ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައިކޯޓުން ތާޢީދުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމާއި ގުޅިގެން، އެ މައްސަލަ އިސްތިޢުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ ޖުމްލަ 75 އިސްތިޢުނާފީ ނުކުތާއާއި އެކުއެވެ. މި ނުކުތާތަކާއި ގުޅިގެން، ޝަރީޢަތަށް ފާހަގަކުރެވުނު މުޙިއްމު ކަންކަމާއި ގުޅިގެން މިއަދުގެ ޝަރީޢަތުގައި ވާހަކަފުޅު ދައްކަވާފައިވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.
މައްސަލައިގެ ޙުކުމަށް ވާޞިލްވުމުގައި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން، ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރަޢުޔު އިއްވަމުން، ވިދާޅުވީ، ޖިނާޢީ މައްސަލަތަކުގައި ކުށް ސާބިތު ކުރުމުގެ މިންގަނޑު، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން، މަނީލޯންޑްރިން އަދި ޓެރެރިޒަމަށް ފައިނޭންސް ހުއްޓުވުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ރައީސް ޔާމީންނަށް އެނގިގެންކަން، ދަޢުލަތުން ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި، ދަޢުލަތުގެ ޒިންމާއަކީ، އެ ފައިސާ އަކީ، ޝައްކު އެކުލެވޭ ފައިސާއެއްކަން ނުވަތަ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން، ނިޔާޒު ވިދާޅުވީ، އެ ފައިސާ ޖަމާކުރި އެސްއޯއެފަކީ ރައީސް ޔާމީން ދަންނަ ކުންފުންޏެއް ނޫން ކަމާއި، އެ ކުންފުނީގައި މަސައްކަތް ކުރާ އެއްވެސް މީހަކުވެސް ރައީސް ޔާމީނަށް ނޭނގޭކަމަށް ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައިވާއިރު، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، މިހާ ގިނައަދަދެއްގެ ފައިސާ، ނުވެސް ދަންނަ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމަކީ، އެކަމުގައި ސުވާލު ނުއުފައްދާ ދޫކޮށްލެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެކަމުގައި ސުވާލު ނުއުފައްދާ ދޫކޮށްލުމަކީ، މަނީ ލޯންޑްރިންގެ އުންސުރުތައް އެކަމުގައި އެކުލެވޭނެކަމެއް ކަންވެސް، އެ ޤާނޫނުގެ ބޭނުމަށް ބެލުމުން އެނގޭކަމަށްވެސް، ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ ތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ، އެ މައްސަލައާއި ގުޅިގެން، ދަށުކޯޓުން ނެގި ހެކިންގެ ހެކިބަސްތަކާއި ގުޅިގެން ފާހަގަކުރި ނުކުތާތަކެވެ. އެގޮތުން މި މައްސަލައިގައި، އަޙުމަދު އަދީބާއި، ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނުނެގޭނެ ކަމަށްވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގެ އަޑުއެހުތަކުގައި ފާހަގަ ކުރެއްވިއެވެ.
ރައީސް އަބްދުﷲ ޔާމީން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ޖަމާކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ހުށަހަޅާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީ މި ދެންނެވި ތާރީހުގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް އަމިއްލަ ކުންފުންޏަކުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ ދެފަހަރެއްގެ މަތިން ކަމަށެވެ. ފުރަތަމަ 13 އޮކްޓޯބަރ 2015 ގައި ފަސްލައްކަ ޑޮލަރު އަދި އޭގެ ދެދުވަސް ފަހުން 15 އޮކްޓޯބަރ 2015 ގައި ފަސްލައްކަ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން ބުނެފައިވެއެވެ.
މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.
ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ޙުކުމުގައި ވަނީ ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމާއި، އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގި އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ މަނީ ލޯންޑްރިން ކުށުން ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރާކަމަށެވެ.
ޙުކުމުގައި ވަނީ މަނީ ލޯންޑްރިންގެ ގާނޫނު އޮންނަ ގޮތުން މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމުގައި ދެ ރުކުނެއް ފުރިހަމަވާން ޖެހޭނެ އެވެ. އެއީ ވަކި މުދަލަކީ ނުވަތަ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަން ނުވަތަ ފައިސާއެއް ކަން ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން އަދި އެކަން އެނގިހުރެ އެ ފައިސާ ބޭނުން ކުރުން ނުވަތަ އޭގެ އަސްލު އޮޅުވާލުން ކަމަށެވެ. އަދި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) ޙުކުމް ކުރި ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ކްރިމިނަލް ކޯޓުން ޙުކުމް ކުރިއެވެ.
ފަސްއަހަރުގެ ޖަލު ހުކުމާއި އެކު، ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ ޢަމުރަކަށް ހައިކޯޓުގައި އެދުނު
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުމުގެ ފުރަތަމަ ޝަރީއަތް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
ހައިކޯޓުގައި އެދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ އިސްގާޒީ ހުސައިން މަޒީދު ޝަރީއަތް ފެއްޓެވުމުގެ ގޮތުން ފުރަތަމަ ފުރުސަތު އަރުވާފައި ވަނީ މައްސަލަ އިސްތިއުނާފު ކުރާ ފަރާތަށެވެ. އެ ފުރުސަތުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ ހައިކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކޮށް، އަދި ޑިމޮކްރެޓިކް ގައުމުތަކުގައި އަމަލުކުރާ އުސޫލަށް ބަލާ ގާނޫނުއަސާސީގެ 16ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ އަސާސީ ހައްގުތައް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބެންޖެހޭ ކަމަށެވެ. އެގޮތުން އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދެއްވުމަށް އެދޭ ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ޝިޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން ކަފާލާތުގެ ދަށުން ކުށްވެރިން މިނިވަން ކުރުމަކީ ހައިކޯޓުން މީގެކުރީގައިވެސް އަމަލުކޮށްފައިވާ އުސޫލު ކަމަށާއި އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވެސް ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ކަމަށް ޝިޔާޒު ފާހަގަކުރެއްވިއެވެ.
މި މައްސަލާގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކްރިމނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު ރައީސް ޔާމީންގެ ހުކުމަށް ލުޔެއް ދެއްވުމަކީ ގައުމުގެ މަސްލަހަތަށާއި ސިޔާސީ މަޝްރަހު މިއަދު ބައްޓަންވެފައިވާ ގޮތަށް ބަލާއިރު ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"ގާނޫނު އަސާސީގެ 21ވަނަ މާއްދާއިން މި ހައްގު ކަށަވަރު ކޮށްދީފައިވޭ. ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައިވެސް މި ވާހަކަ ބަޔާންކޮށްފައިވޭ،" ޑރ. ޖަމީލް ވިދާޅުވިއެވެ
ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ނުކުރަން ހައިކޯޓުން ނިންމި
ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިލެއްވި ޢަމުރާއި ގުޅިގެން، ގޮތެއް ނިންމުންނަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި، ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުން ފަސް ނުކުރެވޭނެ ކަމަށާއި އަދި ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރެވެން ވެސް ނެތް ކަމަށް ހައިކޯޓުން ނިންމިއެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުން ކަމަށްވާ ހުސައިން މަޒީދް، ހުސައިން ޝަހީދު އަދި މުހައްމަދު ނިޔާޒްގެ އިއްތިފާގުން ރައީސް ޔާމީނަށް ކަފާލާތުގެ ފުރުސަތު ނުދެއްވަން ނިންމަވަމުން އެބޭފުޅުން ވިދާޅުވީ ކަފާލާތުގެ ދަށުން މިނިވަން ކުރުމަކީ ޤާނޫނޫ އަސާސީގެ ދަށުން ލިބިދީފައިވާ އަސާސީން ލިބިދީފައިވާ އަސާސީ ޙައްޤެއް ނޫންކަމަށާއި އަދި ކަފާލާތުގެ ދަށުން މީހުން ދޫކުރުމުގެ އިޖުރާއީ ޤާނޫނެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ.
މީގެ ކުރިން ޙުކުމް ތަންފީޒު ކުރަމުން ގެންދިޔަ ބައެއް ފަރާތްތައް ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމި ނަމަވެސް މިހާރު ކުރިއަށް ގެންދާ މައްސަލަތަކަކީ އެ ޙުކުމަށް ބަލާފައި ނިންމަން ޖެހޭ މައްސަލަތަކެއް ނޫން ކަމަށާއި ކޮންމެ މައްސަލައެއް ނިންމުމުގައި ވަށައިގެންވާ ކަންތައްތަކާއި މައްސަލައިގެ ކުޑަބޮޑުކަމަށް ބަލަން ޖެހޭނެ ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ 75 ނުކުތާ ހުށަހެޅުއްވި
މި މައްސަލައާއި ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ 75 ނުކުތާއެއް ހުށަހެޅުއްވިއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން، ހައިކޯޓަށް ހުށަހެޅި، އިސްތިޢުނާފީ ނުކުތާތައް ބޮޑަށް ބިނާކޮށްފައިވަނީ، އެ މައްސަލައާއި ގުޅޭގޮތުން، ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ އެމްޑީގެ މަޤާމުގައި އޭރު ހުންނެވި، ޢަބްދުﷲ ޒިޔަތު ދީފައިވާ ހެކިބަސް ކޯޓަށް ބަަލައިގަނެ، އެ ހެކިބަހަށް ބާރު ދީފައިވާތީ، އެކަމާ ގުޅޭ ގޮތުންނެވެ.
