ގއ. ދާންދޫން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެެ ނައިބު ރައީސް ފާރިޝް މުހައްމަދު ވިދާޅުވީ މިހާތަނަށް އެރަށުން ތިން މީހަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ދާންދޫ އިން ކޮވިޑް-19 އަށް އިތުރަށް ފައްސިވެފައިވާ މީހާއަކީވެސް މިހާރު ހަލުވިކަމާއި އެކު މި ބަލި ފެތުރެމުން އަންނަ ދެއްވަދޫ އިން އެރަށަށް ދަތުރުކުރި މީހުންނާއި ބައްދަލުވެފައިވާ މީހެެއް ކަމަށެެވެ.

މިހާރު އެެރަށުން ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޒުވާން ދެ ކުދިންނާއި ކުޑަކުއްޖެކެެވެ. އެ ކުޑަކުއްޖާގެ އުމުރަކީ ނުވަ އަހަރެވެެ.

"ރަށުގެެ ހާލަތު މިވަގުތު ވަރަށް ގޯސްކޮށް މިއޮތީ. ދެއްވަދޫއިން އައި މީހުން ރަށުގެ ވަރަށް ގިނަ ތަންތަނަށް ގޮސް، ވަރަށް ގިނަ މީހުންނާއި ބައްދަލުވި" ފާރިޝް ވިދާޅުވިއެވެ.

ދާންދޫ އިން ތިން މީހަކު ފައްސިވެފައިވާއިރު، އެ އަތޮޅު ވިލިނގިލިން އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަލަށް ކޮވިޑް-19 ފެނުނު ރަށްތަކުގައިވެސް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ އަތޮޅުގައި މި ބަލި އެންމެ ގަދައަށް ފެތުރެމުން އަންނަ ދެއްވަދޫގައި މި ބަލި އަންނަނީ ހަލުވި ދުވެލީގައި ފެތުރެމުންނެވެެ. އެރަށުން މިހާތަނަށް 39 މީނުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެެވެ.

ދެއްވަދޫން 10 މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހެވެ. މިއަދު އެއަތޮޅު ދާންދޫ އާއި ވިލިނގިލި ވެސް ވަނީ މޮނިޓަރިން ހާލަތަށް ގެންގޮސްފައެވެ.

ދެއްވަދޫ އިހަލާއި (ކްލަސްޓާ) ގުޅިފައިވާ ވޭދަނަތައް ލ.އަތޮޅު ފޮނަދޫންނާއި ހުޅުމާލެ އިން ވެސް ފެނިފައި ވެއެވެ. ދެއްވަދޫން ފޮނަދުއަށް ދިޔަ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން ފޮނަދު އާއި ގަން އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ނަމަވެސް ދެރަށުން އިތުރު މީހަކު އަދި ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދާންދޫ

  ތިކަން އިސާހިތަކު ރަނގަޅު ވެދާނެ.
  ان شاءالله.

  14
 2. ދާންދޫ

  އެންމެންވެސް އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ހަނދާން ކޮށްދެން

  16
  2
  • ޙޮަ

   ޢެޗްޕީއޭ ގެ ހިންގުންތެރިކަމެއް ނެތުމުން ރައްތަކަށް އެބަލިތައް އެފެތުރެނީވެސް ނަމެއްގައި ގަޥާޢިދުތަކެއް އޮންނަނީ ހަމައެކަނި ލާރިހޯދުމަށް