ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ކަރަންޓިންވުމަކާއި ނުލާ ރަށްތަކާއި ރިސޯޓްތަކުގައި އުޅެވޭއިރު، މާލެ އިންނާއި ރިސޯޓްތަކުން ރަށް ރަށަށް ދާ މީހުން ކަރަންޓީންވާން ޖެހޭ ގޮތަށް އުސޫލު ހަދާފައި ވަނީ ކީއްވެގެން ކަން ތަފްސީލު ކޮށްދީފިއެެވެ.

މިކަން ތަފްސީލު ކޮށްދެއްވާފައި ވަނީ ޖަޒީރާ ސައްލާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި މިއަދު މެހްމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގެވެ. މިއީ ރައްޔިތުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތަކަށް ޖަވާބުދިނުމަށް ބާއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ރައްޔިތުން ކުރާ ސުވާލުތަަކަށް ޖަވާބުދެމުން ދާނެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ އިކޮނޮމީވެސް ހުޅުވަން ޖެހޭ ކަމަށެވެ. އެއީ މީހުންގެ ވަޒީފާ ތަކާއި ރާއްޖޭގައި ދެން ހުރި އަސާސީ ހިދުމަތްތައް ދިނުމަށް، ފަތުރުވެރިކަަމަށް ބަރޯސާ ވާން ޖެހޭއިރު، ފަތުރުވެރިކަން ހުޅުވާލަން މަޖުބޫރުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިގޮތަށް ހުޅުވާލާފައި ވަނީ ފިޔަވަޅުތަކަކާއި އެއްގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާ ވަނީ ފަތުރުވެރިން ރާއްޖެ އައިސް ކަރަންޓީންވާން ނުޖެހި، މާލެ އާއި ރިސޯޓްތަކުގައި އުޅޭ މީހުން ކަރަންޓީންވާން ޖެހޭ ގޮތަށް ހަދާފައި ވަނީ ކީއްވެގެން ކަން ހާމަކޮށްފައެވެ.

"މީގެ ފަހަތުގައި އޮތް ޕްރިންސިޕަލްއަކީ ފަތުރުވެރިން އައިސް ރާއްޖޭގެ ރިސޯޓްތަކުގައި މި އުޅެނީ، ސްޓާފުންނާއި ނޫނީ އެހެން މީހުންނާއި އެހާބޮޑަށް މިންގަލްވާގޮތަކަށް ނޫން އާއްމުކޮށް އުޅޭ ހާލަތްތަކުގައި، ޓޫރިސްޓުން ވަރަށް ގިނައިން ފައްސިވޭ ރާއްޖެ އައިސް ފުރަން ސުންކު ނަގާފައިރު،އެކަމަކު އެ މީހުންގެ ފަރާތުން ރިސޯޓުގެ ސްޓާފުންނަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ، އެހާ ގާތުން މަސައްކަތް ނުކުރާތީ".

އަދި މިގޮތަށް ގެސްޓް ހައުސްއެއްގައި އުޅޭއިރުވެސް ސީދާ ސްޓާފުންނާއި މާގިނަ ހާލަތްތަކުގައި، ފަތުރުވެރިން ކައިރިން ދިމާނުވާ ކަމަށާއި، އެހެންކަމުން އެ މީހުންގެ ފަރާތުން ރަށުގެ ތެރެއަށް ބަލި އައުމުގެ ފުރުސަތު ކުޑަ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެން ނަމަވެސް މާލެ އިން މީހަކު ގޮސް އާއިލާ ކައިރީގައި ރަށުގައި ގޭގައި ހުންނައިރު، އަދި ރަށުގެ ތަންތަނަށް ގޮސް އުޅޭނެ ކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ގިނަ މީހުންނާއި މާބޮޑަށް ބައްދަލުވާ ކަމަށާއި، އެކަމުގެ ސަބަބުން ބަލި ފެތުރެން މެދުވެރިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެގޮތަށް ގޮސް ހުންނައިރު، އޭނާ ރަށުގެ ފިހާރަތަކަށްވެސް ދާނެ އެންނު، ގާތްތިމާގެ މީހުން ކައިރިއަށްވެސް ދާނެ، ހޮޅުއައްޓަށްވެސް ދާނެ، މިސްކިތަށްވެސް އަރާނެ، ކޮމިއުނިޓީއާ މާބޮޑަށް އިންޓަރެކްޓް ކުރެވޭ މާބޮޑަށް މީހުންނާއި ބައްދަލު ވެވޭ". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ބަލި ފެތުރިފައި ތަނަކުން، އާއްމުން އުޅޭ އެހެން ތަނަކަށް ގޮސް އުޅޭއިރު ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ލލ

  ސިޔާސީ ކޮވިޑް މިރާއްޖޭގައި އުޅެނީ، ސައިންޓިފިކް ކޮވިޑެއް ނޫޅޭ މިތާކު !

