މިދިޔަ ހޮނިހިރު ދުވަހު ގއ. އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން ދަތުރުކުރުކޮށްފައިވާ ފަރާތްތައް ކަރަންޓިން ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެ ފަރާތްތައް ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްޙީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުން އެދޭ ކަމަށެވެ. އަދި 23 ޖަނަވަރީ ވަންދެން ކަރަންޓީނުވެ ތިބުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައި ވަނީ، ގއ އަތޮޅުގެ ބައެއް ރަށްތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެންނެވެ. އެގޮތުން އެ އަތޮޅުގެ ދެއްވަދޫން 39 ވޭދަނަ ފެނިފައިވާއިރު، ވިލިނގިލިން ވޭދަނައަކާއި، ދާންދޫން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައި ވަނީ، އޭގެން ދަތުރު ކުރި މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ކަމަށް ބެލެވެއެވެ. އަދި މިހާރު އެ އަތޮޅުގެ ރަށްތަކަށް ބަލި ފެތުރިގެން އުޅެނީ މިހެން ވެގެން ކަމަށް ބެލެވެ އެވެ.

ރާއްްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 14,277 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ވީހާވެސް ގިނައިން ފަތުރުވެރިން ގެނޭ!! ޚާއްސަކޮށް އިނގެރޭސިވިލާތުންނާ އިންޑިއާ.! އެއީ ކޮވިޑް އެންމެ މަދު ގައުމުތައް! ޓެސްޓް ވެސް ކުރާނެކަމެއްނެތް އެއްގޮތަކަށްވެސް!

    9
    2
  2. މާމިގިލީ މީހާ

    މާލެއިން މާމިގިލިއަށް ކަރަންޓީނައް އައިސް އުޅޭ ބައެއް މީހުން ރަށު ތެރެއަށް ނިކުމެ މުޅި މަގުތަކުގައި އެބުރެނީ، ފިހާރަތަކައް ގޮސް މީހާރުވެސް އެބަ ހަދާ، ކައުންސިލަރުން ނާ ސިފައިން ކުރިމަތިން ސައިކަލު ދުއްވާ އިރުވެސް. މިކަމެއް ނުބެލޭ...

    • ޜަސް

      ހާދަ ދެރައޭ😓😓😓