ހާއްސަ ހުއްދައެއްގެ ދަށުން ފ. ނިލަންދު އަށް އެރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދު "ވަގުތަށް" މިއަދު ވިދާޅުވީ އެ ރަށަށް އެރި މީހަކީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިން ހާއްސަ ހުއްދައާ އެކު ކަރަންޓީން ނުވާ ގޮތަށް އެ ރަށަށް ދިޔަ އީޕީއޭ ޓީމުގެ މެމްބަރެއް ކަމަށެވެ.

އެ ރަށަށް ދިޔަ ޓީމުގައި ހަތަރު މެމްބަރުން ހިމެނޭ ކަމަށްވެއެވެ. ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ދިވެހި ފިރިހެނެކެވެ.

އެ ރަށަށް އެމީހުން ދިޔައީ އެސެސްމަންޓެއް ހެދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން ކައުންސިލުން އަންނަނީ ކުރަންޖެހޭ ކަންކަން ކުރަމުން،" އަލީ ވިދާޅުވިއެވެ.

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެ ރަށަށް އެރި މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އައިއިރު 18 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ހަތަރު މީހުން ނިލަންދޫއަށް ގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މީހުން ފުރީ އާދީއްތަ ދުވަހު ކަަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކަށް އެރުމަށް ހުއްދަ ދޭނީ ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، ބޭންކުގެ ޚިދުމަތްތައް ފަރާތްތަކަށާއި ވޯޓަރ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، މެއިންޓެނަންސް މަސައްކަތްތައް ކުރާ ފަރާތްތަކަށާއި، ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، މިނޫންވެސް އާންމު ޚިދުމަތްތަކާގުޅޭ އެހެނިހެން މަސައްކަތްތައް ކުރާ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް ރަށްރަށުގައި ހޭދަކުރެވޭނެެ އެންމެ ދިގު މުއްދަތަކީ ފަސް ދުވަހެވެ.

ނަމަވެސް ރާއްޖޭގައި ފަހަކަށް އައިސް، ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ އެޗްޕީއޭ އިން ވަނީ އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން މާލެ ސަރަހައްދުން ރާއްޖޭގެ އެއްވެސް ރަށަކަށް ދަތުރުކުރާ ނަމަ ކަރަންޓީނުވުން ވަނީ މަޖުބޫރުކޮށްފައެވެ. އެގޮތުން ހާއްސަ ހުއްދައާ އެކު ރަށްރަށަށް އެރުމަށްޓަކައި އެޗްޕީއޭ އިން މީހުންނަށް ދެމުން އައި ހުއްދަތައް ދިނުން ވަނީ މަޑުޖައްސާލައިފައެވެ.

ރާއްޖެ އިން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 51 މީހަކު ވަނީ ނިޔާވެފައެވެ. މި ބަލި ޖެހިގެން މިހާރު ހާކަކަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުންދާ އިރު، ބަލި ޖެހިގެން 13،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ވެރިން

  އަލުން ތިމީހަ ޓެސްޓް ކުރަން ގޮވާލަން، މަ އިމުނާ ސޮ އިކޮށްފަ ދީފަ އޮތް ހުދަ އެ އް އޮތީޔާ ކޮވިޑް އެމީހަކަށް ކޮވިޑް ނުޖެހޭނެ އަދި އެމީހެ އްގެ ފަރާތުން އެހެން މީހަކަށް ވެސް ކޮވިޑް ނުޖެހޭނެ.

 2. ވެރިން

  ތިޔަހެން ހާ އްސަ ހު އްދަ އޭ ކިޔާފަ މުޅިގަ އުމަށް ތިފަތުރާ އިފި

  10
 3. ވާނުވާ

  މަ މިއޮއްހާ ދުވަހު ހީކުރަނީ ހާއްސް ހުއްދަ ކޮވިޑް އަށް އެނގޭ ކަމަށް. އެކަްމަކު ކޮވީޑަކަށް ނޭނގުނުތާ ހާއްސަ ހުއްދައެއް

 4. ލލ

  މާލޭގަ އި ކޮވިޑް ބޭރަށް ނިކުންނަ ގަޑި އަކީ ރޭގަޑު 12 އަޢ 04 ކާ އި ދެމެދު ކަމުން އެގަޑީގަ އި ބޭރުގަ އި ނޫޅު އްވާތި އެއ އްވެސް ކު އްޖަކު !

 5. ނާނި

  ޚާއްޞަ ހުއްދައޭ ކިޔައިގެން ކޮވިޑް ޖެހިފައި ތިބި މީހުން ރާއްޖޭގެ ހުރިހާ ރަށްތަކަށް ފޮނުވައިގެން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގަ ކޮވިޑް ފަތުރައިގެން ޢުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ފައިސާ ދޭންޖެހޭތީ އެމީހުން މަރަންވެގެން މި ސަރުކާރުން ހިންގާ ކަމެއްމީ،

 6. ކިނބޫ

  ކޮވިޑަށް އޮޅުނީ؟

 7. މިލްނާ.

  ތިދޭ ޚާއްސަ ހުއްދައިގެސަބަބުން މިކަން ގޯސްވަނީ.ތިނަދޫވެސް ކަރަންޓީން ކުރަން ޖެހުނީ ޚާއްސަ ހުއްދައިގެ ސަބަބުން.

 8. ަސދަސދ

  ހާއްސަ ހުއްދަ އޮވެއްޖެއްޔާ ކޮވިޑްވައިރަސް ބިރު ގަންނާނެ !!!

 9. ނޫމަސް މަޑި

  ތިދޭ ޚާއްސަ ހުއްދައެއްގެ ސަބަބުން މިކަން ކޮންރޯލް ނުވެގެން މިއުޅެނީ.ސަރުކާރުން ބޭނުންވަނީ ކޮވިޑް ބޮލުގައަޅުވާފަ ދައުލަތުގެ ބަޖެޓް ބޭރުގެ އެހީ ދިރުވާލަން.