ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފަހުން މާބަނޑުކަން އެނގުނަސް ބަނޑުގައި އޮތް ދަރި ވައްޓާލާކަށް ނުޖެހޭނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވެފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ކޮވީޝީލްޑް ވެކްސިންއާއި ބެހޭ މައުލޫމާތު ތަކެއް ހިއްސާ ކުރަމުންނެވެ. އެގޮތުން ފައިސަލް ވިދާޅުވީ، އެ ވެކްސިނަކީ އެއީ އަތުގެ މަސްގަނޑަށް ޖަހާ ވެކްސިނެއް ކަމަށެވެ.
މި ވެކްސިންގައި ދެ ޑޯޒު ފުރިހަމަ ކުރަން ޖެހޭ ކަމަށާއި ފުރަތަމަ ވެކްސިން ޖަހާތާ 4 ހަފްތާގެ ތެރޭގައި ދެވަނަ ޑޯޒު ޖަހަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
18 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ދޭއިރު އޭގެ ތެރެއިން މާބަނޑު މީހުންނާއި ކިރުދޭ މީހުންނާއި އަދި ބައެއް ކަހަލަ އެލާޖީތައް ހުންނަ މީހުން އިސްތިސްނާވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
އެހެން ނަމަވެސް ފައިސަލް ވިދާޅުވީ، ކޮވިޑް-19 ވެކްސިން ޖެހުމުގެ ކުރިން ބަލި ޖެހިފައި ހުރިތޯ ނުވަތަ މާބަނޑުތޯ ބަލަން ޓެސްޓު ކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި މާބަނޑުމީހުންނަކަށް ނުދޭނެކަން ފާހަގަކުރައްވަމުން ވިދާޅުވީ ވެކްސިން ޖެހުމުގެ ފަހުން މާބަނޑުކަން އެނގުނަސް ދަރިވައްޓާލާކަށް ވެސް ނުޖެހޭނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
މީގެއިތުރުން ގާތުން ކިރުދޭ މައިން، ވެކްސިން ޖެހުމަށްފަހު ކިރު ދިނުން ހުއްޓާލާކަށްވެސް ނުޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ އިއްޔެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފައެވެ.
ޢިންޑިއާގެ ވެކްސިނަށް ޑރ ފައިސަލް ހާދަ ތާއީދެއް ކުރެފޯ
މިކިޔަނީ ދަރިފުޅު ވައްޓާލާ ވާހަކައެއް ނޫން. މިކިޔަނީ ވެކްސިން ޖެހިފަހުން ޕްރެގްވެއްޖެ ކުރާނެ އަސަރަކީކޮބާހޭ؟
ތިއެއް ބުނެދޭކަށް ނޭނގޭނެ. އެއް އަހަރު ތެރޭގައި ފައްކާކޮށް އާންމުކުރާ ވެކްސިނަކުން ދިގު މުއްދަތުގައި ކުރާނެ އަސަރުތައް ދެނެގަނެވުމަކީ ނީދިރު ކަމެއް.
މިކިޔަނީ ދަރިފުޅު ވައްޓާލާ ވާހަކައެއް ނޫން. މިކިޔަނީ ވެކްސިން ޖެހިފަހުން ޕްރެގްވެއްޖެ ކުރާނެ އަސަރަކީކޮބާހޭ؟ ދަރިޔަށް އެއްވެސް އަސަރެއް ކުރާނެހޭ؟
މި ހީވަނީ އެ ހެދިއިރު އެތާގައި އެކަކަށް އުޅުނު މީހެއްހެން. ޑރ އަކަށް ވިޔޭ ކިޔާފަ ހުރިާއެއްޗެއް އެނގޭކަމަށް ހެދުމަކީ ކިޔާ ހަޑިކަމެއް!!