ފަހުގެ ތާރީހެއްގައިވެސް ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލި ކަމުގައިވާ ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ރާއްޖެ އައިސްފައިވާ ކަމަށް އައިޖީއެމްއެޗްގެ އެތެރެހާށީގެ ޑޮކްޓަރ އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
މުހައްމަދު އަލީ މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން މި ބައްޔަށް ފައްސިވުމާއި ގުޅިގެންނެވެ. ރާއްޖެއިން ފައްސިވެފައިވާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެފައި އަނެއްކާވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިއަދަދު ވަނީ ވަރަށް އިތުރުވާން ފަށާފައެވެ.
އެގޮތުން ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި އެކު ދުވާލެއްގެ މައްޗަށް މީގެ ކުރިން ފައްސިވި މީހުންގެ އަދަދު 50 އިން ދަށުގައި އުޅުމަށްފަހު، މި ބަލި ޖެހޭ މީހުންގެ އަދަދު ވަނި 100 އިން މައްޗަށް ޖެހިލާފައެވެ.
މުހައްމަދު އަލީ ވިދާޅުވީ، މީގެ ކުރިން ބައްޔާއި ހަނގުރާމަ ކުރި ގޮތަށް ދެންވެސް ކުރެވޭނެ ކަމަށާއި މިވަގުތަކީ މިއީ އެކަކު އަނެކަކަށް އިނގިލި ދިއްކުރަން ޖެހޭ ވަގުތު ނޫން ކަމަށެވެ. އަދި އެއްވެސް މީހަކު އުއްމީދު ދޫކޮށްލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެން އެއްކޮށް ގުޅިގެން، އެކަކު އަނެއްކެއްގެ ވިސްނުން ތަފާތުވިއަސް، އަޅުގަނޑުމެން ޖެހެނީ އެއް ވިސްނުމެއްގައި މި ކާވް ތިރި ކުރެވޭތޯ މަސައްކަތް ކުރަން" މުހައްމަދު އަލީ ވިދާޅުވިއެވެ.
ރާއްޖެއިން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މިއަދު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދެވޭނީ ސިއްހީ ދާއިރާގައި އުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ. އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންނަށް ކޮވިޑް ވެކްސިން ނުޖަހާނެއެވެ.
ރާއްޖެއިން މިއަދު 215 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، މިއީ ރެކޯޑެކެވެ. މީގެ ކުރިން އޮގަސްޓް ދެ ވަނަ ދުވަހުވެސް 215 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 16056 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނީ 1807 މީހަކަށެވެ. މީގެ ތެރެއިން 184 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 52 މީހަކު ވަނީ ނިޔާވެފައެވެ.
އިބޫ ސޯލިހަކީ ދިވެހިގައުމަށް ޖެހިފަ އޮތް ބަލާވެރިކަމެއް
ލޮކްޑައުންކޮށްފިއްޔާ މުޒާހަރާވެސް ކުރަންވީ.. ޖަނަވާރުތައް ޖައްސަނީ ހުސް ބަލާވެރިކަން
ރޯޔަލް ކައިވެނި ކުރި ފަހުން އެހެންމީހުނަށް ހުރިހާ މުސީބާތެއް
3 ނޫން 4 އަދި 5، 6 ، 7 ހަމަ ކުރިޔައް އޮތީ...މިވެރިކަން ނިމިގެންނޫނީ މިކަމުން އަރައެއް ނުގަނެވޭނެ.