އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ފައްސިވެފައި ވަނީ، އައްޑޫ ސިޓީ ހުޅުދޫ އެމްޓީސީސީ ސައިޓުގެ މަސައްކަތަށް އައި ދެ މީހެކެވެ.
އެޗްއީއޯސީން ވިދާޅުވީ، ފައްސިވެފައި ވަނީ ދެ ފިރިހެނުން ކަމަށެވެ.
އައްޑޫން މީގެ ކުރިންވެސް ވޭދަނަތައް ފެނިފައި ވެއެވެ.
ރާއްޖެއިން މިހާތަނަށް 15000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. ރާއްޖެއިން ފައްސިވި ގިނަ މީހުން ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ.
ރާއްޖޭގައި މިހާރު ބައްޔާއި ދެކޮޅަށް ވެކްސިން ބޭނުން ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
ފައްސިވި ދެމީހުން ފައްސިވިކަން އެގިގެން އެމީހުންނާ ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ސުވާލުކުރުމުން އެމީހުން ބުނެފައިވަނީ އެއްވެސް ފަރާތަކާ ކޮންޓެކްޓް ވެފައިނުވާކަމަށް - އެހެން ކަމުން ހުޅުމީދޫ އެމްޓީސީސީ ސައިޓުން އެއްވެސް ބަޔަކު އެކަހެރި ކޮށްފައިނުވާކަމަށާ އަދި އިތުރު އެއްވެސް ބަޔަކު ޓެސްޓް ކުރުމަށް ސާމްޕަލްވެސް ނަގާފައިނުވާކަމަށްވެސް ސިއްހީމަރުކަޒުން މައުލޫމާތު ދިންމީހާ މައުލޫމާތު ދީފައިވޭ
އެމީހުން ބުނާ ގޮތައް އިތުބާރުކޮށްގެން އެސައިޓުން އިތުރުބަޔަކު ޓެސްޓް ހަދަން ސާމްޕަލް ނުނެގުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް