ހައިސްޕީޑް ފެރީގެ ނިޒާމު ރާއްޖޭގައި ފުރިހަމަވެގެން އަންނަ އިރު، އެމީހަކު ބޭނުން ރަށަކަށްގޮސް ހަމަ އެދުވަހު އެމީހެއްގެ ރަށަށް އެނބުރި އާދެވޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ވީޓީވީން ރޭ ގެނެސްދިން "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، މިހާރު މި ބޭނުންކުރާ ފެރީ ދޯނިތަކާއި އަޅާބަލާއިރު، އެތައް ގޮތަކުން މި ނިޒާމަކީ ފުރިހަމަ ނިޒާމެއް ކަމަށާއި، ދަތުރު މަތީގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށެވެ.
"މި ނިޒާމުގައި އަޅުގަނޑުމެންގެ ވިސްނުމަކީ، ކައިރި ރަށްތަކަށް މަސައްކަތެއްކޮށްލަން ދާ މީހާއަށްވެސް އެނބުރި އޭނާގެ ރަށަށް އާދެވުން. އެއީ އެދުވަހު ގޮސްފަ އެދުވަހު އަންނަން ވިޔަސް، އެކަން ހަމަޖެހިގެންދާނެ. މުޅި ނެޓްވޯކް އިމްޕްލިމެންޓްވެގެންދާއިރުގަ ހަފްތާއަކު 7 ދުވަހުވެސް ދަތުރުކުރަމުންދާނެ. އެހެންވީމަ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކުވެސް ބޭނުންރަށަކަށް ގޮސްލާފަ އެމީހަކު ދިރިއުޅޭ ރަށަކަށް އާދެވޭނެ. މިހާރު ފެރީގެ ނިޒާމުގައި މި ގެންގުޅޭ ދޯނިތައް، އޭގެން ދޯންޏަކަށް އަރައިގެން ތިން ގަޑިއިރުން ދެވޭނެ ތަނަކަށް ވެއްޖެއްޔާމު، މިހާރު އަލަށް މި ގެންނަ ނިޒާމުގެ ތެރެއިން އެއް ގަޑިއިރުން އެމީހަކަށް އެތަނަކަށް ދެވޭނެ. ތިރީސް މިނެޓުން ދާތަނަކަށް 10 މިނެޓުން ދެވޭނެ." އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، މިހާތަނަށް އައިއިރު، ހައިސްޕީޑް ފެރީގެ ނިޒާމާއި ގުޅޭ ފްރޭމް ވޯކް އެގްރީމެންޓެއްގައި ސޮއި ކުރެވިފައިވާ ކަމަށާއި، މި އެގްރިމެންޓަކީ، ހަ ޒޯނަކަށް ބަހާލެވިިގެން މި ނެޓްވޯކް ޤާއިމު ކުރާގޮތަށް ތައްޔާރުކޮށްފައިވާ ފްރޭމްވޯކެއް ކަމަށެވެ.
"ފުރަތަމަ މި އޮތީ ޒޯން އެކެއް. ޒޯން އެއްގައި މި ހިމެނެނީ 41 ރަށެއް. އެއީ ތިން އަތޮޅު. އެއީ އެންމެ އުތުރުގެ ތިން އަތޮޅު. ތިން ގޮތަކަށް ދަތުރުތައް ކުރެވެމުންދާނީ. ކައިރި ދަތުރުތައް ކުރާނީ ދުވާހަކު ދެ ދަތުރު. ދެން ދުވާލަކު އެއް ދަތުރުވެސް ކުރެވެމުން ދާނެ. ދެން މީގެ އިތުރުން ހައިވޭ ލިންކެއް އިންނާނެ. ޖުމްލަ 14 ލޯންޗް މި ޚިދުމަތް ދިނުމަށް ބޭނުންކުރާނެ." އާޒިމް ވިދާޅުވިއެވެ.
ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އަށް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަނެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބާއި ގުޅުވައިދޭނެ ޚިދުމަތެކެވެ.
މިހާރު ވެސް އެމްޓީސީސީ އިން ގިނަ އަތޮޅުތަކެއްގައި އަންނަނީ ފެރީގެ ޚިދުމަތް ދެމުންނެވެ.
ފޮނިކަޑަނީ..ފެރީނިޒާމު ކިތައްމެ ފާސްޓްވިޔަސް ޙަރަދު ނުޗަލައްޏަކާ ތިފެރީއެއް އެއްމީހަކު ބޭނުންއިރަކުނާދެވޭނެ ހުރިރަށަކުން..ފަށާ ރަސްމިއްޔާތުގަ އާދެވޭނެ..އޭގެފަހުން އަޑުއިވޭނީ ހުއްޓާލިވާހަކަ..މިހާރުވެސް އަތޮޅުތެރޭގަ ދުއްވާ ފެރީ އޮންނަނީ ހިތަންއެރިދުވަކު ފެރީގެ ވެރިމީހާ..
މިވަގު ޖާހިލު ވެރިކަމުގަައި ހުރި ޖާހިލުވެސް ބުނި ޑިއުޓީ ނިންމާފައި އެދުވަހުން ރިސޯޓުން ރަށަށް އާދެވޭނެކަމަށް އަބިދަރީންކަރިއަށް. ހިނނަވަރި ޖާހިލު ދޖަލު
ތިވެސް އިތުރަށް ރައްޔިތުން ނިކަމެތިކުރުން ނޫން ކޮންކަމެއް!
މިހާރު ރާއްޖޭގެ އެކިހިސާބުގާ އަމިއްލަމީއްމީހުން ބޮޑެތި ލޯނުނަގައިގެން ހައިސްޕީޑް ފެރީކުރަން ފެށީމަ އެލާރިކޮޅުވެސް ސަރުކާރުގެ ވަގުން ކާންވެގެން.
ބޮޑެތި އިންވެސްޓްމެންޓްކޮއް ނުއަގުގާ ޖަރީމާހިންގުން.
މިކެނެރީގޭ ހިއްތަކުގެ ރައީސް،ސޯލިހް ރައީސް ދުވަހަކުވެސް ރައްޔިތަކައް ފައިދާއެއް ވާނެ ހަމަ އެއްކަމެއްވެސް ކުރަން ނޭނގެނީބާ ނޫނީ ހަމަ ގަސްތުގާ ރައްޔިތުން ނިކަމެތިކުރަނީ!
ޕްލީޒް؛ އިސްތިއުފާ!!! ދިވެހިރާޖެއަށްޓަކާ ހުވާ.
" ފުރިހަމަ ވެގެން އަންނައިރު" އެ ފުރިހަމައެއް ނުވާނެ.
މާލެ ހުޅުމާލޭގަ އޮތީ ކަހަނބު ދުވެލީގެ ފެރީ ނިޒާމް އެކެވެ.
ހާދަ މޮޅޭ! މީ ކޮންތާކުން ހޯދި ކުދިންނެއްބާ ؟
ފޮނިބަސް ތައް# އަނގަސަރުކާރު
ހަހަހަހާ ރިސޯޓު މުއަށްޒިފުން ރޭ ކޮށްލާން އަނބިމީހާ ނިދާ އެނދައް ހައިސްޕީޓު ފެރީފެރީގަ ރ. އަތޮޅުން އަށްޑުއަށް ގޮސްފަ އަންނަން ބޭނުން
ރިޔަލު ދޯނީގަ ވެސް ބޭނުންތަނަކަށް ގޮސް ހަމައެދުވަހު އެބުރިއާދެވޭނެ.
ރާސްޓަސް!! ކަރާ ފަޅަނީ