ދެވަނަ ބުރުގައި ސިފައިންނަށް ލިބުނު ކޮވިޑް-19 އެލަވެންސް ސިފައިންނަށް ނުދީ، ސިފައިންގެ ކުޅިވަރު ތަރައްގީ ކުރަން މަޝްވަރާތައް ފަށައިފިއެވެ.
ސިފައިންގެ މުޅި މުވައްސަސާގެ ކުޅިވަރު ތަރައްގީ ކުރަން މި އެލަވެންސް ހަރަދު ކުރުމުގެ މަޝްވަރާތައް ފެށިއިރު، މިއީ ސިފައިންގެ މުވައްސަސާއަށް ލިބުނު އެލަވެންސްއެއް ނޫނެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން ސިފައިންނަށް ލިބުނު އެލަވެންސް ހަަރަދު ކުރާނެ ދާއިރާތަކާއި، މެދު ގޮތެއް ނިންމުމަށް މިހާރު ވަނީ އަށް މެންބަރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ، އެނގިފައިވާގޮތުން މި ކޮމެޓީގައި މަޝްވަރާ ކުރާ ކަންތަކުގެ ތެރޭގައި ސިފައިންގެ ކުޅިވަރު ކުރި އަރުވަން އެލަވެންސް ހަރަދު ކުރުން ހިމެނެއެވެ.
ކޮމެޓީގެ ޗެއާ ބްރިގޭޑަރ ޖެނެރަލް އަބްދުއް ރަހީމް އަބްދުލްލަތީފް ސޮއިކުރައްވާ ނެރުނު ލިޔުމެއްގައި ވިދާޅުވެފައި ވަނީ އެންމެހާ ސިފައިންނަށް ދެމެހެެއްޓެނިވި އަދި ފައިދާ ކުރާނެ ގޮތަކަށް ބޭނުން ހިފުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި މެދު ދަނީ މަޝްވަރާ ކުރަމުންނެވެ.
"ކޮމެޓީން ދަނީ ސިފައިންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން، މިގޮތަށް މި ކޮމެޓީން ބަލާކަންތައްތަކުގެ މައުލޫމާތު އެންމެހާ ސިފައިންނާއި ހިއްސާކޮށް ހިޔާލު ހޯދުމަށް ހުޅުވާލުމަށް ވަނީ ކަނޑައެޅިފައެވެ". "ވަަގުތު"އަށް ކޮޕީ ލިބިފައިވާ ލިޔުމުގައި ވިދާޅުވެފައި ވެއެވެ.
އަދި އެލަވެންސް އިން ކުރާނެ ބޭނުމެއް ކަނޑައަޅާނީ ހުރިހާ ސިފައިންގެ ހިޔާލަށް ބަލައި، އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ކަަމަށް ބްރިގޭޑަރ ޖެނެރަލް އަބްދުއް ރަހީމް އަބްދުލްލަތީފް ވިދާޅުވިއެވެ.
"ކުރީ ސަފުގައި މަސައްލަތް ކުރާ ފަރާތްތަކުން ސަރުކާރުން ދެއްވާ ފްރޮންޓްލައިން އެލަވެންސްގެ ތެރެއިން ދެވަނަ ޓާމްގައި ސިފައިންނަށް ދެއްވަން ނިންމެވި ފައިސާ މިހާރު ވަނީ އެމްއެންޑީއެފްއަށް ލިބިފައި"
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ރަސްމީކޮށް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ބޮޑު ބލ.އެނުން މީހުންގެ ޙައްޤު ތައް ފޭރިގަތުމަކީ ތީ
ރައްޔަތު މިހާލަތުގައި ތިއްބާ ތިކުރަން އުޅެނީ ވަރަށް ދެރަަމެއް
ތިޔަ އެލަވަންސް ބޭނުންކުރާނެ ގޮތުގެ މަޝްވަރާ ކުރާނެ ޖާގައެއް އެބަ އޮތްތޯ ؟ ތީ ތިޔަ މަސައްކަތް ކުރި ފަރާތްތަކުގެ ޙައްޤެއް ތިޔައީ މުޅި މުއައްސަސާއަށް ދެވުނު އެހީއެއް ނޫން
ތީ ފުރޮންޓްލައިންގައި ރެޔާދުވާލު މސައްކަތްކުރި މުއައްޒަފުންގެ ހައްގެއް އެ މީހުންގެ ހައްގު އެމީހުންނަށް ލިބެންވާނެ. މީހުންހެ ހައްގު ފޭރިގަނެގެން ކުޅިވަރު ތަރައްގީ ކުރާކަށް ނުޖެހޭނެ. ދައުލަތުގެ ފައިސާތައް ކައިހުސްކޮށްލާފަ ކުޅިވަރު ތަރައްގީނުކުރެވުނީމާ މީހުންގެ ހައްގުތައް ފޭރިގަތުމަކީ ބޭއިންސާފެއް.
