އައިލެންޑާސް ގްރޫޕުން މާލޭގައި ހިންގަމުންދާ ބިލަބޮންގް ސްކޫލްގައި ކިޔަވަމުންދާ 4 ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. އެ ސްކޫލުން ފައްސިވި ހަތަރު ދަރިވަރުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ކުދިންނެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ ސްކޫލް ކުދިންތަކެއް ކޮވިޑް-19 އަށް ފައްސިވުމާއިި ގުޅިގެން އެކަން ބެލެނެވެރިންނަށް ވަނީ އަންގާފައެވެ.

އެ ސްކޫލުން ބެލެނެވެރިންނަށް މައުލޫމާތުދެމުން ބުނެފައި ވަނީ، ދަރިވަރުންތަކެއް ކޮވިޑް-19އަށް ފައްސިވެފައި ވަނީ ސްކޫލުން ނޫން ކަމަށެވެ.

އެޗްއީއޯސީން ވިދާޅުވީ، އެ ސްކޫލުން ހަތަރު ކުދިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އަދި އެ ކުދިން ސްކޫލަށް ގޮސްފައި ނުވާ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

އަދި ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން އެއްވެސް ސްޓާފަކާއި، ދަރިވަރަކު އެކަހެރިކޮށްފައި ނުވާނެ ކަމަށް އެޗްއީއޯސީން ވިދާޅުވިއެެވެ.

މީގެ ކުރިންވެސް ބައެއް ސްކޫލްތަކުން ދަރިވަރުންނާއި ޓީޗަރުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހު

    ކިޔަވާދިނުން ޖެހޭނީ ހުއްޓާލަން. ޢެހެން ގޮތެއް ހޯދާ

    11