މ. ކޮޅުފުށިން ލ.ގަމަށް ދަތުރު ކުރި ތިން މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތައް ނައްސިވެއްޖެ އެވެ.

ކޮޅުފުށިން ފައްސިވި އެ ތިން މީހުންނަކީ މިމަހުގެ 20 އިން 24 އަށް ކޮޅުފުށިން އެރަށަށް ދަތުރުކުރި ތިން މީހެކެވެ. އެމީހުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މިހާތަނަށް އެރަށުން ސުންކު ނަގައި ޓެސްޓް ކުރެވުނު 29 ފަރާތްވެސް ނައްސިވެފައިވާ ކަމަށް އެރަށު ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެ މީހުންނަކީ ބޭސްފަރުވާއަށް އެރަށަށް ދިޔަ ބައެއް ކަމަށް ވެއެވެ.

ކޮޅުފުށިން ކޮވިޑް-19ގެ ވޭދަނަތައް ދަނީ ފެންނަމުންނެވެ. އެރަށުން އިއްޔެއާ ހަމައަށް 25 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެރަށުގައި ކޮވިޑް-19ގެ ވޭދަނަތައް ފެންނަން ފަށާފައި ވަނީ އެރަށުން މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ އަންހެން މީހާ މާލެ ގޮސްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އޭނާ ފައްސިކަން އެނގުމާއެކު އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު