ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ކުރި ދުވަހުގެ ޝަރީއަތް ކުރިއަށް ގެންދިޔައިރު ފަނޑިޔާރުންގެ ފޯނަށް މެސެޖު އައި ކަމަށް އިދިކޮޅި ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގު މިއަދު ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލް ބައްދަލުވުމުގައި ވިދާޅުވީ ރައީސް ޔާމީންގެ ހުކުމްގެ އިސްތިއުނާފްގެ ޝަރީއަތުގައި ފެނިގެން ދިޔައީ ކޯޓަކުުން ފެނިގެންވާނެ މަންޒަރުތަކެއް ނޫން ކަމަށެވެ. އަދި ގާޒީގެ ފޯނަށް މެސެޖު އައުމުން ރިޔާސަތުގައި އިންނެވި ބޭފުޅާ އާއި ދެ ބޭފުޅުން ކަރުދާހުގައި ލިޔެގެން ވާހަކަތަކެއް ދެެެކެވުނު ކަމަށާއި، އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދުވަހު ޝަރީއަތުގެ މަޖިލީހުގައި ކަންކަން ހިނގި ގޮތުން އެެހެން ފަރާތަކުން ގާޒީންނަށް އިރުޝާދު ލިބުނީތޯ، ސުވާލު އުފެދޭކަމަށް ވެސް ސިއްދީގު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔައިރު އަޅުގަނޑު ހުރީ ބަލަން. ގާޒީގެ ފޯނަށް މެސެޖްތައް އައި. ރިޔާސަތާއި އެކު ނޯޓްސްތަކެއް ބަދަލު ކުރި. މިއީކީ ޝަރީއަތަކުން ފެންނާނެ ކަހަލަ މަންޒަރުތަކެއް ނޫން." އޭނާ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ޖަމާކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ހުށަހެޅީ 2018 ވަނަ އަހަރެވެ. އަދި މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމާއި، އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގި އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ މަނީ ލޯންޑްރިން ކުށުން ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ޅަބޭ

  ސިއްދީގަކީ އިބިލީހައް ވުރެވެސް ނުލަފާ މީހެއް. ދެން އިބިލީހެއްގެ ވަހަކަ ނޫހުގަޖަހާނީ ކިހާ ނުލަފާ ނޫހެއްބާ....

  23
  77
  • ޅަބޭ

   ކަލޭމެން ކިތަންމެ ވަރައްކައް ކަޑަވިޔަސް، ސިއްދީގަކީ ޕީޕީއެމްގެ ވެރިކަމުގަ ޕޮލިހުންގެ އެތައް ބަޔަކު ކުރިމަތީ ބައިތިއްބައިގެން އެމީހުންގެ މައިން ބަފައިންނާ ބެހި، އަވަގުރާނަ ގޮވާފަހުރި ނުލަފާ އިބިލީހެއް. އެ އިބިލީހައް ކޮން ހެޔޮވާހަކައެއް ދެއްކޭނީ....

 2. ބޯ ބުރާން ތި

  އެލިބުނު މެސެޖު ތަކަކީ ވައިބަރ ފޭމިލީ ގުރޫޕުން ލިބުނު މެސަޖަކާއި ބިލް މުއްދަތު ހަމަވާތީ ލިބު މެސެޖެއް

  31
  7
 3. ބެއްޔާ

  އެއް ޤާޒީއެއް އިން ނިދާފަވެސް.

  34
  3
 4. ކައްޒާބު

  އަޅުގަނޑުވެސް ހުރީ ބަލަން. މެސެޖުގަ އޮތްކަމަށްވަނީ ފޯނާ ކުޅެލީމަ ސިއްދީގު ފަޔަށް ހިނި އަރައި ދޫ ހިރުވާނެޔޭ. ސިއްދީގު ކިޔަކަސް އަދި ސިއްދީގަކަށް ނުވާނެޔޭ ކައްޒާބަކަށް ވެދާނެޔޭ

  19
  48
 5. މަނީމަނީ

  އުރީދޫ ދިރާގުންވެސް ޕުރޮމޯޝަންތަކުގެ މެސެޖު އަންނާނެ ފޯނަންއް

  11
  24
 6. ނަައީމް

  ޓީވީ އިން އަޑުއަންނައިރު މެސެޖުގެ ރިންގާހެދި ހިޔާއެއްޗެއްއަޑުއަހަންވެސް އުދަގޫވި ނަސްރުލިބުން ކައިރިވެއްޖެ 3ފަދިޔާރުންގެތެރެއިން 1ކަކު 3ގަޑީއުރުގެ ރައުޔު އިއްވިއިރު އަނެއް ދެފަޑިޔާރުން 10މިނިޓްވެސް ނުވާ ރައުޔުއެއްއިއްވާ ހުހުން އިއާދަކުރީ ސްޕްރީމްކޯޓުން މި ފަޑިޔާރު 3ގަޑީ އިރުވަންދެން އެހެއްދެވީ ދޮގުކަމުގާވާނަމަ އެބޭފުޅަވެސް ނުވަތަ އަނެއް 2ފަޑިޔާރުން އެހެއްދެވީ ތެދުކަމުގައިނުވާނަމަ އެ ފަޑިޔާރުންނަށް އަދަބު ކަނޑައެޅެން ޖެހޭ

  27
  1
  • ސަދަގާތު

   ޔާމީނު ވައްކަން ނުކުރާނަމަ ސަދަގާތު ފައުންޑޭސަނުން ފާތުމަ މިހާރު ކީއްވެބާ އެއްވެސްކަމެއް ނުކުރަނީ

   15
   39
 7. ލޯޔަރު

  ފަނޑިޔާރުންވެސް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ފޯނެއް ނުވައްދާނެ. އަދި އެގޮތަށް ޢަމަލެއް ނުކުރާނެ. އޒ.ޞިއްދީޤަށް މާބޮޑަށް މިކަން އެނގިލައްވާނެ. އަދި ޙުކުމް ލިޔެ ފައިނަލް ކޮށްގެން ޝަރީޢަތުގެ މަޖިލީހަށް ވަދެވަޑައިގަންނަވާނީ

  9
  21
  • ީފޯނު

   މިހާރު އެއްވެސްބަޔަކު ކަރުދާސްބޮނޑިއެއް ނުގެންގުޅޭ. ގާނޫނުވެސް ފޯނަށް އަޅައިގެން ސާރޗުކޮށްލަން ފަސޭހަ.

   7
   7
 8. ސައީދު

  ޔަގީން ނުވިޔަޔަސް ކޮންމެވެސް އެއްޗެއް ބުނެލަން ޖެހޭނެތާ!!!!!

  11
  11
 9. އަބްދޫ

  މައްސަލަ ނިންމަން ފުރަތަމަ ދުވަހު އޮތިރަނގަލަށް.ބިރުދެއްކުންތަކައެކު ގޯސްކޮށްލީ ދުވަސް ފަސްކުރީ.މައްސލަޔަކީ މި މައްސލަޔާ އަދީބާ ޒިޔަތަ ހުރީ ކޮންގުޅުމެއް؟އެްއޯއެފްއަކި އަދީބަ ޒިޔަތާ ގުޅުންހުރި ނުވަތަ އައިލޯީގުޅުންހުރި ބައެއްވެސް ނޫން. ފައިސާޖަމަކުރި އަދީބެއް ޒިޔަތެއްވެސް ނޫން.ޖަމާކުރިފަރާތައި ޖަމާކުރަން ޗެކް ހަވާލުކުރި ކާކު ކަމެއް ހޯދިބަ؟މީހުންގެ ބޭންކް އެކައުންޓް ތަކަކީ އާންމު އެއްޗެއް ،އެއަށް ކޮންމެ މިހަކަށް ޗެކް ޖަމަކޮށް ޓްރާންސްފަރ ކުރެވޭނެ. އޭގަ ބެންކް އެކައުންޓް ވެރިމީހާ އަށް އެއްވެސް ކަމެއް އެގޭކަށް ނުޖެހޭ އެމީހާގެ އޮތޮރައިޒް އެއް ފައިސާޖަމާކުރަން ހޮދާކަށެއްނުޖެހޭ. އޮޅިގެން ފައިސާއެއް ޖަމަ ވެއްޖެ ނަމަ އެފައިސާ ހޮދަން ޖެހެނީ ފައިސާޖަމަކުރިފަރާތުން. އެއީ ބޭންކަގެ ވެސް ނުވަތަ އެހެން ފަރަތެއްގެ ޒިންމާ އޮތްކަމެއްނޫން.މިހެން އޮތަކަމެއްގަ ޔާމީން ޒިންމާ ވާންޖެހުނީ ކީއްވެ؟

  36
  7
 10. ވގ ޔނ

  ބާގަރ ސިއްދީގު ކަލޭ ހާދަވައްތަރޭ ދޮންރިހަ ކައްކާމީހަކާ

  10
  33
 11. އަވަސް

  ޖަމީލު އިނީ ނިދާފަ! ކަލޯމެން އޭނާ ބޭރުކޮށްބަލަ! އަދުރޭ ތަންކޮޅެއް ރަނގަޅަށް އުޅެބަލަ ޕްލީސް... ކޮން އިރަކު ކަން އަދިވެސް ނުބުނޭ ހަރަކާތަށް ނުކުންނަންވީ! އަވަސްކުރޭ އަވަސްކުރޭ

  8
  13
 12. އެމަންޖެ

  ތިޔައީ ލާދީނީ އަންނިގެ ރަނގަޅު ކުޅިގަނޑެއް އޭނާ އަޑީގަ ހުރެގެން ކުރާކަމެއްތީ ލޯބީގެ މެސެޖު ވަރަށްކޮއް އުޅޭނެ.