  88
  10
  • ލޮލްލޮލް

   ޖެހިގެން ކެއްސާއިރުން މަދާނަން އަހާލަން ކޮންކަހަލަ ކޮވިޑެއްތޯ؟

   14
   10
  • ސިޔާސަތު

   ކޮން ސިޔާސީއެއް ކިޔާކަށް. ގޭގައި މައިތިރިވެގެން އޮވެބަލަ. މާގިނަ ބަހަނާ ނުދައްކާ!

   5
   16
 2. ކސބ

  ތި ޒާތުގެ ދެކޮޅުނުޖެހޭ ކަންކަން ކިޔާ ދީބަލަ ކަލޭގެ ދަރިންނަށް.

  65
  10
  • ކިބޫ

   ކަލޭކަލޭ ކިޔާނެކަމެއްނެތް! ރަށުގައި އޮތްނަމަ މާރަނގަޅުވާނެ.

   3
   15
 3. ބަކަރި

  ޖަަނަވާރުތައް ލާރިކާން ކުރާ ކަމެއްތީ

  52
  6
 4. ކާޕެޓްވަގު

  އިންޑިއާ މީހުންނޫނީ މި ސަރުކާރުން ޖައްސާނީ ބަލާއާއި މުސީބާތް

  44
  5
  • ބީރުމީހާ

   އިންޑިއާއަށް ދިޔައަސް ކަރަންޓީނުނުވޭ އެކަމު މާލެއައިސް އެކަންކުރަންޖެހޭ ހަމަ ސިޔާސީ ކޮވިޑް އެޗްޕީއޭ އަކީ ސިޔާސީ ކުންފުްންޔެއް ޕޕމ މުޒާހަރާ ބުނީ ފައްސިތައް ގިނަވާނެ އަޖާއިބުވޭ މައިމޫނާ އަދި ނަޒުލާ އިސްތިއުފާ

   18
   2
 5. މަސްއޫދު

  ރައްޔިތުުުުުުުން މަސައްކަތްކުރެވޭގޮތައަް ވިސްނުމެއްނެތި ހަދައިފައިވާ އުޞޫލުއެއް! ރާއްޖޭޖެ އެކޮނަމީހެ ބޮޑުބައި ބިނާވެފައިވަނީ ރިސޯޓްތަކަުން ލިބޭއެއްޗަކުން! ރެސްޓޯރެންޓްތަކާ ސައިހޮޓާތަކާ ފިހާރަތަކާ އެކިއެކި ސިނާއީ މަސައްކުރާ ތަންތަނާ އިމާރާތް ކުރުމުގެ ދާއިރާއަކީވެސް އެކޮނަމީގައި މުހިއްމު ތަންތަނެވެ. މިކަންކަމަށް ރިއާޔަތްނޮކޮށް އުޞޫލު ހަސާނަމަ މިހާރު ތިޔަދައްކާ ވާހަ ގަބޫލެއްނުކުރެވޭ! އެހެންނޫނަސް ނަޒުލާއަކަށް ތެދުވާހަކައެއްނުދެއްކޭނެ!

  44
  4
 6. ާއަހުމަދު

  ރާއްޖެއަށް ގެސްޓުން އަންނަނީ ކޮވިޑު ނެތް ގައުމުތަކުން

  25
  9
 7. ނަންރީތި ހުސޭނު

  ހީކުރިގޮތަ އް ތިކިޔާދިނީ ކަމުގެ އެ އްބަ އި. ގެސްޓުން އަ އިސް މު އައ އްޒަފުންނާ އެހާ ބޮޑަ އް މިންގްލް ނުވާކަމަ އް ޑރ. ޏަޒުލާ ބުނާ އިރު، ގެސްޓް ހަ އުސް ހުންނަރަށަކުން ނޫނީ ރިސޯޓަކުން ރަށަ އްދާމީހާ ކަޜަންޓީނު ވާންޖެހޭ ސަބަބު ކިޔާދީބަލަ. އަދި އިންޑިޔާ އިން ރާ އްޖެ އަންނަ ދިވެހިން، މަސަ އްކަތު މީހުން ކަޜަންޓީނު ވާނުޖެހޭ ސަބަބެ އް ބުނެދީބަލަ

  34
  2
 8. ހަހާ

  ޓްވަރިސްޓުން މުޅި ރަށުގަ ދުވާއިރު މިންގްލް ނުވާނެ ގޮތެއް ބުނެދެއްވަބަލަ؟

  43
  3
 9. ރޯދަ މުބާރިކް

  ހޮޅި ވާހަކަ! ހުސް ހޮޅި! ފުރަމަވެސް ސިޔާސީ ވީ..! ޢެޗްޕީ އޭ ދޫކޮށް ޖަޒީރާ ސަ އްލާ...! ކޮންކަމެ އް..!! ކަމަނާވެސް އެންމެފަހުން ތި ހޮޅިވީ..!! ވ. ދެރަ..!!