ސިފައިންގެ ނުތިބޭވިއްޔާ ޚަރަދު ކުރާނެ އަނބިދަރީންނެއް. ބިލް ދައްކާކަށް ކުލިދައްކާކަށްވެސް ނުޖެހޭ. ކޮވިޑްގެ ނުރައްކަލުގަ އަނބިދަރީންނާވަކިން ކުރި މަސައްކަތް ބޭކާރެއްނު މިވީ. އަޅެ އެމީހުންގާތު އަހާފަތަ ބޭނުންކުރަން ތިއުޅެނީ.
ކުރިންވެސް އެހާވަރަށް މަސައްކަތް ކުރީމަ ލިބުނީ އެއްމެ 7000ރފ ގަޑު.
ކުރިންވެސް އެހާވަރަށް މަސައްކަތް ކުރީމަ ލިބުނީ އެއްމެ 7000ރފ ގަޑު.މީ ހަގީގަތުގަ ވަރަށް ދެރަކަމެއް
މާރީތި ވީހެއްނު ބޭރު ޤައުމުތަކަށް ނޮގޮސްވާނޭހެން ހެލްތް ސެކްޓަރގެ ފެންވަރު ރަނގަޅުކުރަން ހޭދަކުރިއްޔާ! ބޯ ހަލާކު.
ކޮންކުޅިވަރެކޭ ކިޔާކަށްތަ، ތީތިކޮޅުވެސް ކާލާނެ ގޮތެއް ނޭގިގެން ތިޔަ އުޅެނީ...
ޢެއްބަހެއް ނޫން ކުޅިވަ ރަށް... ފު ރާނަ އަތްމައްޗަށް ލައިގެން އެމީހުން ކު ރިމަސައްކަތް ބޭކާރު އެއްޗަކައް ތިވީ.. ތިހެން ނެހެދޭނެ .
6މަހުން މަށައްވެސް ލިބުނު 500 ރރރރރރޜުފިޔާ މަބޭނުން ތިތަނައް އެފޮނުވަން އެކައުންޓުނަމްބަޜުފޮނުވާ ޓުޜާންފަޜކުރަން.
ފައިސާ ނެތީ
ތިޔައީ އެއްވެސް އިންސާފެއްނޫން ޖެނުއަ ރީ މަހު ބަހަން ބުނެފައި އޮތް ފައިސާއެއް މިހާރު ކީއްތިއަކު ރރރރރރރރީ އެއްވެސް ކަމެއްގައި ތިޔަތާ ވެ ރިންގެ ބަހުގެ އިތުބާ ރެއްނެއް.. މިވަ ރު ނުލަފާ ލީޑާސިޕެއް އަދި ދުވަހަކު ނުދެކެން މިމީހުން ބޭނުންވާއިރައް އެބަޔަކައް ހިތުހު ރި މަގާމެއްދީފަ މަސައްކަތުގައި ހޭދަކުރާދަށު ރޭންކުތަކުގެ ކުދިންނައް ހިތުހު ރި ގޮތެއް ހަދަނީ ..ކޮން ކުޅިވަ ރެއް ތިޔަ އުޅެނީ ފައިސާ ގަނޑެއް ވީމާ ތިޔައައް ހިޔާނާތްތެ ރި ނުވެވިގެން.. ލަދުނުގަންނަ ލީޑަ ރ ސިޕެއް..
މާރިޔާ ދިން ހަދިޔާއެއް އިނގޭތޯތީ.
ބަލާއެއްތާ ކޮންކުޅިވަރެއް އަނގަޔާ އަތާ ދިމާ ނުވާއިރު ތިޔަ ފައިސާ ކާނުލާ އެކިދިންނައް ބަހާ....ބޮޑުމަގާމުތައް ޖަހަން ހަމަޖައްސާފަ ހުރިލާރި ކުޅިވަރައް ހަރަދުކިރޭ..ޕްލީސް މާރިޔާ ދީދީ...މިނޫން ދުވަހެއް އޮތްކަން ހަނދާންކޮއްލަބަލަ...
މަށަށް ކޮން ބލއއ؟
ކިހާ ބޮޑު ބަލާއެއް،ބައެއް ސިފައިން އެތައް ޤުރުބާނީއެއް ވެގެން ކުރި މަސައްކަތަށް ސަރުކާރުން ދޭ ޢިނާޔަތް ބަނޑުއަޅާލަން މިހާރު ތި ގަސްތުކުރަނީ. އަބްދުއްރަހީމް ދެދޭތެރެ ތަރައްޤީ ކޮށްބަލަ
ސިފައިން ގެ އެންމެންނަށް ތިކަމަކުން ފައިދާއެއްނުވާނެ. ޢެތަށްސިފައިންނެއް މިހާރުވެސް ތިބީ ތި އެލަވަންސް ލިބޭނެދުވަހަކަށް އަނބިދަރިންނަށް ހަ ރަދުކު ރަން. ތީ ވަ ރަށްބޮޑު ގޯހެއް ހެދޭ މި ދަތިޙާލުގައި. ކު ރިން މުއަސަސާއްށް ލިބޭ އެއްޗެއް ސިފަިންނަކަށް ނުބަހާ. ޥީއި ރު ސިފައިންގެ އަމިއްލަފަ ރުދަށް ހަވާލުކު ރަން ދިން ލާ ރި ދަތިހާލުގައި އުޅެ ދައްރޭންކުގެ ކުދިން ކައި ރަި އަހާނުލާ އެލާ ރި އެހެންގޮތެއްނިންމުން ވަ ރަށް ދެ ރަކަމެއް.
އަބަދުވެސް ތިތާ އެތެރޭގެ ހާލަތު. ތިތާ ވެރީން ވަރައް ގަދަވާނެ އެމީހުން ހިތުން. ތިހެން އެތާ އުޅުނު އަފްޒަލް ކިޔާ ސޮރަކުވެސް ޒަމާނަކު އުޅުނު. ކޮބާ މިހާރު؟ އަދި ހަމަ ނިކަމެތި ރައްޔަތު މީހާގެ ދަރަޖައަށް ތި އެންމެން ދާނެ ދުވަސް އަންނާނެ މާލަހެއް ނުވެ.
ފުލުހުންނަކަށް ނުލިބޭ
މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން. ސިފައިންގެ އާދައިގެ ރޭންކްތަކުގެ ގިނަ ސިފައިންނާއި އެމީހުންގެ އާއިލާތައް ތިބީ ކޮވިޑްގެ މިހާލަތުގައި ވަރަށް ދަތި ހާލުގައި. މިހެން ތިއްބާ އެމީހުންގެ ހައްގުތަކަށް އަރައިގަނެ ކުޅިވަރަށޭ ކިޔައިގެން ސިފައިންގެ ކަރަށް ފައިން އެރުން ކަހަލަ ކަމެއް ކުރަން ތިޔަ ރާވަނީ. ލިވިންގ އެލަވަންސާއި ދެންހުރި އެލަވަންސެއް ނަގައިގެން ބޮޑު މުސާރަ ލިބޭ ސިފައިންގެ ބޮޑުންނަށް އެއްޗެއް ނުވިސްނޭކަން މިއީ ހިތާމަހުރި ކަމެއް. ހަގީގަތުގައި ތިޔަ އެލަވަންސްކޮޅާއިމެދު މަޝްވަރާ ކުރަން ނުވެސް ޖެހޭ. މިހާރުން މިހާރަށް ސިފައިންނަށް ހައްގުވާ އެލަވަންސްކޮޅު ދީ އަވަހަށް ނިންމާލާ. އެހެންނޫނީ އެ މީހުންގެ ރުޅިގަނޑު ފަޅައިގެން ހިނގައިދާނެ.
އެހެންވެޔޭ މިބުނަނީ މިއީ ހަރާމުޖާދާ ނަހަލާލު ސަރުކާރެކޭ. ކޮވިޑް އެލަވަންކޮޅު ނުލިބިގެން ސިފައިންތައް ގޮތް ހުސްވެފައި ތިއްބާ ހެޔޮނުވާނެ މިހާލަތުގައި ކުޅިވަރޭ ކިޔައިގެން އެލަވަންސްކޮޅު ކާޅަން. ބަލަގަ އަނގަޔާ އަތާ ދިމާނުވެގެން އުޅޭއިރު ކުޅިވަރުތަ ނުކުޅެވިގެން މިއުޅެނީ. ކުޅިވަރޭ ފަޅޮލޭ ކިޔައިގެން ތިޔައުޅެނީ ތިޔަ އެލަވަންސް ކޮޅުވެސް ކާލަން. އަބްދުއްރީމުމެން ބޮޑު މުސާރަ ނަގާއިރު އާދައިގެ ސިފައިންގެ ކުދިން ތިބީ ލިބޭ އެތިކޮޅު މަދުވެ ގޮތް ހުސްވެފައި.
ސިފައިންގެއަށް ހަރަދުކުރާނީ ސަރުކާރުން ކޮންމެ އަހަރަކު ދޭނެ ބަޖެޓެއް ސިފައިންނަށް ލިބޭ ހައްގު ފޭރިގެން ނުޖެހޭ އެލާރިކޮޅު ނުދީ ހިފަހައްޓާކަށް ފުލެޓްތަށްވެސް ކުރިން ލިބުނުމީހުން އަތުން ނިގުޅާގަނެ އެމީހުން ބޭނުންވާ ބަޔަކަށް ދިނުމަށް ފަހުން އިއުލާނުކޮށްގެން ނުހައްގުން އެބަހަނީ
ތީކީއެއް ސިފައިން ބެނުނވާގޮތެއްނޫން. ތިހެންކިޔަފަ 250 އަށް ލިބޭ ކެރަމް ބޯޑެއް ވެސް ކަލޭމެން 10000ރ އަށް ލިބުނުކަމަށް ހަދާފަ ލާރިކޮޅު ކާލަން ތި ރާވަނީ. ސިވެކުން އެތައް މިލިޔަން ރުފިޔާއެއްގެ ޕްރޮޖެކްޓް ތައް ވެސް ނަގާފަ ސިފަިން ލައްވާ ހުރިހާމަސައްކަތެއް ކޮށްފަ ލާރިގަނޑު