  22
  2
 13. އައި

  ސަދޫމު ގަ ލިބޭނީ ކޮން އިންސާފެއް އެއޮތީނު މި ސަރުކާރުގެ ޖާރިޔާ ފުއްޖައްސާފަ ގޭގަ...

  19
  3
 14. އައިސް

  ސަދޫމު ގަ ލިބޭނީ ކޮން އިންސާފެއް އެއޮތީނު މި ސަރުކާރުގެ ޖާރިޔާ ފުއްޖައްސާފަ ގޭގަ...

  17
  1
 15. ބަކުރު

  މެސެޖުގައިވަނީ މިލިޔަންޑޮލަރު ޔާމީނާއި އިދިކޮޅަށް މަށްސަލަނިންމަން މެސެޖުއައިވަގުތު ގާޒީންތިބީ ވަރަށްބިރުން ރޫރޫ އަޅައަޅަ.

  13
  5
 16. ގުރޭ ޑު 2

  ސި ދުގީ އަކީ ދޮގު ހެދުމުގައި އަ ރާ ހު ރި ބޭކަލެއް@

  8
  6
 17. ބޭއިންސާފް

  ކިތަންމެދިމާކުރިޔަސް އަދިވައްބަހުން ޖެއްސަސް ސަދޫމްކޯޓުން ރައީސްޔާމީންގެ ހުކުމްދަމައްހައްޓަންކުރީ އިންސާފުވެރިހުކުމެއްނޫން އެއީހަމަ ބޭއިންސާފުހުކުމެއް

  11
  3
 18. ޝައްކު ގޯނި

  އަޅެ ފަހެ ވިސްނާލިޔަސް އެނގޭނެ. މީހެއްގެ ފޯނަށް ދުވާލަކު ކިތައް މެސެޖު އާދޭތަ..ތި ހަމަ ވަރަށް ރަނގަޅު ވާހަކައެއް. މައިންބަފައިން ބަލިވެ ހޮސްޕިޓަލްއަށް ގެންދަން..ދަރިފުޅު ސްކޫލުން ބަލާދާ ގަޑި ބުނެދޭން...ދެމީހެއްގެ ލޯބީގެ މެސެޖުތައް.. ..ބާޒާރުން ގެންނަންވީ ތަކެތީގެ ލިސްޓު...ފޯނު ބިލް ކަނޑާލާތީ.. ފޯނުގެ ޚިދުމަތްދޭ ތަންތަނުން ގިފްޓް ކާޑް ދޭވާހަކަ...ފައިސާގެ މުއާމަލާތެއް ކޮށްފިނަަމަ. ޕިއްޒާ ވިއްކާ ތަންތަނުން ނަންބަރުދީފަ އޮތްނަމަ އެތަނުގެ ކޮންމެ ޕްރޮމޯޝަްއެއް މިސްޑް ކޯލް އެލާޓް.....ފޯނު ބިލް ދެއްކީމާ...އެޗްޕީއޭއީން. ސަރަހައްދީ ހޮސްޕިޓަލްތަކަށް އެޕޮއިންޓްމަންޓް ހެދިއްޖެނަމަ...ކޯލް މީ ބެކް.. ދަރިވަރު ކުލާހަކަށް ނުދެވޭތީ ބެލެނިވެރިޔާ ފޮނުވާ މެސެޖު،،، މިހެން ކިޔާ ކޮޅުން ނުލާނެ.ދެން އަސްލު ކޮންކަމަކަށްތަ ތި ޝައްކުކުރަނީ ....މި ބާވަތްތަކުގެ ގިނަ މެސެޖުތަކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފޯނަށް ވެސް އަންނާނެ މެސެޖު... ބޯގޯސް މީހުން

  3
  6
 19. ނަދީމު

  ﷲ ސުބުޙާނަހޫވަތަޢާލާ ކަމެއް ބަދަލުކުރެއްވުމަށް ނަގާނީ ހިނދުކޮޅެއް! އަނިޔާވެރިންގެ އަނިޔާވެރިކަން މީސްތަކުންނަށް ފާޅުކުރެއްވުމަށްޓަކައި އެބައިމީހުންނަށް މުހުލަތު ދެއްވަވާ! އާޚިރުގައި އަނިޔާގެމައްޗަށް ނަޞްރު ގަދަވެގަންނާނެ! މިހާރު މިއޮތް އަނިޔާވެރި ވެރިކަން ބަދަލުވުމަށް އެކަލާންގެ އިރާދަކުރައްވައިފިހިނދު އެކަން ވާނެ!