ގއ.ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވުމުން ސްކޫލް ބަންދުކޮށްފި އެވެ.

އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވި ދަރިވަރު ވަނީ މިހަފްތާގައި ގަވައިދުން ސްކޫލަށް ގޮސްފައެވެ. އެހެންކަމުން ބައެއް ދަރިވަރުންނާއި ޓީޗަރުންނާއި ބައްދަލުވެފައި އޮތުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އެ ސްކޫލްގައި ވެސް ކިޔެވުން ކުރިއަށް ގެންދަނީ ކޮވިޑް-19 އާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލަރު ޙަބީބު ހަސަން ވިދާޅުވީ، ފައްސިވެފައި ވަނީ އެއަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެއް ކަމަށާއި މިހާރު އަންނަނީ ދަރިވަރާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ ސައްކަތް ކުރަމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދަރިވަރަކީ ދެއްވަދޫ އިހަލާއި (ކްލަސްޓާ) ގުޅިފައިވާ ކުއްޖެއް ކަމަށެވެ. ސްކޫލް ހުޅުވުމުގެ ކުރިން އޭނާ ވަނީ ދާންދޫއަށް ގޮސްފައި ކަމަށާއި، ގޮސް ތިބި ގެއަކީ މިހާރު އެބަލި ގއ.އަތޮޅުގައި އެންމެ ބާރަށް ފެތުރެމުން އަންނަ ދެެއްވަދޫއަށް ދާދި ފަހުން ޒިޔާރަތްކުރި ބަޔަކު ދިރިއުޅެމުން އަންނަ ގެއެއް ކަމަށެެެވެެެ.

ޙަބީބު ވިދާޅުވީ ދަރިވަރު އުޅެމުން އަންނަ ގެ މިހާރު ކަރަންޓީނުކޮށްފައިވާ ކަމަށާއި، ވިލިނގިލީގައި ބަލި ފެތުރޭކަން ދެނެގަނެވޭނީ ޓެސްޓުތައް ހަދާ ނަތީޖާ ލިބުމުން ކަމަށެވެ.

"އަދި ނޭންގެ ފެތުރޭނެެ މިންވަރެއް މި ކޭސްގެ ސަބަބުން. ޓެސްޓު ހެެދުމުގެ މަސައްކަތްވެސް އަންނަނީ މިހާރު ކުރަމުން" ޙަބީބް ވިދާޅުވިއެވެެ.

ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު 40 އަށްވުރެ މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ކޮހޭ

  ގިނަ ސްކޫލް ތަކުގައި ރައްކާތެރިކަމުޖގެ ފިޔަވަޅު އަޅަނީވެސް ހަމަ ނަމެއްގަ.

  17
 2. އޮޅުވާލި ވޯޓު

  ލަފާކުރެވޭގޮތުގާ ސަރުކާރުގެ އަމާޒަކީ ދަރިވަރުން ހަލާކުގެ ތެރެއައްފޮނުވާލުން ލޮބުވެތި މައިންބަފައިންނޭ އެގިތިބެ ތިކުށެނެތް މައުސޫމުކުދިން ތިގޮތައްދޫކޮއްނުލާ ދަރިން ގޭގަމަޑުކުރުވާ އެކުދިންނައް އިސްލާންދީން އޮޅުންފިލުވާދީ ލޮބުވެތި ބެލެނިވެރިންނޭ މިސަރުކާރުން ކޮމްމެފަދަކަމެވެސް ކޮއްފާނެކަމައް ބައްލަވާ ތިކުދިން ސުކޫލައް އަދިނުފޮނުވާގަ މަޑުކުރުވާ ސުވާލުކުރެވޭނެ ދުވަހަކައްބިރުވެތިވެލައްވާ

  12
  7
 3. ސަފަރު ކައްދަ

  ދަރިވަރަކު ޕޮޒިީވްވީމަ މުޅި ސްކޫލް ބަންދު. ނަމަވެސް އަމީނިއްޔާގައި ޓީޗަރު ޕޮޒިޓިވް ވީމަ ދަރިވަރުން ސްކޫލަށް ގެންދަން ހަމަ ހެޔޮވަރު އެހެން ޓީޗަރުން ސްކޫލަށް ދާން ބަރާބަރު. ކޮންވައްތަރު ހުންނަނީ. ތަ ފާތުކުރިއަސް ބޮޑުވަރު.

  16
  2
  • ޒައިކް

   ޓީޗަރު ކޮންޓެކްޓެއް ނުވޭ އެއްވެސް ދަރިވަރަކާ، އޭނާއާ ކޮންޓެކްޓުވީ އެހެން ޓީޗަރުންވެސް ކަރަންޓީނުގަ.. މިހާލަތުގަ ދަރިވަރު ކޮންޓެކްޓުވެފަ ޓީޗަރުންނާވެސް އެހެން ކުދިންނާވެސް.. ތަފާތު ދެ ހާލަތެއް.. އޮޅުވާލާ ފިރުނަ އުފެއްދުމަކީ ބައެއް މީހުންގެ އުފަލެއް ދެއްތޯ؟؟ އެހެން ނޫނަސް މާލެ ސަރަހަށްދުގަ ހާޑް އިމިއުނިޓީ ވެސް އޮންނާނެ މިހާރު މުޅިން އަލަށް ފެތުރޭ ކޮވިޑް ނެތް ރަށާކާ މާލެއާ ވެސް ތަފާތުވާނެ..

   12
   6
 4. މަހަށްދޭބަލަ

  ތިޔާއީ ކޮވިޑަށް ޕޮޒިޓިވް ވެގެން ވެސް ނޫނޭ ތިޔާއީ ހަމަ އަރުވާ އަޑެކޭ ތިޔާއީ ތަމެންގެ ވެރިކަމުގައި ރައްޔިތުންނަށް އެއްވެސް ކަމެއް ތަމެން ކޮށް ނުދީ ތިބުމުން ރައްޔިތުން އެކަމާއި ހަޅޭއް ލަވާތީވެ އެކަން ހުއްޓުވަން ވެގެން ތަމެން ކުރާ ކަމެކޭ ތަމެންގެ ވެރިކަމަކީ އެއީ ފަނާކުރަނިވި ވެރިކަމޭ މަމެން ބުނަނީ މިހެންވެގެންނޭ ތަމެން ކަމަކީ އެއީ ކޮމިއުނިކޭޝަން ކަޓް ޖެއްސުންނޫންތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް ދޭބަލަ...

  3
  7
 5. ޔާމީން

  މީ މާލޭ މީހުން ހަމައެކަނި މާލޭގައިން ބަލި ފެނި އެކަމަށް މާލެ މީހުން ވަންޖެހުނު ގުރުބަނީ ރާއްޖެ ތެރެއަށް ފެތުރުމަށް ހިންގާ ޖަރީމާއެއް ކަމަށް ތުހުމަތު ކުރަމެވެ. ދެރަކަމަކީ ރާއްޖެތެރޭ މީހުން މިކަމަށް ފަރުވާ ކުޑަކުރިކަމެވެ. އަޅުގަނޑު ނުބުނަށް މާލޭގަ އުޅޭ ބައްޔެއް ރާއްޖެތެރެއަށް ނުދާނެއެކޭ! އެހެންނަމަވެސް ރާއްޖެތެރޭ މީހާ މިއަށްވުރެ ހުށިއާރު ނަމަ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ފަސޭހަ ވާނެކަމުގައި ދުށީއެވެ.

  8
  2
 6. ފޭކުވެސް އުޅޭ

  ރޯގާ ޖެހުނީމަ ޕީސީއާރު އިން ދައްކަނީ ކޮވިޑަށް. ދެވަނަ ފަހަރަށް ޓެސްޓްކޮށްފިއްޔާ ނެގޓިވް

  1
  1
 7. ކޮމެންޓު

  މިކަމުގާ އެދައިތަ ޒިއްމާނަގަންޖެހޭ

 8. ފެނޭދޯ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...