އެގޮތުން، އެ ދެމީހުންނަކީ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވެ، ޖަލަށްލާން ޙުކުމްކުރި މީހުން ކަމަށާއި، ޝަރީޢަތުގެ މަޖިލީހުގައި ފާސިޤަކު ދޭ ހެކިބަހަކީ، ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަން، ހައިކޯޓުންނާއި، ސްޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކަށް ބެލުމުން އެނގެން އޮންނަ ކަންވެސް ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، ރައީސް ޔާމީނާއި، އެކަނިކުފާނުގެ އާއިލާއަށް ބޮޑު ގެއްލުމެއް ދިނުމުގެ ގޮތުން، ފިނިފެންމާ ލޯންޗު ގޮއްވާލުމަށް ރޭވި މައްސަލައިގައިވެސް އަދީބު ހައްޔަރު ކުރި ކަމާއި، އެމީހަކާއި ދޭތެރޭ ހަސަދަވެރިކަމާއި ނަފްރަތު އުފެދިފައިވާ މީހަކާއި ދެކޮޅަށް އަނެކާ ދޭ ހެކިބަހަކީވެސް ކޯޓަށް ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަން، މީގެ ކުރިން، ހައިކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކުގައިވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
"ދަޢުވާ އަކުން، ބަރީޢަވުމުގެ ހައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް. މި މައްސަލައިގައި، ކުރެވުނު ދަޢުވާ އިން ބަރީޢަވުމަށް، އެކަށީގެންވާ ވަގުތާއި ވަޞީލަތް، ރައީސް ޔާމީންނަށް ލިބިފައެއް ނުވޭ. ދަޢުވާ ކޮށްފައިވަނީ، ކުރެވުނު ތަޙުޤީޤުތަކުގެ މައްޗަށް ބަލާފައެއް ނޫން. އިބްތިދާޢީ އަޑުއެހުންތަކާއި، ޝަރީޢަތުގެ އަޑުއެހުންތައްވެސް އެކުއެކީގަ ކުރިއަށް ގެންގޮސްފަ ވަނީ. މި މައްސަލައިގައި ހުށަހެޅި ހެކިތައް ވަޒަންކޮށްފައިވަނީވެސް ގޯސްކޮށް. އަދި ދިފާޢުން ހުށަހެޅި ކިތާބީ ހެކިތަކަށްވެސް ރިޢާޔަތްކޮށްފައެއް ނުވޭ. އަދި ކުރެވުނު ދަޢުވާގައި ހިންގި ކަމަށް ބުނާ، ޢަމަލާއި ހިންގި ކަމަށް ބުނާ ވަގުތުވެސް ބަޔާންކޮށްފައެއް ނުވޭ." ރައީސް ޔާމީންގެ ފަރާތްޕުޅުން، ހައިކޯޓަށް ހުށަހެޅި، ނުކުތާތައް ހުށަހަޅުއްވަމުން، ވަކީލް، ޢަބްދުﷲ ޝިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގިނަ ނުކުތާތަކެއް، ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމުގައި ފައިސާ ދައްކަން އަންގާފައިވަނީ ޑޮލަރުން ކަމަށާއި، ނަމަވެސް، ވިޔަފާރީގެ މުޢާމަލާތައް ކުރުމުގައި އާއްމުން މިންގަނޑެއްގެ ގޮތުގައި ބޭނުންކުރަންވާނީ، ދިވެހި ރުފިޔާ ކަމަށް، ކަމާއި ގުޅުންހުރި ޤާނޫނު ތަކާއި، ޤަވާއިދުތަކުން އެނގެން އޮންނަ ކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، ރައީސް ޔާމީންގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ޙުކުމް ކަނޑައެޅުމުގައި، ދަޢުލަތުންވެސް ބުރަވެފައިވަނީ، އެ މައްސަލައާއި ގުޅިގެން ދެވެން އޮތް އެންމެ ލުއި އަދަބެއް ދިނުން ކަމަށްވީ ހިނދު، ފައިސާގެ އަދަދު ކަނޑައެޅުމުގައި ކަނޑައަޅާފައިވަނީ އެ މައްސަލައާއި ގުޅިގެން ދެވެން އޮތް އެންމެ މަތީ އަދަދު ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
ހަމައެހެންމެ، އެމްއެމްޕީއާރުސީގެ އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނާ ވާހަކައާއި، އެ ފައިސާ ލޯންޑަރކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކާއި ގުޅޭގޮތުން، ގިނަ ނުކުތާތަކެއް ހައިކޯޓުގެ އަޑުއެހުންތަކުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އެ ފައިސާ އަށް ޚިޔާނާތްތެރި ވުމުގެ ނިޔަތް ރައީސް ޔާމީންގެ ނެތް ކަމާއި، އެ ނިޔަތް އޮތް ނަމަ، އެކްސްކޮރޯ އެކައުންޓެއް ހަދައި، އެ އަދަދަށް ފައިސާ ބަހައްޓަންވީ އެއްވެސް ސަބަބެއް، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ޤަބޫލުކުރާނެ ޖާގަ ނެތް ކަމަށްވެސް، އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ ފާހަގަ ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މި މައްސަލަ ބައްލަވާ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޙުސައިން މަޒީދާއި، ފަނޑިޔާރު މުޙައްމަދު ނިޔާޒު ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތަޢީދުކޮށްފައެވެ. ފަނޑިޔާރު ހުސައިން ޝަހީދުގެ ރަޢުޔުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް އިއްވާފައިވާ ޙުކުމެއް ކަމަށާއި، އެހެންކަމުން އެ ޙުކުމް ބާޠިލް ކުރަންޖެހޭ ކަމަށެވެ.
ސީދާ ސަދޫމު ފަނޑިއާރުން
ހެހެހެ. ދެން ހަކުރު ވިއްކާ ވައްކަން ކުރީމަވެސް ދޫކޮއްލަންވީ؟ ސަދޫމް ވިސްނުން ގެންގުޅެނީ ޓިނު ވާގާ ޕޕއމ މީހުން.
ކުޑަކުދިންނާ ބެހުނީމަ އެކަނި ދޫވަނީ
ކަލެޔަށް ފެނުނުތަ ހަކުރު ވިއްކަނިކޮށް؟ ގަދަ ކަލޭ
ކހަކުރު ކިލޯއެއް 16 ރުފިޔާއަށް. ސީޕްލޜން ޓަރމިނަލް އިން 180 މިލިއަން ކައްވާލީ. ވެލާނާ އެއަރޕޯޓް ވިއްކާލާފަ 78 މިލިއަން ޑޮލަރު ގެއަށް ކަހާލީ. ވައްކަމެއްނޫންދޯ. ރޯމާ ދުވާލު ރައްޔިތުންގެ ފައިސާ ފޭރެނީ. ދިވެހިންގެ ހާލަތު.
ތިޔައީ އަންނި އެކަމެއްގައި މާހިރަކަށް ނުވާ ކަން ކަން ތޯ؟
ފަނޑިޔާރުންނަކީ ކަނޑިއެއްގެ މިޔަމަތީ ތިބޭ ބައެއް. އިންސާފުންއެއްކިބާވެ ހުކުމް ކުރުން އެއީ މުޅި އުއްމަތަށްހޯދައިދޭ އަނިޔާވެރި ބިރުވެރިކަމެއް. އާއްމުވެގެންވާ ﷲ ތައާލަގެ ކޯފާއެއް އެންމެންގެ މައްޗަށް ނުފޮނުއްވައިގެންތަ އެއުޅެނީ. ގުގުރި ޖހާއިރު ގަޔަށް ހޮނުއަޅާފާނެތީ ތި ނުބައި ފަނޑިޔާރުން ބިރެއް ނުގަނޭތަ؟
ރައީސްޔާމީނާ އާއިލާ ހިތްވަރު ގަދަކުރޭ. ﷲ ތައާލާނވޮޑިގެންވަނީ ކެތްތެރިންނާއެކު. ތިކަމުގައިވެސް ހެވެއްވަނީކަމުގައި ގަބޫލުކުރޭ. ތި ފަނޑިޔާރުންނަށް މުސްތަގްބަލްގައި ކަންކަންވާގޮތް ބަލާ އެމީހުންގެ މައުލޫމާތު ފަހަށް ރައްކާކުރަންވާނެ. އިބްރަތަކަށްވާފަދަ ނިމުމެއް އައުމުން އަލްހާކިް 7 އުޑުމަތިން ކުރެއްވި އަމުރުފުޅަށް ކިޔަމަން ނުވެ އަދުލުން ބޭރުވުމުން ލިބޭ ދެރަ ފެންނާނެ.
ނުކުރިނަމަ ޖޭއެސްސީން މިމީހުން ވަކިކުރީސް ކަމަށް ވަރަށް ލަފާކުރެވޭ.. ހަމަ ކުރިން ގޮތަށް.. މިގައުމުގައި އިންސާފަކީ އަދިވެސް ނެތް އެއްޗެއްތަ ؟
މިޔަދަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސްރުލިބުނު ދުވަހެއް، ރައްޔިތުންގެ ބައިތުލްމާލް ފެންފޮދަކާނުލައި ދިރުވާލައި ރައްޔިތުންނަށް ނުހައްޤުން އެތައްޙުކުމްތަކެއްކޮށް ޖަލުތަކުގައި ވާނުވާޖަހައި، ރައްޔިތުންގެ އަނގަބަންދުކޮށްގެން ވެރިކަންކުރި އަނިޔާވެރިވެރިމީހާއަށް ލައިވް ޓީވީގަ ހުކުމްދެމެހެއްޓި މަންޒަރު، އިންސާފު ޤާއިމްވާތަން އެބަފެނޭ، ބޮޑެއް ކުޑައެއް ނުބަލައި މިނިވަންކަމާއެކު ފަނޑިޔާރުންނަށް ޙުކުމްކުރުމުގެ ފުރުސަތު މިޔަދުއެބައޮތް، ސުކުރިއްޔާ ހައިކޯޓްގެ ފަނޑިޔާރުން، ސާބިތުވެތިއްބަވާތި
ކކަލޭ އިންސާފު ތި ކިޔަނީ ކޯއްޗަ ކަށް
ތިބޭފުޅާ އިންސާފުކިޔަނީ އަނިޔާވެރި 5 އަހަރު ކޯޓްތައް ހިންގިގޮތައްތޯ؟
އަނިޔާ އަހަރުމެން ކިޔަނީ އެއް ކަމެއް ކޮއްގެންތިބި އެތައްބަޔެއް ތިބިކއިރު އެއެންމެންނައް އަދަބު ނުލިބި ވަ ކިމީހެއްގެ ފަހަތުންދުވާތީ. އަނިޔާ އަހަރުމެން ކިޔަނީ ކުއްއުފަން ކުރި އެސްއޯއެފްއައްވަން ހުރިހާލާރި މަނީލޯންޑްެރީއައްނުވެ، އެސްއޯއެފް ކުށެއް ކޮއްގެން ލާރިހޯދި ކަމަ ކައް އެއްވެސް ތަނަ ކުން ނުނިންމާއިރު، އެސްއޯއެފްގެ ޗެ ކެއް ރ.ޔާމިނައް ލިބުނީމަ މަނީލޯނޑްރީއައްވެފަ، އެސްއޯއެފްއިން އެހެންމީހުނައް ދިންލާރި މަނީލޯނޑްރީއައް ނުވާތީ.
މިއަދަކީ ލާދީނީ ބައިގަނޑު ބޮނޑިބަތް ޓޮޕްއަޕް ކުރާ ދުވަސް. ވާވާ. މިއޮތީވާ ފަނޑިޔާރު ގެއެއް
ބޮލުރޮދި ކެޑިފަހުރި މީހަކށް ހީވަނެ ސަދޫމް އެއީ ޕެރަޑައިސް ކަމަވެސް.
ރާއްޖޭގަ މިވަގުތުގަތިބި ހުރިހާފަޑިޔާރުންނަކީވެސް ސަދޫމުން އައިސްތިބިބައެއް
ވައްކަމުން ވުޖޫދުވި ސަރުކާރަކުން ދެ ވަގުންގެ ހެކިބަހުން ރައީސް ޔާމީނަށް ދެމުންގެންދާ އަނިޔާގެ ހިތި މި ސަރުކާރުގެ ވެރިން ކަރުބުޑުންލާނެ ދުވަސް އޮތީ ކައިރީ.
ޙެހެހެހހެހެހެހެހެހ
ބަރާބަރު
އެހެންވެ މަގޭ އެކައުންޓައް މަށަށް ނޭނގި އަދީބު ލާރި ލައިފިއްޔާ މަށަށްވެސް މިކުރެވުނީ ބޮޑު ޖިނާއީ ކުށެއްދޯ؟ ސާބަހޭ.ތިއޮތީފަނޑިޔާރުގެމިނިވަންވެނިމިފަ
އަނިޔާވެރީންގެ އަނިތާތައް ﷲ ބައްލަވައި ވޮޑިގެންވޭ. މި މީހުންގެ ނިމުން ވެސް އަންނާނެ.
ޔާމީންގެ ވެރިކަނުގަ އެ އެންމެން ޖަލައްލީ އިރު އަނިޔާވެރިކަމެއްނޫންދޯ އެއީ. ގައިމުވެރިކަމައް ގެންނަން އެއްމެ ބޮޑަށް އެހީވެދިން ބޭބެ ވިއްޔާ ޖަލައްލީ އިންސާނިއްޔަތުގެ ކަންފުޅެއްނެތީމަތާ އެވަރުކުރަންކެރޭނީ ދިވެހި ހަރުބަހެއް އޮވޭ މިނެދޭ ނާޅިންނޭ މިނެދޭނީ
އެހެންވީމާ ވައްކަންކޮށް ޑްރަގްބޮއެ، ކުޑަކުދީން ރޭޕްކުރާ މީހުން ޖަލަށްލުމަކީވެސް އަނިޔާވެރިކަން ދޯ؟؟ ގޭގައި ތިބެގެނެއް ނޫން އެބައިގަނޑު ޖަލަށްލީ. އެކަމަކު ޔާމީނު ޖަލަށްލީ ދޮގު ހެކީންގެ ހެކިބަހަށް ބުރަވެ ވިކިފައިވާ ފަޑިޔާރުންގެ ސަދޫމީ ކޯޓުން. ފަޑިޔާރުން ހޮއްވެވީވެސް ހަމަ ޔާމީނު ޖަލަށްލާންވެގެން.
ރަނގަޅެ.. ކޮންމެ މީހަކުވެސް ދަތްހުރި ދުވަހު ކާށިކައޭ އެބަ
މައްސަލަ އަ ކީ ތި ކަމުގަ އެންމެ އިސް ދައުރެއް ކުޅުނު މީހާ ފައިވްސްޓާރ އެޕާރޓް މަންޓްއެއްގަ ބަހައްޓާފަ ޔާމީނަށް ޖަލު ހު ކުމް ކޮށްފަ ޖަލުގަ ބަހައްޓާތީ އެއްމައްސަލަ އެއްގަ ދެމީހަ ކަށް ދެގޮތަށް އަމަލް ކުރީތީ
ޕޕޕޕ ކުދިން ތަމެންނަށް ފެނޭތަ ފެނޭތަ ފެނޭދޯ ފެނޭދޯ ފެނޭތޭ ފެނޭތޭ..........
އެކަން ކުރިޔާލާ ތާވަލް ކޮށްފަ އިންޑިޔާ ވެކްސިން ފޮނުވި ރައްޔިތުން ހިންހަމަ ޖައްސާލުމަށްޓަކާ! އިންޑިޔާ މެދުވެރިވެގެން ގެނަ ސަރުކާރެއްވީމަ އިނޑިޔާ މިގައުމުގަ ވަރަަށް ބޮޑެތި ރޯލް ކުޅޭނެ! މިހާރު އިންޑިޔާއަށްވުރެ އިންޑިޔާ މީހުނަށް އަމާންތަނެއް ރާއްޖެއަކީ!
މާތް ﷲ މިނުބައިވެރިކަން ނިންމަވާނެ. ދެން ދުވަހަކުވެސް ތި ކެރެފާ އާއިލާއަށް މިގައުމުގައި ވަކިނުހިއްޕޭނެ. އިންޝާﷲ.
ރައީސް ޔާމީންދެކެ ބިރުން. ޖެހިލުންވަނީ. ފިނޑި ސަރުކާރު. އަނިޔާވެރި ސަރުކާރު. އެތައްބައެއްގެ ބަދު ދުއާތި ފަނޑިޔާރުންނަށް ޖެހޭނެ. ނިމުން ނުބައިވާނެ. ޝައްކެއްނެތް.
75 ނުކުތާއި ން 20 ނުމުތާއައް ބަލާއިރު ސާފުކޮއް އި ނގޭ ނުހައްގު ން ކޮއްފައިވާ ހުކުމެއްކަ ން.
ކުދިންނޭ ކުދިންނޭ އެއީ އަފުރެމެންގެ މިރާއްޖޭގެ ސަގާފަތެކެވެ ވެރިކަން ކުރާ ކޮންމެ މީހަކު ޖަލުގަ އޮވެލަން ޖެހެޔެއްނު މިޔޭ އެބުނާ ޑިމޮކްރަސީގެ އަސްލު ސޫރަޔަކީވެސް އޯ މައި ގޯޑް މަ ކަލޯ ދުވަހަކުވެސް ވެރިކަން ބޭނުމެއްނޫން ހެހެ އެހެންނޫނަސް ކާކުތަ ވެރިކަންދޭން މޮޔަވެގެން އުޅެނީވެސް ދޯ
ބުރިޖްވެސް ޖަލައްލާ ފްލެޓް ވެސް ޖަލައްލާ ހީހީ ހަލާކު މިއޮތީވާ ގައުމެއް
ސުއްބޫ... މިއެއް ނުކިޔޭނެެ. ތަންކޮޅެއް ކުރުކޮށް ލިޔެލަބަލަ އެކޮއި
ކަލޯބޮޑުވަރު ވަޒީފާގެއްލި އަނބިދަރިން ބިކަވެދާނެ ކަމުގެބިރު ކަލެޔަށް ބޮޑުވީ ކޮވިޑާއި ގުޅިގެންދޯ ބަލަކަލޭ މިދުނިޔޭގައި ތިޔަހެން ގަދަބަސްބުނެގެން އުޅެވިދާނެ މާދަމާ ކަށްވަޅަށް ދާންޖެހޭނެކަން ހަނދުމަނެތުނީތޯ.
އެއް ކޯޓަކުން ވަ ކި ބަޔަ ކަށް ކަފާލާތު ދީފައި އަނެއް މީހާޔަށް އެ ނުދިނުމުން ތިޔަ ފަނޑިޔާރުންނަށް ނުފޫޒު ފޯރާފައިވާވަރު ހާމަވޭ
ކޮބާ ޕޕ ކުދިން މިޔަދު ފެނޭ 13 ގަވަރައް އަޑުގަދަކޮއްފަ އުޅޭސޮރެއް އަޑުނަގާހޭރޭތީ މަހިތައްއެރި ކަމަކާޖެހުނީމަ މީ ހަމަޅޮސްގަހެއް ސުމެއް
ކިތަންމެވަރަކައް ގާޒީންނައް ބިރުދައް ކައިގެން އަދި އިތުރު 100 އަހަރު ޖެހިޔަސް، ސަރު ކާރާ ޑްލްނަހަދާނެ، މައިބަދަ ގުޑައިގެން ރާއްޖެދޫ ކޮއްނުފިލާނެ، ކޯޓުތެރެޔައް ނުވެއްޓޭނެ. ހަމަހުންނާނީ ރާއްޖޭގަ، އަދި އެންބުރި ތަހުތުގަވެސް އިންނާނެ، ބަލަންހުރޭ
ވަގުވޯޓުސަރުކާރު ކޮރަޕްޝަން ސަރުކާރު ކޮރުސަރުކާރު ފިނޑިސަރުކާރު
އެވަރު ބޮޑު އަދަދެއް އެކައުންޓަކަށްލީމީހާ ކޮބާބާ. އެމީހާގެ ވާހަކަ އެއް ނީވޭ. ހަމަ އެކޯޓުގަ އެމީހާ ލެފައިސާ އެބުނާ އެކައުންޓަކަށް ލީ ކިއްވެތޯ ނުބުނާހާ ހިނދަކު އަހަރެންނަކަށް މިވާގޮތެއް ނޭގުނު.
އިބޫ ވެރިކަމަށް އައީވެސް ވޯޓުން ވައްކަން ކޮށްގެން ވެރިކަން 2023 ބަދހަލު ވެއްޖެ ނަމަ ގުރަތަމަވެސް ބަލަންޖެހޭނީ އިބު ސޯލިހު ވެރިކަން ވަގައް ނެގި މައްސަލަ އަދި ވެރިކަމުގެ ބަރުތަށް މަކަރާ ހީކަތުން ނަގައިދިން މައްސަލަ ވެސް ބެލޭނެ
ކަލޭމެންނެކޭ ޓްރަމްޕް އާއިއޭނަގެ ސަރުކާރެކޭ އެއްވެސް ތަފާތެއްނެތެއްނު. ޢައިމީން ޕީޕީއެމް ކުދިން.
ކިތަންމެވަރަކައް ގާޒީންނައް ބިރުދައް ކައިގެން އަދި އިތުރު 100 އަހަރު ޖެހިޔަސް، ސަރު ކާރާ ޑްލްނަހަދާނެ، މައިބަދަ ގުޑައިގެން ރާއްޖެދޫ ކޮއްނުފިލާނެ، ކޯޓުތެރެޔައް ނުވެއްޓޭނެ. ހަމަހުންނާނީ ރާއްޖޭގަ، އަދި އެންބުރި ތަހުތުގަވެސް އިންނާނެ، ބަލަންހުރޭ
ޢަޅުގަޑު ޔާމީންއައް ތާއީދު ކުރިޔަސް ކުއްލިޔަކައް އެހާގިނަ ފައިސާ އެކަައުންޓައް ވަންގޮތާއިމެދު ސުވާލު އުފެދޭ.. ކުރިޚަރަދާއި އެކައުންޓްގެ ހުރި ލާރިޔައް ބަލާއިރު ލިބުނު އާމްދަނީ އައްވުރެ އެތައްބައިވަރު ގިނަ...
ނާސިރު ވެރި ކަން ނިންމާފަ އުމުރުގެ ބާ ކީބައި ހޭދަ ކުރީ ސިންގަޕޫރުގަ، އަރާމާ އިއްޒަތުގަ. އިންތިއުފާ ދިންރައީސް ވައް ކަން ކޮއްގެން ހު ކުން ކުރީމަ ގޮސްހުރީ އިންގިރޭސިވިލާތުގަ. ހަމައިސްތިއުފާ ދިންރައީސް ގާޒީއެއް ވަގައްނެގީމަ ހު ކުން ކުރި، ގޮސްހުރީ އިނގިރޭސިވިލާތުގަ ގޮނޑިދުއްވަން. ގައިމު ލާރި ހިނގާނެ، އަދާ ކުރި ވަޒީފާއާ ނުބައްދަލު ހަރަދު ހިނގާނެ، އެހަރަދުތައް ބެލެހެއްޓީ ކިހިނެއް ހޯދި ލާރިއަ ކުންބާ؟؟؟
އަދި ނުނިމޭނެ އިންޝާ ﷲ
އެސްއޯ އެފްއަކީ މަނީ ލޯންޑަރ ކުރާތަނެއްކަމަށް ކަނޑައެޅި ހުކުމެއް އަދިނެތް. އެތަނުގެ ވެރިއަކަށް ދައުވާއެއް ނުކުރޭ. އެކަމަކު އެތަނުން ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޖަމާކުރީމަ އެއ£ މަނީ ލޯންޑަރިން. ދެން ސަދޫމަށްވުރެ ނުބައިވާކަށް ނުވާނެނު. މިގައުމުގެ އެންމެން ހަލާކު ވެދޭތޯތަ މި ކޯޓުތަކުން މިއުޅެނީ.
ކުރިއައްއޮތްތާނގަ ހުރިހާ އެންމެންގެ އެކައުންޓަށް މަނީ ލޯންޑަރު ޗެކެއް ޖަމާކޮށްލަންވީ. ޖަލު ހުކުމްތައް ތި ތަރުތީބުން ބިނާވެގެން މުސްތަގްބަލްގަ އަންނާނެ. މިގައުމުގެ އެކަކުވެސް މަނީ ލޯންޑަރިން އިން ދެން ސަލާމަތްވުމެއްނެތް.
vagakah hukum kureema roa meehun haadha gunaey.. 😂
ދަރިއާ ކަލެއަށްވެސް ނުހައްގުން ވަގަށް ގޮވާ އަނިޔާވެރިވީމަ އަހަރެމެން ރޯނަމޭ. ރައީސް ޔާމީނަކީ މިގައުމުގެ 90 ހާސް މީހުންގެ ސަޕޯޓް އޮތް މީހެއް. އެންމެ ވަރުގަދަ ޝަހްސިއްޔަތު. ގައުމު މިހަލާކުވަނީ ތިކުދިންގެ ސިކުނޑި ވޮޝްވީމަ. ދެރަލިބޭނީވެސް މީގެ ފަހުގެ ޖީލަށް.
މިރޭ އޮންނާނެ ކުޑަވަރެއްގެ ޕާޓީ އެއް މިކަމާ ގުޅިގެން.
މިއަދުހިތުހުރި ގޮތަކަށް ހުކުމް ކުރެވިދާނެ މަހުޞަރު ދުވަހުން ހަދާނީ ކިހިނެތްތޯ ހަމޣަިމުވެސް ކެރީގެ ލާދީނީ ގ
އެއް ނާނާނެ ށަލާމަތްކުރާކަށް
ޢަހަރެން ގަބޫލު ކުރަނީ ޔާމީންގެ ހިއްސާ އެކަމުގަ އޮތް ކަމަށް...އެހެންވިޔަސް ހުކުމެއް ކުރެވޭ ވަރަށް ހެކި ހުރި ކަމަކަށް ގަބޫލެއް ނުކުރަން...ހެކި ނެތީސް ކަމަކު ނުދާނެ
މިތާ މިއުޅޭ އެނޯނިމަސް ގޮލާއަށް ނޫނޭވާ ވަރުތަކެއް ވެއްޖެ...މީ ކާރމާ...11،12،13 އިން ހުކުމް ކަނޑާލި ހަނދާން ވޭތަ..ދެން ވެސް އަނގަ ރާކަންޏެއްހެން ހަދާގެން އިނދޭ....
ތިޔަ ބުނާ ކާރްމާއަކީ މުސްލިމުން ގަބޫލުކުރާ އެއްޗެއް ނޫން. ކަލެޔާ ކަލޭގެ ކާރްމާ ބޮސް ދެންވެސް އަނގަ ފޭކުރާތި
އަންދާ ޤާނޫން ދަމަހައްޓާ މުޖްރިމް ފަނޑިޔާރުން ހިތި ގޮތަކަށް ނިމޭތަން ދިވެހިންނައް ފެންނާނެ....ފްލެޓް ތެރެއިން ކަރުގަ ވާޖަހާގެން ދަމާ ނެރޭތަން ފެންނާނެ....
ޔާމިނަކީ ވަގެއް. ބޮޑު ތަގެއް ނައިބު ރައީސް ކަމަށް އައްޔަން ކުރާ ހަމައެފަދަ މީހެއް.
ކަލެޔަ ކީ މުރުތައްދު ބޮދުވަގެއް
ހު ކުން ހަރުފައެއްހެން ދުވަފަ ނަޝީދު ކަރަންޓީން ރިސޯޓްއަށް އަރާނެތަ މިވަރުން