ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ އަބްދުﷲ ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭއިރު، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށާއި އެހެންކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ދެކޮޅަށް އެ ދެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް އެމަނިކުފާނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވެއްޖެއެވެ.

ހައިކޯޓުގައި މިހާރު ކުރިއަށްދާ ޝަރީޢަތުގެ އަޑުއެހުމުގައި، ފަނޑިޔާރު ޝަހީދު ވިދާޅުވީ، އަޙުމަދު ޢަދީބާއި ޢަބްދުﷲ ޒިޔަތަކީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ބައިވެރިންކަމަށް ވީ ހިނދު، ޤާނޫނީ އަދި ޝަރުޢީގޮތުން ބެލިކަމުގައި ވިޔަސް، އެމީހުންގެ ހެކިބަހަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށާއި، ނަމަވެސް އެމީހުންގެ ހެކިބަހަށް ބުރަދަންދީފައިވާ ގޮތް، ދަށު ކޯޓުގެ ޙުކުމަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި އިސްތިޢުނާފީ ނުކުތާ ތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ، އަޙުމަދު އަދީބާއި، ޒިޔަތުގެ ހެކިބަސް ޝަރީޢަތަށް ބަލައިގަތް ގޮތާއި ގުޅޭގޮތުންނެވެ.
ކްރިމިނަލް ކޯޓުން، ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލުހުކުމް ހައިކޯޓުން ދަމަހައްޓާފައިވާއިރު، ރައީސްޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މި ދެންނެވި ނުކުތާޢާއި ގުޅޭގޮތުން، މިއަދުގެ ޝަރީޢަތުގައި ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރަޢުޔު އިއްވަވަަމުން ވިދާޅުވީ، އަޙުމަދު އަދީބާއި، ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ޝަރީޢަތަށް ބަލައިނުގަނެވޭނީ، އެ ދެމީހުންގެ ހެކިބަހަށް އެކަނި ބުރަދަން ދީގެން، ޙުކުމަށް ވާސިލްވިކަމުގައިވާނަމަ ކަމަށާއި، ދަށު ކޯޓުގެ ހުކުމަށް ވާސިލްވެފައިވަނީ، އެދެމީހުންގެ ހެކިބަހާއި، ކޮރޯބޮރޭޓް ވާ އެހެން ޝަފަހީ އަދި ކިތާބީ ހެކިތަކަށް ބުރަދަން ދިނުމަށް ފަހު ކަމަށެވެ.
ފާސިޤެއްގެ ހެކިބަސް، ކޯޓުގައި ޤަބޫލު ނުކުރެވޭނެކަމަށް އިސްލާމީ ޢިލްމުވެރިން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. އެއީ ޞައްޙަކަން ޘާބިތުކޮށް ނުދެވޭހާ ހިނދަކުއެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ:

﴿ يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْماً بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ ﴾ (سورة الحجرات ٦)

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތްހޯދާށެވެ. (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެއެވެ.”

މިއުޞޫލު ފަރުމާކުރެވިފައިވަނީ އެހެންމީހުންނަށް ގެއްލުންވާނޭފަދަ ނިންމުންތަކުން ރައްކާތެރިވުމުގެ ގޮތުންނެވެ. އެހެނީ، ދޮގު އިލްޒާމެއްގެ ސަބަބުން ލިބޭ އަނިޔާ، ކިތަންމެ ދެރަވެ ހިތާމަކުރިކަމުގައިވިޔަސް، ފޮހެނުލެވޭނެއެވެ. އެއީ ޤަސްތަކާނުލާ ވީކަމެއް ނަމަވެސްއެވެ. އެހެންކަމުން ފާސިޤުންގެ ފަރާތުން ލިބޭ މައުލޫމާތުތަކާއިމެދު އަބަދުވެސް ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭނެއެވެ. އެއީ ތެދުވެރިކަން ޘާބިތު ކޮށްދެވިފައިނުވާ ނުވަތަ ފާފަ ކުރާކަން އެނގިގެންވާ މީހުންނެވެ.

އައްޑޫ ހިތަދުއަށް އުފަން އަލްއުސްތާޛް ޙުސައިން ޝަހީދު ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވަނީ މިޞްރުގެ އިތުރުން ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ (މިހާރުގެ އިސްލާމިކް ޔުނިވާސިޓީ) އިންނެވެ.

