ގޫގުލް މެޕްސް އިން އައްޑޫގައި ހިންދޫ ފައްޅިއެއް ފެންނަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލަ ފެންމަތިކޮށް މީސް މީޑިއާގައި ޖެހި ޕޯސްޓަކުން ފެންނަނީ، ގޫގުލް މެޕްސް އިން އައްޑޫ ސިޓީގެ ގެއެއް ކަމަށް ބެލެވޭ ތަނެއްގައި ހިންދޫ ފައްޅިއެއް ކަަމަށް ޖޭ ޝްރި ރަމް ފައްޅިއެއް އިންނަ ތަނެވެ. އެ މީހާ އެކަން މީސް މީޑިއާގެ ސަމާލުކަަމަށް ގެނެސް ވަނީ މިއީ ކިހިނެއް ވާކަމެއްތޯ ސުވާލު ކޮށްފައެެވެ.

އަދި އެއްވެސް މީހަކަށް މިކަމުގެ މައުލޫމާތު އެނގޭތޯވެސް ސުވާލުކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، މީސް މީޑިއާއިން މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އިތުރަށް ސާފް ކުރަން ޖެހޭ ކަންކަން ސާފް ކުރަމުންގެންދާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އަދި އެ ކަން ބެލުމަށްފަހު އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ޑރ އިޔާޒް ޝެއިޚް އިލްޔާސް މެންގެ ބަސްފުޅެއް މިކަމުގައި ކޮންމެހެންވެސް ބޭނުން.

    99
    9
    • ލޮލްލޮލް

      އެހެން..އާން އެމީހުން ގޫގުލް މެޕް އަށް އެޕްރޫވް ކުރަނީ...ސަޅި ވާހަކަ ދައްކާ ގޮލައެއް މީ

      3
      2
  2. ހުއްބުލް ވަތަން

    ގޫގުލް މެޕްގަ ކޮންމެ މީހަކަށްވެސް ތަންތަން އެޑުކުތެވޭނެ.

    26
    15
  3. ބޭޗާރާ

    އަޅާނެ އަޅާނެ. މިހާރު އަޅާ ކިއްލާގައިވެސް ފައްޅިއެއް ހަދާނެ.

    52
    3
  4. ނަނާ

    ތިވާނީ އިންޑިޔާއިން އަޅައިދިން ޕޮލިސް އެކަޑެމީއަށް

    57
    3
  5. ކާރުއަލީ

    ގޫގްލްމެޕްސްގެ މިސަރަހައްދުގެ ކޮންޓްރޯލް އޮންނަނީ އިންޑިއާ މީހުންގެ އަތުގަ. އެހެންވީމަ ތިހެން ވެދާނެ. ބާބްރީ މިސްކިތް ހުރި ތަނަކީވެސް ކުރިން ތީގެ ތަނެއް ހުރި ތަނެއްކަމަށް ބުނެ މިސްކިތް ތަާލައި ފައްޅި އަޅާފައި ޗާޓް އަޕްޑޭޓް ކޮށްފަ އޮތީ. މެޕް ބަލާ ގިނަ މީހުންނަކަށް ނޭންގޭނެ ތީ ދޮގެއްކަމެއް. އެހެންވީމަ އެމީހުންގެ މަޤުސަދު ފުރިހަމަކޮށްފަ އެއޮތީ

    59
    3
  6. ސާފު

    އައްޑޫ ސިޓީއޭ ބުންޏަކަސް ނޭގޭނެ ކޮން ރަށެއްގަ ކަމެއް ތިބުނާ ފައްޅިއެއް ހު ރި ކަމަށް ދައްކަނީ ސިޓީ އެކުލެވިގެން ވަނީ ރަށްތަކެއްގެ މައްޗަށް ކޮން ރަށެއްގަ ކަން ބުނެދިން ނަމަ. ހިތަދޫ . މަ ރަދޫ . ފޭދޫ ހުޅު މީދޫތޯ ވެސް . ދެން ފުލުހުންގެ މަސައްކަތް ތިނިމުނީ ސާފުކު ރަންޖެހޭ ކަންތައް ސާފު ކު ރާ ވާހަކަ ބުނެފިއެއްނު .ދެން ޚަބަ ރެއް ނުވާނެ

    51
    3
    • Anonymous

      ފޭދޫ ލިޓަސް ފިހާރަ ހުންނަ މަގު އެއީ

      18
      1
  7. Anonymous

    ރައްޔިތުން ނަށް އޮޅުވާލެވޭނީ
    ހެއްދެވި ފަރާތަށް އެއްވެސް ކަމެއް ވަންހަނާވެ ވޮޑިގެންނުވޭ

    32
    1
  8. ރާއްޖެތެރޭ މީހާ

    ތީ ފޭދޫ، ގޫގްލް މެޕަކުން ނުދައްކާ! ތީ އެޑިކްކޮށްފަ! ފޭކް!

    8
    14
  9. ަްއަހުމަދު

    ކޮބާ އިމްރާން

  10. އަޙްމަދު

    މިއީ ހިތަދޫއެއްނޫން! މިއީ ސ. ފޭދޫ! މިހާރު ހީވަނީ އެތަން އިނީ ގޫގަލްއިން ނަގާފައިހެން! ނަމަވެސް ގޫގަލްއިން ސާރޗްކުރެވޭ!!!

  11. އަޙްމަދް

    ކީއްކުރާނީ ފައްޅިވެސް އަޅާނެ ޗާޗުވެސް އަޅާނެ!
    މިއަދު މިސްކިތް ތަކުގައި ހެދޭ ފަރުޟު ފަސްނަމާދުގެ ޖާމާޢަތްތަކުން ފެއްނަ ޝޭޚަކުނެތެވެ. ޢެ ޖަމާޢަތްތަކުގައި މީހަކު އަތްފުނާ އާޅައިފިނަމަ އެއްމެ ޝޭޚަކު ނުވަތަ ދެ ޝޭޚަކު ފެނީދާނެއެވެ. އެވެސް އެއްމެ ފަހަތުސަފުން އިމާމާ އާއި އެކު ނުލިބުނު ރަކުއަތްތަށް ފުރިހަމަ ކުރުމުގައި ކާޅެއް ކާއެތިކޮޅު ކާލާ މިސާލުން ނިކަން އަވަސް އަވަހަށް ނިއްތަޅާތަނެވެ. ދެން ހިނދުކޮޅެއް ފަހުން ބަލާލާއިރު އެ މަޝްހޫރު ޝޭޚުންކުރެ އެއްމެ ޝޭޚެއްގެ ވަސްވެސް މިސްކިތުގައި ނުހުއްނާނެއެވެ...... އަދި ވަކިން ޙާއްސަ ގޮތެއްގައި ފަތިސްނަމާދުގެ ޖަމާޢަތުން މި މަޝްހޫރު ޝޭޚުންކުރެ އެއްމެ ޝޭޚަކުވެސް ފެނުމަކީ ނާދިރު ކަމެކެވެ. ކަޅު ގެރިއަކުން ހުދު އެއްމެ ކެހެރިއެއް ފެނުން ފަދަ މީސާލުގައެވެ....... މިއަދު އެ މަޝްހޫރު ޝޭޚުންތަށް “ދީން”ހިމާޔަތްކޮށް (ދީނަށްޓަކާ ޤައުމަށްޓަކާ) އޮތް ލޯތްބެއްގެ ބޮޑުކަމުން މިސްކިތްތަކުގައިހެދޭ ޖަމާޢަތްތަކުގެ މަތިން ހަނދުމަނެތި އަވަދިނެތި އުޅުއްވަމުން ގެންދަވަނީ އެބޭފުޅުން ނިސްބަތްވާ ޕާޓީ ނުވަތަ ޖަމުޢިއްޔާ ޖަމާޢަތްތަށް ހިންގާ ކުރިއެރުވުމަގައެވެ.

  12. ޖާބިރު

    ކަނޑައެޅިގެން ފޭކް ހަބަރެއް ޖެހުމުގެ ބޭނުމަކީ ކޮބާ ؟
    ބްލޫ ޕައިންއެޕަލް ކިޔާ ފިހާރައެއް ތިޔަ ބުނާ ލޮކޭޝަން އިން ފެންނަނީ. ފައްޅިއެއް ނޫން.
    ތެދު ދޮގު ނުބަލާ ޙަބަރު ލިޔުމުން އެލިބޭ މުސާރަ ހަލާލެއްވެސް ނުވާނެ. ގިޔާމަތް ދުވަހުން އެކަމާއި ސުވާލުވެސް ކުރެވޭނެ.
    ﷲ އަށް ބިރުވެތިވޭ ދަރިންނޭ ! މިނޫނަސް ދުވަހެއް ވޭ!

  13. ނަމަ

    ގޫގުލް މެޕްސް އިން ނަސީބެއްނު މޯދީގެ ގެރީގެބޯ ނުދައްކާ ކަން

  14. ޒާހި

    ގޫގަލް މެޕަކުން ނުދައްކާ ތީދޮގު

    2
    1