ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި ސްކޫލްތައް އަލުން ބަންދު ކުރުން މި ވަގުތު ބުއްދިވެރި ނޫން ކަމަށާއި ކުރަންވީ ކަމަކީ ހުރިހާ ރައްޔިތުން ވެކްސިން ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާލުވީ ކޮވިޑް-19 ގެ ރޯގާ އަނެއްކާ ވެސް ރާއްޖޭގައި ފެތުރުން ބާރުވެ އޭގެ ތިންވަނަ ރާޅެއް އައިސްފައިވާ ކަމަށް ޑޮކްޓަރުން ސިފަކުރައްވާފައި ވަނިކޮށެވެ.

އިއްޔެ ރާއްޖެއިން 215 މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ. މިއީ މީގެ ކުރިން ވެސް 24 ގަޑިއިރު ތެރޭ އެންމެ ގިނަ މީހުން ފައްސިވި އަދަދެވެ. އެއީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ދެވަނަ ދުވަހުގައެވެ. އަދި މި ހަފުތާ ފެށިގެން ކޮންމެ ދުވަހަކު ވެސް 100 އަށް ވުރެ ވޭދަނަ ފެނެއެވެ.

މިކަމާ ގުޅިގެން އަނެއްކާ ވެސް ރާއްޖެ ފުރަބަންދު ކުރުމުގެ އަޑުތައް ގަދަވެފައިވަނިކޮށް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްކޫލްތައް އަލުން ބަންދު ކުރުމާއި ބޯޑަރު އަލުން ބަންދު ކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. މި ވަގުތަށް ބޭނުންތެރިކަމަކީ އަވަހަށް ވެކްސިން ޖަހައިގެން ބަލިން ރައްކާތެރިވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ އެޗްޕީއޭއާއި ހެލްތު މިނިސްޓްރީއިން އިތުރު އިޖުރާއަތްތައް އުފައްދަންވީ ވަގުތެއް ނޫން، ބުއްދި ބަހައްޓާ،" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.

ހޮސްޕިޓަލުތަކުގައި ވެސް މިހާރު 184 މީހަކަށް ފަރުވާ ދެމުންދާއިރު، މި އަދަދު މައްޗަށް އަރައިގެންދާ ނަމަ، ރާއްޖޭގެ ސިއްހީ ނިޒާމަށް ލޮޅުން އަރައި، ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދޭން ފަށައިފައެވެ. އެޑްމިޓް ކުރާ މީހުން ގިނަވާ ނަމަ، ބައެއް މީހުންނަށް ފަރުވާ ނުދެވި ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ކުރިން އޮތީ ދީފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 16056 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނީ 1807 މީހަކަށެވެ. މީގެ ތެރެއިން 184 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ. މިހާތަނަށް މި ބަލީގައި ރާއްޖެއިން 52 މީހަކު ނިޔާވެފައިވެއެވެ.

ބަލީގެ ޝިފާއެއްގެ ގޮތުގައި އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިންގެ 100،000 ޑޯޒް ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ވެކްސިނަކީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ގެރި ނާޑް

    ތި ވެކްސިނަކީ އިންޑިއާ އިން ތަހުލީލު ކުރުމަށް އުފެއްދި އެއްޗަކަށް ވެދާނެ ޓެސްޓު ކުރުމަށް ޖަނަވާރުންނަށް ޖަހާ އުސޫލުން ގެރިމޯދީ ދިވެހިން ގުރުބާން ކުރަނީ ކަމަށް ވެދާނެ މަށެއް އިތުބާރެއް ނުކުރަން ދިވެހިންނަށް ފުދޭވަރަށް އުފައްދާފަ ތައްވެސް ރޯކޮށްލިއްޔެއްނު ބުއްޅަ މެން ނަކީ 3 ނޮވެމްބަރުގަ ދިވެހިން ކަތިލާ ރަހީނު ކުރި މީހުން އެމީހުންދައްކާ ވާހަކަ ނުވާނެ ގަބޫލު ކުރާކަށް އަމިއްލަ އެދުމަށް ކޮންމެފަދަ ލަނޑެއްވެސް ދޭން ފަހަކަށް ނުޖިހޭނެ

    38
    2
  2. ކަބީރު

    ކޮވިޑު އިތުރުވި ވާހަކަ މީޑިޔާގައި އެބަ އޮތެވެ. އެއީ އިންޑިޔާއިން ސިއްރުންގަނެފައިވާ ފާސްނުކުރާ ވެކްސިން ޖެހުމަށް ބަރުއެޅުމަށް ޖައްސާ ސްޓަންޓެކެވެ.

    37
  3. Anonymous

    "ދުނިޔެއެއް ނުހުއްޓުވޭނެއޭ ރާއްޖެއެއްނުހުއްޓުވޭނެއޭ އިދިކޮޅަށް ޖައްސާފައޭ، ކެމްޕޭން ކުރާނީ ކޮވިޑަށް ހޭލުންތެރި ކުރަމުންނޭ"
    މިވެސް ބަޔަކު ދައްކާފަ ހުރި ވާހަކަތަކެއް.
    ﷲގެ އިރާދަފުޅާއިނުލާ ގަދަބަސް ބުނާ އިރު އިންސާނާގެ ބަލިކަށި ކަމާއި ނިކަމެތިކަން ހަނދާންނެތިފައި. އިދިކޮޅުން މުޒާހަރާ އަށް ނުކުތީމައެއްނޫން ކޮވިޑާއި މެދު ފަރުވާކުޑަ ނުކުރައްވާ ފިޔަވަޅުތައް އަޅުއްވާ. ފިޔަވަޅުތައް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ހަރުކަށި ކުރައްވާ. ވެކްސިން ޖެހިއަސް ﷲގެ ރައްކާތެރިކަމަށް އެދި ދުޢާ ކުރުން ހުއްޓާލައިގެން ނުވާނެ. އެކަލާނގެ ރައްކާތެރިކަންނޫން އެހެން ފަރާތެއްގެ ރައްކާތެރި ކަން އަހަރެމެނަށް ނުވޭ.

    33
    • ޑަބިޔަަ

      އަންނި ވާހަކަ ބަސަމަގު އަބަދުވެސް ހުންނާނީ އިބިލީހުގެ އުސޫލް. އަންނި ނުބާވެގެން ނުކުރަަނެ ކަމެއް ނޯންނާނެ

  4. ގާދިރު

    ރައްކާތެރިކަން ކަށަވަރޭ ކިޔާފަ ހުރިހައި ބެލެނިވެރިން މައްސުނި ވެގެން ދަރިން ބަލާ.... ސުކޫލް ތައް ހުޅުވިފަހުން އަދަދު ތައް އިތުރު ވެގެން މިއުޅެނީ އެހެން ޤައުމު ތަކުގަވެސް ކަންވީ މިގޮތަށް... ސުކޫލް އަށް ފޮނުވުން ނިމުނީ

    26
  5. އައްޑޫ މީހާ

    ކަލޭމެން ރަނގަޅު ވެކްސިން ޖަހައިގެން މީހުން އޮޅުވާލީ ދެން ސިކުނޑީގައި ތެއްކަމެއް ހުރި މީހެއް ވެއްޖެއިޔާމު އެނގޭނެ ދޯ ޑަބްލިއު.އެޗް އޯގެ ހުއްދަނެތް ވެކްސިނެއް ޖަހާނީ ޓެސްޓް ޑޯޒްކަން އިންޑިއާއިން އެެހެން ގައުމުތަކަށްވެސް ވެކްސިން ފޮނުވީ ޓެސްޓް ކުރަން ރައްޔިތުން އޮޅުވާލަން ނޫޅެބަލަ ދިވެހީންގެ ތެރެއިން މޑޕ މީހުން ކަލޭ ދައްކާ ގަމާރު ވާހަކަ ގަބޫލު ކުރިޔަސް އެންމެނެއް ގަބޫލެއް ނުކުރާނެ

    30
    2
  6. މޫސަ

    ބޮއްޅަބޭގެ ބަހަކީ ސަރުކާރުގެ ނިންމުން. ރާއްޖޭގެ އެންމެން އެކައްޗެއްކިޔަސް އެ ނިންމުން ސަރުކާރުން ބަދަލެއް ނުކުރާނެ.

    24
  7. ހެޔޮނުވާނެ

    މީނަ ދައްކާވާހަކަ އަޑުނާހާ މީމޮޔަސޮރެއް

    28
  8. ދިދަ ދަނޑި

    ނުވާނެ ތިކަމެއް..ތިޔަ ވެކްސިން ޖެހުންވެސް ބުއްދިވެރިއެއް ނޫން.. ބޯޑަރާއި ސްކޫލްތަކުގަ ބަގުޑި ބައްދައިގެން ތިބޭ..

    21
    1
  9. ރޯދަ މުބާރިކް

    މަޖްލީހު ރައީސް ވެކްސިން ޖައްސަވައިފީމެއްނު!.. 52 ދިވެހި ދަރިން މި ބަލީގަ ވަނީ ނިޔާވެގެން ގޮސްފަ..! ޅަ ދަރިންތަކެއްވަނީ ޔަތީމު ވެފަ..! މުސްކުޅި މަންމަ އާއި ބައްޕަ ވަނީ އުއްމީދެއްނެތިފަ...!! މަނިކުފާނާއި، މަނިކުފާނުގެ ޢާއިލާއާއި، މަނިކުފާނުގެ ސަރުކާރުގެވެރިން ސަލާމަތުން ތިއްބަވާ..! މިހާރުވެސް ސްކޫލުތައް ހިންގަނީ މަޖްބޫރު ކޮށްގެން..!!..އަޅުގަނޑުމެންނަށް ތި އަނިޔާ ނުކުރައްވާ..!!