ޝަހީދު ޤާނޫނީ ވަކީލު ކަމުގެ ހުވާކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. އޭގެ ފަހުން ޕްރައިވެޓް ލޯ ފާމެއް ކަމުގައިވާ އިކުއިޓީ ޗެމްބާސްގައި މަސައްކަތް ކުރެއްވި އިރު ފަހުން އެބޭފުޅާ ވަނީ ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ކަމުގެ ވަޒީފާ އަދާކުރެއްވުމަށް ފަހު ގާޒީ ޝަހީދު އައްޑޫ ސިޓީ ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެ ކޯޓުގައި މަސައްކަތް ކުރައްވަމުން ދަނިކޮށް ވަގުތީ ގޮތުން ޝަހީދު ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ބަދަލުކުރިއެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަނެއްކާ ވެސް ޝަހީދު ވަނީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފައެވެ.

ކްރިމިނަލް ކޯޓަށް ގާޒީ ޝަހީދު އައްޔަން ކުރިތާ އެންމެ 180 ދުވަސްފަހުން، ހައިކޯޓުގެ ފަނޑިޔާރަކަށް ޝަހީދު ޢައްޔަންކުރަން ޖޭއެސްސީން ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޟމ

  ތިޔަ ފަޑިޔާރުގެ ސުލޫކު މިހާރު ނެތް، ޔަޢުނީ ސަރުކާރުން ނޭދޭފަދަ ގޮތަކަށް ތިޔަ އޮތީ ވާހަކަ ދެއްކިފަ، ނަމަވެސް ތިޔައީ ޙައްޤު ބަސް ބުނަންކެރޭ ފަޑިޔާރެއް

  206
  17
 2. ކެހެރި

  ފާސިގުންގެ ސަރު ކާރު

  96
  4
 3. އަބްދޫ

  މިހާރުވެސް އެ ގާނޫނަކަށް އަމަލު ކުރެވެމުންދާ ގާނޫނު ނަންބަރު 1/68 ޖ ގެ 9 ވަނަ މާއްދާގަ ބުނާގޮތުން މިނިސްޓަރަކު ހަވާލުވެ ހުންނަ ކޮންމެ ތަނެއްގެ އެންމެ މަތި މަސްއޫލު ވެރިޔަކީ މިނިސްޓަރު.އެމިނިސްޓަރުގެ އިހުމާލުން ލިބޭގެއްލުމުގާ އެމިނިސްޓަރަކު އަދި އެކަމާ ހަވާލުވެ ހުރިމީހަކު ޒިންމާ ވާންޖެހޭނެ..މިގޮތުން އެމް އެމް ޕީ އާރު ސީ ގެ ހިޔާނާތުގަ އެފައިސާއަސް ހިޔާނާތްތެރިވިކަމަށް މިނިސްޓަރާއި އެތަނުގެ ވެރިޔާ ވަނީ އެއްބަސްވެފާ.އެއިން މީހެއްގެ އަތުން މީހަކަށް ފައިސާއެއް ލިބިފާ ހުއްޓަސް އެއީ އެ އޮފީހުގެ ފައިސާކަން އެގިހުރެ ހަވާލު ނުވާމީހަކު އެކުށުގަ ބައިވެރި ނުވެވޭނެ. އެސްއޯއެފް ކުންފުންޏަކީ އަމިއްލަ އަށް ދަރަންނަށް ޒިންމާވާންޖެހޭ ކުންފުންޏަކަށް ވާއިރު އެކުންފުނީގެ ޗެކަކުން އެއްވެސް މީހަކަށް ދީފަ ހުންނަ ފައިސާ އަކި އަދީބު އާއި ޒިޔަތު ދިން އެއްޗަކަށްބެލެވޭނެ ހަމައެއް ނެތް. އެއީ އަދީބުއާއި ޒިޔަތަކީ އެކުންފުނީއެއްވެސް ބައިވެރި ވުމެއް ގާނޫނީ ގޮތުންއޮތް ދެމީހުނަށް ނުވާތީ. އެސްއޯއެފް ކުންފުނީގެ އޯނަރުންނަށް އެމްއެމްޕިއާރުސީގެ ފައިސާއަށް ހިޔާނަތް ވިކަން ސާބިތު ނުވާހާ ހިނދަކު އެސްއޯއެފް އިން ފައިސާލިބިފާ ހުރި އެއްވެސް މިހަކާ ދެކޮލަށް ދައުވާކުރެވިދާނެކަމަކަށް ނުދެކެން.

  64
  5
 4. ޔާﷲ

  މުޅި ޤާނޫން ނަޖިސް ކުރި ދައުލަތަށް ހަލާ ކުހުރި ﷲގެ ކުޅަދުންވަންތަކަން ހުރިހާއެއްޗަކާއި ކަމަކަށްވުރެބޮޑެވެ.

  86
 5. އައިޝް

  ފަނޑި ޔާރުކަލޭގެ ފަނޑިޔާރުގެއިން ގޮނޑިއެއް ލިބުމަށްދަހިވެތިވެގެން ކުރިބާތިލްޝަރިޔަތް ފަނޑިޔާރަކު ފުލެޓެއްގެ ދަހިވެތިކަމުގައި ކުރި ބާތިލްޝަރިޔަތް މާތްﷲގެ ހިތްވަރުން ހިތްވަރުލިބިގެންވާހާލުގައި ތެދުވެރިކަމާއެކު ﷲގެ މަގުގައި ޖިހާދަށްތައްޔާރުވެގެން ހުންނެވި ހިތްވަތުގަދަ ތެދުވެރި މައުސޫމް ރައީސްޔާމީންއަށް ދެ ދުނިޔޭވެސް ފަލާޙާއި ކާމިޔާބު މިންވަރުކޮށްދެއްވާށި ޔާﷲ

  75
  4
 6. ވައްﷲ އައުލަމް

  މި ފަނޑިޔާރުގެ ރައުޔު އަޑުއަހާފަ ލޮލުން ކަރުނަ ހިލުނު، އަނެއް ދެ ފަނޑިޔާރުންގެ ވާގަކަތައް އިވުނީމަ ޢެގުނީ މަކަރުވެރިކަމާއި ނުބައި ނުކަފާކަން

  88
  6
 7. މާސްޓަރ

  ތިޔަ ފަޑިޔާރު ޕްރޮމޯޝަން ހޯދަމުން ދިޔަގޮތުންވެސް އެގޭ ރިޝަލްވަތުގެ ކަޅުފައިސާއަށް ޙުކުމް ވިއްކާ ގާޒީއެއްކަން.

  38
  21
 8. ބެއްޔާ

  ޝަހީދު ހައިކޯޓާއި ސަތޭކަ ފޫޓަށްވެސް ދެންކައިރިނުވެވޭނެ. މިއަދުމީ ފަހުދުވަސް. ޒަމާން ދިޔައީތި

  23
  3
 9. ދީ

  މީނަ ހިފާ ހައްޔަރު ކުރޭ

  6
  20
 10. އޮޅުވާލި ވޯޓު

  ޔާﷲ ތިޔަފަޑިޔާރައް ރަހުމަތްލައްވާށި ޢާމީން

  43
  3
 11. އަލްޖިބްރާ

  ޔާމީނަކީވެސް ފާސިޤެއް ! ފާސިޤަކަށް ތާއިދު ކުރާނީވެސް އޭގެ މީހެއް !

  10
  44
 12. ނަސީދު

  ފަޑިޔާރު ހުރަގެޔައް ވަންނަންތައްޔާރުވޭ މީމިގައުމްގެ ހާލަތު

  27
  3
 13. ނަސީދު

  ފަޑިޔާރު ހުރަގެޔައް ވަންނަންތައްޔާރުވޭ މީމިގައުމްގެ ހާލަތު ދެން ކޮންއިންސާފެއް ލިބޭނީ

  19
  3
 14. މިއަދު

  ދަށުކޯޓުގެ ހުކުމަށްތާއިދުކޮށް ހައިކޯޓުން މިއަދު ޙުކުމް އިއްވި ޤާޟީގެ ރާގުހުރިގޮތުން އެނގިގެންދިޔަ މިއީ އަމިއްލަ މަސްލަހަތަށް ކުރާ ޙުކުމެއްކަން ބަޔާންތައް އިއްވަމުންގޮސް އެއްމެފަހުމަގުތު ދަށުކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއްނެތްކަމަށް ބުނެވުނީ ގަދަކަމުން އަޑުނެރެގެން އެބަހުގެ ރާގާއި ބަސްބުނުމުގެ ވައްޓަފާޅިއަށް ވިސްނާލައިފިނަމަ ވ ސާފްކޮށް އެނގިގެންދާން އެހުކުމް އެއަކީ ޤާޟީގެ ނުވަތަ ފަޑިޔާރުގެ އަމިއްލަ ނިންމުންނޫންކަން ރައިސްޔާމީނުގެ މައްޗަށް މިއަދު މިކުރި ބާޠިލް ހުކުމުން ޢާއިލާއަށްލިބިގެންދިޔަ ފުންހިތާމައިގައި ބައިވެރިވެ އެޢާއިލާއަށް ކެއްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާދަންނަވަން

  37
  2
 15. މޯޑު

  ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ:

  ﴿ يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْماً بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ ﴾ (سورة الحجرات ٦)

  މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތްހޯދާށެވެ. (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެއެވެ.”

  ﷲ ސުބުހާނަހޫ ވަތައަލާގެ މި ވަހީބަސްފުޅުގައި ނެތް ނޫންތޯ ފާސިޤަކު ޚަބަރެއް ހިފައިގެން އަތުވެއްޖެއްޔާ އެ ޤަބޫލްނުކުރުމަށް އެއޮތީ އެއީ ތެދެއްތޯ ނޫނީ ދޮގެއްތޯ ބެލުމަށް ފަހު އެޤަބޫލްކުރުމަށް އެހެން ވެއްޖެއްޔާ އެއީ ތެދެއްތޯ ބަލަންޖެހޭނެ އެމިހުންގެ ވާހަކަ ބަލައިގަންނައިރު،ސުވާލަކީ އެކަން ބަލާފައިތޯ އެމީހުންގެ ހެކިބަސް ބަލައިގަތީ ނުނީ ނުބަލާތޯ ބަލައިގަތީ؟

  2
  1
  • ބަލަނީ ކިހިނެތް؟

   ފާސިގުންތޯ ފުރަތަމަ ބަލަންޖެހޭނީ. ފާސިގުންކަން އަމިއްލަ އިއުތިރާފުން އެއްބަސްވެފައި އޮތީ. ދެން އޮތީ ފާސިގުން ދެއްކީ ތެދުވާހަކަތޯ ނުވަތަ ދޮގު ވާހަކަތޯ؟ ތެދުކަން ކަށަވަރުކުރެވޭނެ ގޮތެއް އަދި އެ މިންވަރަށް ތަޙްގީގެއް ހިންގިފައެއް ނެތް. ތަޙްގީގީ އިދާރާއަކުން އެ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާއެއް ކަމަށް ނިންމާފައެއް ނެތް. ދެއްކި ވާހަކައިގެ ތެދުކަން ކަށަވަރުކޮށްދޭން ގާނޫނު މަތިކޮށްފައިވާ އިދާރާއަކުން އެކަން ކޮށްފައި ނެތް. އޮޑިޓް ރިޕޯޓަކީ ހެތްކެއް ނޫން. އެއީ ގަރީނާއެއް. އޮޑިޓް ރިޕޯޓްގެ މައްޗަށް އެކަނި ބިނާކޮށް ތަޙްގީގީ އިދާރާއަކުން ދޭ ބަޔާނެއްވެސް ވާނީ ގަރީއާއަކަށް. ތަޙްގީޤަކަށް ހެތްކަކަށް ނުވާނެ. ޔާމީނުގެ ވެރިކަމުގައި ހިންގި ކަންކަމުގައި ޔާމީނުގެ ޒިންމާއެއް އޮންނަންވާނެ. ޒިންމާއެއް ނެތްކަން ނުވަތަ އޮތްކަން ފުރަތަމަ ބަލަންޖެހޭނީ. އެބައި އެވަރަށް ނުބަލައި ނިންމާ ނިންމުމެއް ޞައްޙައެއް ނުވާނެ.

 16. ކައްޓި

  ފާސިޤް މިބަހުގެ މާނަ ކޮންމެސް ބޭފުޅަކު އޮޅުންފިލުވާދީބަލަ

  • ޅަބޭ

   ކަލޭ މަންމަ ކައިރީ ފުރަތަމަ އަހަންވީނު....

   1
   1
 17. ފައިސަލް

  މިފަނޑިޔާރަކީ ވަރަށް ތެދުވެރި އިޚްލާޞްތެރި ފަނޑިޔާރެއް. ކްރިމިނަލް ކޯޓަށް އައްޔަން ކުރެވުނު ދުވަހު ފުރަތަމަ ކަމަށް ކޮންދިންކަމަކީ ޔާމީނު ވިދާޅުވެގެން ފާރިޝްމައުމޫނު ނަގާ ޖަލަށްލުން. ޥަރަށް ކިމަންތެރި އިޚްލާޞްތެރި ފަނޑިޔާރެއް.

  1
  4