11:36

ރާއްޖޭގައި ކޮވިޑް-19 ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާތީ ވަރުގަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ.

22:59

ޖަމާލުއްދީން ސްކޫލާއި، މަޖީދިއްޔާއިންވެސް ކޮވިޑް-19ގެ ވޭދަނަ ފެނިފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެ

22:33

އޭޑީކޭ ހޮސްޕިޓަލްގެ ހައި ޑިޕެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:22

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް 108 މީހަކު ފައްސިވެއްޖެ.

21:15

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 491 މީހަކު މަރުވެއްޖެ.

19:22

މިދިޔަ ޑިސެންބަރު މަހު ފަހުކޮޅު ކޮވިޑް-19 އަށް ފައްސިވި ކެލިފޯނިއާ މީހަކު ކޮވިޑް-19 ވެކްސިން ޖެހި ފަހުން އިއްޔެ މަރުވެއްޖެ.

17:05

މ. ކޮޅުފުއްޓަށް އަރާ ފޭބުން މަނާކޮށްފި.

17:02

މ. ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

16:42

ކޮވިޑް-19ގެ ޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލެއް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅައިފި.

16:27

ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓު އަދި ކެންޓީނުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި.

16:18

ކޮވިޑް-19ގެ ހާލަތުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ސިނަމާތައް ހިންގުމާއި ސިނަމާ ހޯލްތައް ބޭނުންކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލު އާއްމުކޮށްފި.

15:05

ޓިއުޝަން ކްލާސްތަކާއި، ގުރުއާން ކްލާސްތައް ހުޅުވަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަ ދީފި.

12:03

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިތުރު ފުރަބަންދަކަށް ދާން ބޭނުން ނޫން ކަމަށް ވިދާޅުވެ، އާންމު ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ސާފުތާހިރު ކަމަށް އިސްކަން ދިނުމަށް އައިޖީއެމްއެޗްގެ ޑރ.މުހައްމަދު އަލީ ރައްޔިތުންގެ ކިބައިންގެ ރޭ އެދިވަޑައިގެންފި.

11:36

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ތައުރީފް ކުރައްވައިފި.

11:05

ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1،470 މީހުން މަރުވެއްޖެ.

09:23

ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1،176 މީހުން މަރުވެއްޖެ.

09:19

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 3،427 މީހުން މަރުވެއްޖެ.

00:56

އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 1،348 މީހަކު މަރުވެއްޖެ.

23:26

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުން މަޖުބޫރު ނޫންކަމަށް ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ.

 

ކޮވިޑް-19 ގެ ނުރައްކާތެރި ވަބާއިން ދުނިޔެއަށް އަރައިނުގަނެވި އެއް އަހަރުވެގެން ދިޔައިރު މި ބަލި ފެތުރުން މުޅި ދުނިޔޭގައިވެސް ކޮންޓްރޯލް ކުރެވިފައި ނުވެއެވެ. މިގޮތުން ބައެއް ޤައުމުތަކުގެ ހާލަތު ކުރިޔަށްވުރެ ގޯސްވެ ނުރައްކާ ދެގުނަ ވެފައި ވާއިރު ދުނިޔެއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު މިހާރު އުޅެނީ 98 މިލިއަންގައެވެ.

ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 2.11 ގައި އުޅޭއިރު މިހާތަނަށް ބަލިން ރަނގަޅުވީ 71 މިލިއަން މީހުންނެވެ. ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ދުނިޔެއިން ބައިމިލިއަނަށްވުރެ ގިނަ މީހުން ވަނީ އަލަށް ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި ދިހަ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14885 އަށް އަރާފައެވެ. މީގެ ތެރޭގައި އިއްޔެ އަލަށް ފައްސިވި 55 މީހަކުވެސް ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 13732 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު 50 އަށް އަރައެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިއްޔެ ރާއްޖެއަށް ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ގެނެސްފައެވެ. އިންޑިއާގެ ބޯޓެއްގައި އިއްޔެ ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުން އުފައްދާ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ.

އިންޑިއާ ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށް މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާ އާއެކު ރާއްޖެއިން ވަނީ 7 ލައްކަ ޑޯޒްގެ ވެކްސިން ހޯދުމުގެ އެއްބަސްވުމެވެސް ވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެންމެ ގަދަ ބާރަކީ ﷲ އެވެ ކޮވިޑް ހުއްޓުވޭނީ ﷲ އަށެވެ އެކަލާނގެ އަމުރުފުޅު ވާކަން ކަށަވަރީ 'ވޭ'' އެފަދައިން ނެވެ ދެން އެކަމެއް ވާނެޔެވެ ކޮވިޑް ހުއްޓުވާނީ އަހަރެންނޭ ނުބުނާށެވެ