ކޮވިޑް-19ގެ ގިނަ ވޭދަނަތައް ފެނުނު ގއ. ދެއްވަދޫ މޮނީޓަރިންގ ހާލަތު އުވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނީޓަރިންގއަށް ލާފައި ވަނީ ޖެނުއަރީ ހަތް ވަނަ ދުވަހު އެވެ.

ދެއްވަދޫއަށް ކޮވިޑް-19 ފެތުރުނުކަން އެނގިގެން ގޮސްފައި ވަނީ ޑިސެންބަރު މަހު 24ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވި ފަހުންނެވެ. އެރަށުން ފަހުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައި ވެއެވެ. އަދިއެރަށުން ގިނަބަޔަކު ފައްސިވެެސް ވެފައި ވެއެވެ.

އޭގެ ފަހުން އެރަށުން 69 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

އެޗްޕީއޭއިން އެރަށަށް ފޮނުވި އެންގުމުގައި ވިދާޅުވެފައި ވަނީ، އެރަށް އިތުރަށް މޮނީޓަރިން ހަލާތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތުމުން ރަށް މިހާރު މޮނީޓަރިން ހާލަތުން ނަގާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު