ގއ.ދެއްވަދޫން އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 55 އަށް އަރައިފިއެވެ.

ދެއްވަދޫ ކައުންސިލުން ވިދާޅުވީ އެރަށުން އިތުރު 11 މީހަކު ފައްސިވެފައިވާކަން ރޭ އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. މީގެތެރެއިން ނުވަ މީހުންނަކީ ދެއްވަދޫގައި މިހާރު އުފެދިފައިވާ ކޮވިޑް-19 އިހަލާއި ގުޅިފައިވާ މީހުންނެވެ. ބާކީ ތިބި ދެމީހުންނަކީ ފުރަބަންދު ކަރަންޓީން ފުރިހަމަކޮށް ޓެސްޓް ހެދުމުން ފައްސިވި ދެމީހުންނެވެ.

ދެއްވަދޫގައި ކޮވިޑް-19 ފެތުރެން ފެށި ގޮތެއް ނޭންގެއެވެ. އެޗްޕީއޭ އިން ލަފާކުރާ ގޮތުގައި އެރަށުގައި ކޮވިޑް-19 ފެތުރެމުން އަންނަތާ މިހާރު ދުވަސްތަކެއް ވެދާނެއެވެ.

ދެއްވަދޫ އިހަލާއި (ކްލަސްޓާ އާއި) ގުޅިފައިވާ މީހުން އެހެން ރަށްރަށުން ވެސް އަންނަނީ ކޮވިޑް-19 އަށް ފައްސިވަމުންނެވެ. އެގޮތުން ގއ.ވިލިނގިލިން ވަނީ ދެވަނަ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ދާންދޫން ފައްސިވި މީހުންނާއި ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓުވި) މީހަކު ހުޅުމާލޭގައި ހުރުމުން އޭނާގެ ސުންކު ނަގައި ޓެސްޓުކުރިއިރު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ލ.އަތޮޅު ފޮނަދުއަށް ދެއްވަދޫން ދަތުރުކުރި ހަތަރު މީހަކު ވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާސިދާ

    ތިޔަވަނީނު ކުރަން ބޭނުން ކަންކަން .ކުރިއައް ދުއްވާފަ ބަހައްޓާ..