ދިރުވާލާ ގްރޫޕެއްނު ތީ. ދުވަހަކުވެސް ސިފްކޯއަކުން ވެސް ފައިދާއެއް ނުވެޔޯ އެތަނުން ނުކުރާވިޔަފާރިއެއް ނެތް. ކޭކޭއާ ބީކޭ އަދި ކޮންމެ ސިފައިންގެ މަރުކަޒެއްގަ ވިލިނގިލީ ފްލެޓްގަ އަދި މާލޭަވއސް ފްލެޓްއަޅަން ދީފައޮތް ބިންވެސް އެއްކޮށް ނަގައިގެން ބިޑެތި ފިހާރަތަކާ ކެފޭ ތައް ހިންގަނީ ޢެއްވެސް ތަނަކަށް ކުލިދައްކަން ޖެހެނީއެއްނޫން އެއްވެސް ބިލެއް ދައްކންޖެހެނީއެއްނޫން އެކަމު އޯޑިޓެއްކޮށްފީޔާ މިލިޔަނުން ގެއްލުވެފަޔޯ އޮންނަނީ ކެވިފަތާއޮންނާނީ އެކަމު އެވަރުވެސް މަދުވެގެން ދަށް ރޭންކްތަކުގެ މީހުނަށް ލިބުނު އެލަވަންސްކޮޅުވެސް ބޯލާނެގިތެއްނު ތި ރާވަނީ
ތިކަހަލަ ތާކުންތާކު ނުޖެހޭ ކަމެއް ނޫނިއްޔާ ކުރާކަށް ނޭނގޭނެ..ފުރަތަމަ އަހަންޖެހޭނީ މި ފައިސާ ހަރަދު ކުރުމުގެ ހުއްދަ އަކަށް..ތި ހަމަ ރޯކުރެވެނީ ހުޅެއް..އުއްމީދު ތަކެއްގެ ފުނޑުފުޑު ކޮށްލަނީ ތި..ކުޅިވަރަށް ހަރަދު ކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ މި ހާލަތުގަ..ތިކަހަލަ ކޫސަނި ކަންތައްތައް ހުންނާތީ ތިތަނުގަ މީހުން ހަރުނުލަނީ..މަމީ އެކަކު..
ވަގު ސަރުކާރު އިސްތިއުފާ!! އިސްތިއުފާ! ސިފައިން ތިލިބުނު ލައިރިކޮޅަކީ ދައުލަތުން ކުޅިވަރު ތަރައްގީކުރަން ދިން އެއްޗެއް ނޫނޭ!! އެކުދިން ކުރި ބުރަ މަސައްކަތަށް ލިބުނު އެއްޗެކޭ! ހަމަ މިހާރު ތި ފައިސާ ސިފައިންނަށް ބަހަންވީ!! އަމާރިޔާގެ އަމާ ބަފާގެ ތަރިކަ މުދަލެއް ނޫން ތީކީ!! އިސްތިއުފާ ދީފަ ގެއަށް ރައްކާވޭ!!
ކުރީ ބުރުގަވެސް ހޭލާތިބެގެން ހޮސްޕިޓަލު އަޅާ، ފެސިލިޓީ ތަކުގަ ރިސްކުގަ އުޅުން މީހުނަށް މަދުންދީފައި ހުރިހާ އޮފިސަރުން ކާލީ ލާރިގަނޑު. އަދި މިވާހަކަ ދެއްކުންވެސް މަނާކުރި. ވަގުތު ހިއްވަރެއް ހުރިއްޔާ ނިކަން މިކަން ބަލާބަލަ.
ތިފައިސާއިން އިންވެސްޓްކުރަން ބޭނުން ބޭކަލަކު ބޭނުން ތަނެއްގައި އިންވެސްޓްކޮށްފާނެ.
ފައިސާ އެބޭކަލުންނާއި ހަވާލުކޮށްދެއްވާ.
މާދަމާވެސް ގައުމަށް ދިމާވާ ކަމެއްގައި ތިއްބަވާނީ އެބޭކަލުން އަދި ދެރަގޮތެއް ވެއްޖެއްޔާ ބިކަވާނީ އެއާއިލާތައް.