    26
    1
  10. ޕޭރަންޓް

    ބައްލަވާ ގިނަ ސްކޫލް ގަ އުޅެނީ 18 އަހަރުން ދަށް ކުދިން. ވެކްސިން ޖެހެނީ 18+ އަށް. #ބުއްދިބަހައްޓަވާ

    24
  11. ސަންތިމަރިޔަބު

    ކުރަންވީ ކަމަކީ ވެކްސިން ޖެހމެއްވެސް ނޫން ﷲ ގެ މަގަށް ރުޖޫއުވެ އެކަލާންގެ ޝަރިއްޔާ ތަންފީޒުކޮށް ކީރިތި ގުރުއާން އާއި ރަސޫލާގެ ސުންނަތައް އަމަލްކޮށްފާއި ދެން ވެކްސިންވެސް ޖަހަން ވީ

  12. ސިޔާސީ ހާސަރު

    މަހަމަ ހައިރާން! އަޅެފަހެ ކިހިނެތްތަ ކަލޭމެން ގެ ތިޔަބުނާ ޓެކްނިކަލް ޓީމަށް ތާއީދުކުރާނީ! ކަލޭމެން ކޮބާތަ މިރާއްޖޭގެ ރަށެއް ކީއްކުރަން ފަޅެއްވެސް ނެތިއްޔޭ ވިއްކާނުލާ! ކޮން މިނިވަންކަމެކޭ ކިޔާކަށް ކަލޭމެން! ކަލޭމެންވަރުގެ ބަޔަކަށް ކިހިނެތް އިތުބާރުކުރާނީ! ކަލޭމެން މޮޔަނުގޮވަބަލަ! މިތާކު ރަނގަޅު އެއްބަޔަކުވެސް ނެތް! ހަގީގަތާ ކުރިމަތިނުލަނީ އޭރަކު އޮތްސަރުކާރަކުން ލިބުނު ނަހަލާލު ލާރިގަނޑުގެ ގިނަކަމުން! މިއީ ކަންއޮތްގޮތް! ބޭކާރު އަނގަނުތަޅާ! ކަލޭމެން ޤިޔާމަތްދުވަހުން ދައްކާނީ ކޮންވާހަކައެއް، ކަލޭމެންގެ ވާހަކައިން ނުސީދާކޮށްވެސް ފުރާނައެއްގެއްލިއްޖެނަމަ! ވ އެދެން މިކޮމެންޓު ޖަހާލަދޭން.

  13. ހޮޅިސަރުކާރު

    މީނަ ބުނާ ގޮތަހައްތާދޯ މިނަޒްލާޔާ މައިމޫނަ މި ކަންތައް ކުރަނީ

  14. ވެކްސިން

    މަނިކުފާނަށް ކެ ރޭނެތޯ ގެ ރި މޯދީ ތިބޭފުޅަގެ ވެދުމަށް އެ ރުވި ވެކްސިންއާ ލާ ކަމެއް ކު ރަން؟ ހަމަ ހިތުގަ އުފެދޭ ސުވާލެއް ވީމަ އައްސަވާލެއްވީ.. އެއްޗެކޭ ހީނުކު ރައްޗެ؟

  15. މޮޔަ މީހާ

    ހެޔޮނުވާނެ 2 ހަފްތާ އަށް ނަމަވެސް ސުކޫލް ތަށް ބަންދުކުރޭ

  16. ސިނެކް

    ކަލޭގެ ބަލާޔާމުސީބާތާހެދި ދިވެހިޒުވާނުންނަކީ އެއްވެސް އަދަބުއަހުލާގެއް ނެތްބަޔަކަށް ވުމުގެ ހިތިނަތީޖާ މިގައުމުން މިފެންނަނީ

  17. ސިނެކް

    ދުވަހަކުވެސް މިފަދަނުބައިޖާހިލު ބަޔަކަށް މަގޭބަސް އެހިބަޔަކު ވޯޓްނުދޭތި

  18. ހުސޭނުބޭ

    ވީމާ ސޮކޫލުތަކުގެ ދަރިވަރުން ގެރިބަކަރީގެ ފެންވަރަށް ވައްޓާލާ އިންޑިޔާގެ ވެކްސިން ޓެސްޓްކޮށްދޭންވީތަ؟

  19. މަދިހާ

    ނުޖަހާނަން ތިޔަ އިންޑިޔާ ވެކްސިން ޤަބޫލް ނުކުރަން

  20. ބޮންދު

    ބޮޑު މޮޔަ ސްކޫލުތަކުގައި އުޅެނީ 18 އަހަރުން ދަށު ކުދިން، ވެކްސިން ޖަހަނީ 18 އަހަރުން މަތީ މީހުންގަޔަށް ފެން ކީއްވެ ސްކޫލްތައް ބަންދު ނުޖުރަންވީ؟ ކޮލެޖް ތައް ބަންދު އެހާ އުޅެނީ 18 އަހަރުން މަތީ ކުދިން ބޭބޭ ކޮންވައްތަރު ތިހުންނަނީ؟ މަތާހަރާބް!