  41
  3
 10. ނ

  ދެން ކީއްވެ ގެސްޓްހައުސް ހުންނަ ރަށްތަކުންދާ މީހުން ކަރަންޓީންވާން ޖެހެނީ ؟

  35
  2
 11. އަލްޖިބްރާ

  މީނަވެސް މިހާރު ދައކާނެ ވާހަކަ ހުސްވީމާ މޮޔަގޮވަންފެށީ ! ރައްޔިތުން މަރާފަވެސް ޑޮލަރު ލިބުނީމަ ނިމުނީތަ ؟

  25
  3
 12. އެމަންޖެ

  އެއީ ޑޮލަރައް ދަހިވެތި ވެފައިވާލެއް ބޮޑުކަމުން.

  6
  1
 13. ވެކްސިން

  ނަޒުލާ ހުޅުމާލޭގެ މަގުތަކާއި ބީޗްތަކުގައި މާސްކް ނާޅާއުޅެނީ ކިތައް ކިތައް ދޮންމީހުންތޯ ބަލާލަން ވަޑައިގަންނަވަން ވީނުންތޯ؟ ދޮންމީހުން އުޅޭގޮތައް އުޅުނީމަ ވާނެގޮތް މިފެންނަނީ. އަހަރެމެންނަކީ އެބުނާ ގޮތެއްފޮތެއްނެތް ދޮންމީހުން އުޅެންބޭނުންވާބައެއްނޫން. މިފަސްގަނޑުގަ މިއަދު މިވަނީ ދިވެހިންނައްވެރެ ބޭރުމީހުންގެ ބާރުގަދަވެ ދިވެހިން މިވަނީ ކުޑަވެފަ. ދެރަކަމެއް.

  11
  1
 14. ކަލޯ

  އެޗްޕީއޭ ގައި ތިއުޅެނީ ހައްތަހާވެސް ސީޑީ ޕެލެޔަރުން ތިޔައް ލެއްވިއެއްޗެއް ޕުލޭ ވާނީ!

  4
  1
 15. މައިނާ

  ބަލަ ޚާއްޞާ ހުއްދަލިބިގެން މާލޭން ވަޑައިގަންނަވާ ސިޔާސީ ބޭބޭ ފުޅުން ރަށުތެރޭގެ ތެޅިބާލަނީ ކަރަންޓީނު ވެފަތޯ. ކިޔާއެއްޗެއް ދިމާކޮށްބަލަ ނަޒުލާގެ ...... ތީހަމަ ޕަޕެޓުން..

  6
  1
 16. އަދް

  ހާދަ ބޮޑަށް މިންގަލް ވެފަ އޭ މީނަ މި ހުރީ

 17. ގެސްޓޭ

  ގެސްޓްހައުސްތަކުން ފަތުރުވެރިންނާ ސްޓާފުންނާ އެހާ ދިމާނުވެ އުޅެވޭތަ؟ ގެސްޓްހައުސްތަކަކީ ކުޑަކުޑަ ތަންކޮޅެއް. ސިޑިއެއް ހުރިއްޔާ އެހާ ހަނިވާނެ. ކާން ހުންނަ ކުޑަތަންކޮޅުގައާ ފްރަންޓް ޑެސްކްކައިރީ ތޮއްނުޖެހި 3 ފޫޓް ދުރުގަ ތިބޭނެ ތަން އޮވޭތަ؟ ފަތުރުވެރިން އަތްލާ ހުރިހާ އެއްޗެހީގަ ސްޓާފުން އަތްލާ ކޮންމެ ފަހަރަކު އަތް ސެނިޓައިޒްކުރޭތަ؟ ރަށްރަށުގަ ފަތުރުވެރިން ތިބެނީ ހަމައެކަނި ގެސްޓްހައުސްގެ އެތެރޭތަ؟ ރޫމެއްގަ ގެސްޓަކު ކިނބިހިއަޅާ ކެއްސާފަ އޭސީވައިގެ ތެރެއަށް ވައިރަސް ދޫކޮށްލާފަ ރޫމުން ނިކުންނަ ތަނާ ސްޓާފަކު ވަދެ މަސައްކަތްކުރާއިރު ފަސޭހައަކަށް މާސްކް ތިރިކޮށްލައިފިނަމަ ވައިރަސް ނާރާނެތަ؟ ދައްކާ ހަމަނުޖެހޭ ވާހަކަ.

 18. ކަހާބިހި

  ފަތުރުވެރިން ރާއްޖެ އައިއްސަ ފުރާއިރު ޕޮޒިޓިވްވުމަކީ އެއްވެސް ވަރެއްގެ މުހިއްމުކަމެއް ނުވތަ ކަންބޮޑުވާންޖެހޭ ކަމެއް ކަމަކަށް މިމީހުންނަކަށް ހިއެއްނުވޭ. އެކަމުގެ ސަބަބުވެސް ބަލަން ބޭނުންވާހެނެއް ހިއެއްނުވޭ. އެކަން އެހެން އެވާ ގޮތެއް ނުބަލާ ތިބެ އެކަމު އެންމެ މޮޅު ގައިޑްލައިންތައް ހަދާފަ އޮންނަކަމަށް އެވަނީ. އަރަތެއް ދެން.