ކީއްކުރާނީ ކޮވިޑްތެރޭވެސް ބޮޑުންބެލީ މަހުޖަނުންގެ ރިސޯޓްތަކަށް އާއިލާ ގޮވައިގެން ގޮސް ކޭކްފަޅާ މަޖާކޮށް ޕާޓީ ބާއްވާ ރިސޯޓް ރެސްޓޯރެންޓްްއިން ހަބަޑަށް ކައިގެން މަހުޖަނު ކަންނެޔޮ އަޅާގެން ޅަފުރާގެ އަންހެން ކުދިން ކުރިމަތީގައި ބައިތިއްބާގެން ނަށާ ގައިގައި އުގުޅި ކަންކަން ކުރާއިރު ދުނިޔެފަަޅާ ހިނިގަޑު އަޅަން އެއްބަޔަކު ތިބީ. ރިސްކު ނަގާ އެންމެ ނާޒުކު ވަގުތު ކެރިގެން ނިކުމެ ގުރުބާނީވީމާ އެހެން ގައުމު ތަކުގައި އިއުލާން ކުރާތީ ރާއްޖޭގައި ވެސް ފްރޮންޓް ލައިން ހިދްމަތްތެރިންނަށް އެލަވަންސް އިއުލާންކޮށްލީ. ލާރިދޭ ވަގުތު ޖެހުނީމާ ބޮޑުންނަށް މި ހައްގުވާނެ ގޮތެއް އޮތްތޯ ދެފަޔަށް ހިނި އަރާގެން ތެޅިގަތީމަވާނެ ގޮތް އެފެންނަނީ. ކުޅިވަރު ތަރައްގީ ކުރަން މިޖެހުނީ ސިފައިންގެ އާއިލާ ގުރުބާންކޮށް މީހާ ނުރައްކަލުގެ ތެރެއަށް ހުށައެޅިގެން އުފުލި ގުރުބާނީން. އިންޑިއާ އޮތީ ސިފައިންނަށް ކުޑަކުދިންގެ ޕާކު ހަދައިދީ ސީސޯ ބަހައްޑާދީ ޝޫޓިންގތައް ހެލްކޮޕްޓަރު ތަކުގައި ޝޫޓްކޮށްްދީ ރާއްޖެއިން ބައެއް ބެގީ ތެރެއަށް ލައިގެން. އެހީވާނެ ދާއިރާއެއް ނެތިފައި. ކުޅިވަރު ވެސް އެމީހުންނާ ހަވާލުކުރަން ފެނޭ. ދެން ފަހަރަކު ހާރިސާއެއް ދިމާވީމާ ގެންނަންވާނީ ހުސް އިންޑިއާ މީހުން. އޭރުން ރުޕީސްއިން އެލަވަންސުވެސް ދެވޭނީ
މަށަށް ލިބެންޖެހޭ ފައިސާ އަށް ވާންވީ ގޮތް ނިންމާނީ މަ. ކޮމިޓީ އަކަށް ނޭނގޭނެ އެއަށް ގޮތް ނިންމާކަށް. ހޫ. މީހުންގެ ހައްޤު ތަކާ ކުޅެން ނޫޅެބަލަ. ކިހާ ބޮޑު ބލއއ
ބުރި ބިންދަިގެން ދާވަރަށް މަސައްކަތް ކެރީމަ ލިބުނީ އެންމެ 7000 އަދި ބައެއްކުދިންނަށް އެބަހުރި 3000ވެސް ލިބިފަ. ފެސިލިޓީތަކުގަ އެއްވެސް ކަމެއްނުކޮށް ތިބޭ އެހެން ފަރާތްތަކަށް 14000 ލިބޭއިރު މިއީ ވަރަށް ބޮޑު ބޭއިންސާފެއް. އަދި މިފަހަރު އެއްވެސް އެއްޗެއް ނުލިބުމަކީ ބައެއްގެ ހައްގުތަކަށް އަރައިގަތުން!
ފު ރާނަ އަތްމައްޗަށް ލައިގެން އެމީހުން ކު ރިމަސައްކަތް ބޭކާރު އެއްޗަކައް ތިވީ.. ތިހެން ނެހެދޭނެ .
ޕިސްޕިސް މީދެން ކިހާ ހެއްވާ ޖޯކު ވާހަކައެއްތަ
ތިޔަ އެލަވަންސް ބޭނުންކުރާނެ ގޮތުގެ މަޝްވަރާ ކުރާނެ ޖާގައެއް އެބަ އޮތްތޯ ؟ ތީ ތިޔަ މަސައްކަތް ކުރި ފަރާތްތަކުގެ ޙައްޤެއް ތިޔައީ މުޅި މުއައްސަސާއަށް ދެވުނު އެހީއެއް ނޫން
ސިފައިންގެ ނުތިބޭވިއްޔާ ޚަރަދު ކުރާނެ އަނބިދަރީންނެއް. ބިލް ދައްކާކަށް ކުލިދައްކާކަށްވެސް ނުޖެހޭ. ކޮވިޑްގެ ނުރައްކަލުގަ އަނބިދަރީންނާވަކިން ކުރި މަސައްކަތް ބޭކާރެއްނު މިވީ. އަޅެ އެމީހުންގާތު އަހާފަތަ ބޭނުންކުރަން ތިއުޅެނީ.
ޕްރޮމޯޝަން ވެސްދިނީ ބޭނުން ބަޔަކަށް އެއްވެސް ޝަރުތެއް ބަލާނުލާ. ޝަރުތު ހަމަވާ ޚައްގުވާ ސިފައިން ބޭކާރު ކޮށްލާފަ.
ބަ އެލަވެންސް ކާލާނެ ގޮތެއް ނޭގިގެން ތެޅެނީ....ބޮޑު މަތިމަސް ކުމާރު...ތިޔަ އެލަވެންސް ދިނީ ސިފައިންނަށް ބަހަން މަތިމަސް ބޭނުން ގޮތަކަށް ކާކަށް ނޫން.....
ޅާރިކޮޅު ދިރުވާލަން ވިސްނަނީ، ހުރިހާ ސިގައިންވެސް ބޭނުންވާނީ ފައުސާ އަތައްލިބުން، ބޮޑުއަގުގަ ކުއްޔަށް އުޅޭ ސިފައިން ގިނަޢި..ތީ ކޮވިޑް އެލަވަންސްތަ. ނޫނީ ކުޅިވަރު އެލަވަންސްތަ
ދޭނެ ލާރި ނެތީމަ ދައްކާ ވާހަކަ
އަނބި ދަރިންނާ ދުރުގަ ސިފައިން އެ ހުރިހާ ދުވަހު ގެއަށް ނައިސް ހޭދަކުރީ ކުޅިވަރަށް ފައިސާ ހަރަދު ކުރާކަށް ނޫން. ތިތާގެ ވެރިންގެ މުސާރައިން ޗަންދާ ނަގައިގެން ކުޅިވަރަށް ހަރަދު ކޮށްބަލަ.
ހުރިހާ ސިފައިންގެ އެއްމަހު މުސާރަ ތިކަމަށް ނަގަންވީނު ، ކުޅިވަރު ތަރައްޤީކުރަން މާ ރަނގަޅުވާނެ.
ދިވެހި ޢަސްކަރިއްޔާއަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯތްބާއެކު، މަސައްކަތްކުރާ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް، މިދިޔަ އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ، ހިންގުމުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެވުނު. އަބަދުވެސް ދިވެހި ސިފައިންގެ އެންމެ އިސް ވާޖިބަކަށްވާނީ، ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް، އަމަންއަމާންކަން ޤާއިމުކުރުމާއި، ޢާންމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި، ސިފައިންނާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އަދާކުރުން.
2020 ގެ ރިޔާސީ ބަޔާން-
ތި ކާލަނީ ކާލަނީ ބައެއްގެ ޙައްޤު، ކުޅިވަރު ކުޅޭނެ ލާރި ނެތިއްޔާ ޑިގު ޖަހަން ތިބެންވީ