ލ. ފޮނަދޫގައި ފެނުނު ކޮވިޑް-19 ހަތަރު ވޭދަނައާ ގުޅިގެން، މޮނީޓަރިންގ އަށް ގެންދިޔަ އެ ރަށާއި, އެ އަތޮޅު ގަން މޮނީޓަރިންގ ހާލަތު އުވާލައިފިއެވެ.

އެ ރަށް މޮނީޓަރިންގ ހާލަތު އުވާލީ މިއަދު މެންދުރު އެވެ.

ގަން އަދި ފޮނަދޫ މޮނީޓަރިންގ އުވާލިކަން އަންގާ މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށު ކައުންސިލަށް ލިޔުން ފޮނުވާފައެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ އެރަށުގައި ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ކަނޑައެޅުނު ކަންކަން ބެލުމުން, މޮނީޓަރިންގ ހާލަތުގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"މި ލިޔުމުގައި މޮނީޓަރިންގ އުވާލެވޭނެ ކަމަށް ބަޔާންކޮށްފައިވާ ތާރީޙުން ފެށިގެން މޮނީޓަރިންގ އުވާލެވުނީއެވެ. އަދި މޮނީޓަރިންގ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައީއެވެ". އެ ލިޔުމުގައި ވެއެވެ.

ފޮނަދޫން ފައްސިވީ އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އެ މީހުންނަކީ މިހާރު ކޮވިޑް-19ގެ ވޭދަނަތައް ފެނިފައިވާ ގއ. ދެއްވަދޫ އިހަލަށް ނިސްބަތްވާ މީހުންނެވެ.