މ.ކޮޅުފުށިން ގިނަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓު ކުުރުމަށްޓަކައި ވަކި ތަރުތީބެއް ނެތި 100 އަށްވުރެ ގިނަ ސުންކު ނަގައިފިއެވެ.

އެރަށުން ގިނަ އަދަދެއްގެ ސުންކު ނަގާފައި ވަނީ، އެރަށުން މާލެދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. އެ މީހާ މާލެ ގޮސްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހުއެވެ. އޭނާ ފައްސިވެފައި ވަނީ އޭގެ ދެ ދުވަސް ފަހުންނެވެ.

އެ އަންހެން މީހާއަކީ މާލެ އިން އެރަށަށް ގޮސް ކަރަންޓީންވުމަށްފަހު، ޓެސްޓު ނަތީޖާ ނައްސިވެގެން ރަށުގައި 20 ވަރަކަށް ދުވަހު ވަންދެން އުޅެފައި އެނބުރި މާލެ ދިޔަ މީހެކެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، މިއަދު އެރަށުން ވަކި ތަރުތީބެއް ނެތި 106 ސުުންކު ނެގުމަށްފަހު މިއަދު މާލެ ފޮނުވާލާފައިވާ ކަމަށެވެ.

އެރަށާއި، ގުޅިފައިވާ ކޮވިޑް-19ގެ ވޭދަނައާ ގުޅިގެން މިހާރު އެރަށް އޮތީ މޮނީޓަރިންގ ހާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު