫރާންގެ، އަބްދުﷲ ޝާންގެ މައްޗަށެވެ. އެއީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދުގެ ފިރިކަލުންނެވެ.

ޝާންގެ މައްޗަށް ވަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި ދައުވާކޮށް ހުށަހަޅާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ ޖެނުއަރީ ހަ ވަނަ ދުވަހު އެވެ.

ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. މި މައްސަލައިގެ ތަޙްޤީޤަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބެއްޔާ

  އެކަކަށްވެސް ކުރާނެކަމެއް ނެތް. ސަފާރީގެ މައްޗަށް ކުރީމަ ސާބިތުވާނީ. ޤާނޫނުގެ ބޭރުން ހިނގާކަންކަންމީ.

  63
 2. ކޮވިޑް

  ދައްކާލާ ދަޅައެއް ތީ. ދައުވާ ސާބިތެއްވެސް ނުވާނެ ކުއްވެރި ވާނީ ސަފާރީ. ޑްރާމާ ކުޅުން ހުއްޓާލާފަ އިސްތިއުފާ ދީފަ އުތެމަ ައިގެން އުޅޭ އެއީދޯ ކުރަންބޭނުންވާ ކަމަކީ ތިޔަބައިގަނޑު

  28
 3. އަޙްމަދު

  ތީ އެސަފާރީ އަމިއްލައަށް ކުރިކަމަކަށް ވާނީ! އެއްވެސް މީހަކު ކުރިކަމެއްނޫން!!!!!!!!!!!!!!

  24
 4. ދުންތަރި

  އެކަކަށްވެސް ދަޢުވާކުރާނެކަމެއްނެތް ދަޢުވާކުރަނީވެސް މީހުނަށް މަންޒަރު އޮޅުވާލަން އަނިޔާ ލިބުނު މީހާ ބިރުދައްކައި ފައިސާގެދަޅަދައްކައި މާލެއިން ބޭރުކޮށްލީވެސް މި ސަކަރާތްޖަހަންވެގެން އޮޅުވާލެވޭނީ ވަކި ވަރަކަށް ﷲގެ ދަރުބާރުގަ އެކަކަށް އެއްކަމެއްވެސް އޮޅުވައެއްނުލެވޭނެ މިއަދު ވެރިކަމާ އާރާ ބާރާ ނުފޫޒާ އޮތީމަ ބޭނުންކަމެއް ބޭނުން ގޮތަށްކުރެވިދާނެ ޖަވާޞުދާރީވާންޖެހޭ ދުވަސްއޮތީ ކުރިމަތީގަ އިންތިޒާރުކޮށްލައްވާ

  20
 5. އަނިޔާ

  ޢަދުލްއިންސާފް އުވާލާ އެމީހަކާއެމީހެއް ހެދީމަ މާރަގަޅުވާނެ . ބަލަ ޤިޔާމަތް ދުވަސް ހަނދާން ނުވަނީތޯ

  19
 6. ހުސޭނުބޭ

  ރޯޔަލް ފެމިލީ ވަރަށް ބާރުގަދަވާނެ! ހެކި ހުއްޓަސް ހުރިކަމަކަށްނުވާނެ! އެކަމަކު ރިހާކުރުފުޅު ވަގަށްނެގި މީހާ 10 އަހަރުދުވަހަށް ޖަލަށްލާއިރު ބޭނުންވާ ހުރިހައި ހެކިތަކެއް ފުދި އިތުރުވާވަރަށް ހުންނާނެ!

  22
 7. ފާއިޒު

  ފޮނުވީމަ ޕީޖީ ގެ ޒިންމާއިން އަރާނެ. ތިއިން އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމެއް ނެތް. ތި ކަންކަން ރަނގަޅަށް ތަހުގީގު ކޮށްފައެއް ނޯންނާނެ. އޮންނާނީ އެންމެންވެސް ސަލާމަތްވާނެގޮތަކަށް ބަޔާންތައް ނަގާފަ. ކަމެއް ނުވާކަން މާކުރިންވެސް ދައްކަން އުޅުނުއިރު ދެން ކަން އޮންނާނެ ގޮތް މޮހަރު ބޮލަކަށް ނޫނީ ވިސްނޭނެ.

 8. Anonymous

  ބަނގުރާ ބުއިމާކީ އިސްލާމްދީނުގައި ހުއްދަކަމެއްތޯ؟
  ބަނގުރާ ބޯމީހާގެ ޙުކުމް އެނގިވަޑައި ނުގަންނަވަނީބާ؟

  11
 9. ދަޅަ

  ތިވެސް ހަމަނަމެއްގަ ކުރަންއުޅޭ ދައުވާއެއް އިހައްދުވަހުވެސް މިގައުމުގެ ސިޔާސީރޭޑިއޯއިންގޮވި ކޯލިޝަންސަރުކާރުގެ އެއްވެސްމީހެއްގެމައްޗައް ކުރަންނުކެރޭނެކަމައްބުނަނިކޮއް ދައުވާއުފުލީޔޭ.

  6
  1
 10. ކަރަ

  މީގެފަހުން ރައްޔިތުން ނިކުމެ އިންސާފު ހޯދާ. ސަރުކާރަކައް ތިކަމެއް ނުވާނެ.

 11. Anonymous

  ސަދޫމް ސިޓީގެ ކޯޓް ތަކުން ނުލިބޭނެ އިންސާފެއް. ހެކި ނެތިގެން ސާބިތެއް ނުކުރެވޭނެ.

 12. އހރމނ

  ބަޔަކުދީފައިވާ ލިޔުމެއް މީޑިޔާކުރިމަތީ މިއަދު އިއްވޭނެ . ޤިޔާމަތް ދުވަހު ކާކުދޭ ލިޔުމެއް ކިޔާދޭނީ

 13. ދޮހޮއްކޮ

  އިމްރާނު ކަލޭގެ ހެދިދޮގު ކޮބާ

 14. ސސ

  ޕީޖީ " ގޮއްދޫކުރާ " މޫސުންތޯ !