ވިއްސާރަވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެެރެފިއެވެ.

މެޓް އޮފީހުން ވިދާޅުވީ ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 14:00 އާއި ހަމައަށް ވިއްސާރަ ކުރާނެ ކަަމަށް ލ؛ަފާކުރެވޭތީ، ހުވަދު އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެެ.

ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، އެހެން އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެެ. ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ދެެކުނަށް ވެސް ބޯކޮށް ވާރޭ ވެހުން އެެކަށީގެން ވެއެވެ.

ވިއްސާރަކުރާ ވަގުތުތަކުގައި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، އެހެން ހިިސާބުތަކުގެ ކަނޑުތައް އާދައިގެ ގޮތެއްގައި މަޑުވާނެެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފަައެވެ. ރާއްޖޭގެެ ކަނޑުތަކުގެ ރާޅުގެެ އުސްމިނުގައި 2-5 ފޫޓު އުސްމިން ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަަށް ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

އާންމުގޮތެއްގައި މި ދުވަސްވަރު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުުން މޫސުމަށް ސަމާލުކަން ދީ ދަތުރު ފެށުމުގެ ކުރިން އެ އިދާރާއިން މޫސުމާ ބެހޭ ފަހުގެެ މައުލޫމާތު އޮޅުން ފިލުވައިގެން ދަތުރުކުރުމަށް މެޓު އޮފީހުން ވަނީ އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު