މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެެރުނު އުސޫލުގައި ވިދާޅުވެފައި ވަނީ، މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކުު އަޅަން ޖެހޭނެ ކަމަށެވެ.
މާސްކު ނާޅާ ބޭރަށް ނިކުމެވޭނެ ހަތަރު ގިންތިއެއް މީގެ ތެރޭގައި ހިމެނެއެވެ. އެއީ:
- އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިން
- ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު
- އެހެން މީހެއްގެ އެހީއާންލައި މާސްކު އަޅައި، މާސްކް ނުނެގޭ މީހުން.
- ޓާ ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު،މަތީގައި ބަޔާންކޮށްފައިލް އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެެލްތ ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އެެފަރާތުުން އަންގާ ގޮތުގެ މަތިން އަމަލު ކުރެވޭނެ އެވެ
މި ފިޔަވަޅުތަކަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށާއި އިދާރާތަަކަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއިދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭއިން މި ފިޔަވަޅު އަޅާފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވުމާއި ގުޅިގެންނެވެ.
ބަލަގަ ކަލޭމެންނޫންތޯ ބުނީ މާސްކުއެޅުމަކީ މުހިމްމުކަމެނޫނޭވެސް ދެން މިއަދު ތިކިޔަނީކީކޭ ތިބުނާއެއްޗަކާ އަތަކާ އަގަޔަކާދިމާނުވޭ ބޭނުމެނޫން ކަލޭމެންގެ އިރުށާދު ގަބޫލުކުރާކައް
ތިހުރިހާ ކަމެތިކުރަނީ އިންޑިއާގެ ވެކުސިން ނުޖަހާގެން އަހަރުމެން ނުޖަހާނަނަން
ކޮމްމެކަމެ މަޖުބޫރުކޮއްގެން ރައްޔަތުން ފެލާލައިގެން ސަރުކާރުހިންގަން ދިމާކޮއްފަ ތިތިބީ ދުވާލަކު 100 ފަހަރު ޖޫރިމަނާކުރިޔަސް ހަމަ ހަރާން އެމްމެ ރުފިޔާއެއްވެސް ނުދޭނަން
މާމިގިލީ ކައުންސިލަރުން ނެއް ނުބަލާ، ފުލުހުން ނެއް ވެސް. މާލެއިން މާމިގިލިއަށް އަންނަ މީހުން ކަރަންޓީނުގަ ތިބޭ މީހުން ރަށުގެ މަގުތައް މަތީ ނިކުމެ އުޅެނީ، ފިހާރަތަކައް ވެސް ގޮސް. ކިތައްމެ ވަރެކަށް ރިޕޯޓް ކުރިޔަސް ނުބަލާ.
ކަލޭ ހުސް ފޭކް ވާހަކަ ތި ދައްކަނީ ކުރިންވެސް މަޖްބޫރު ލިޔާނެ އެއްޗިސް ހުސްވެގެން
ހެއްވާ. ވ. ވެއްވާ ތިޔަކަން ނުކުރާމީހާއަށް އޮތީ ކޮންއަދަބެއް. ތިޔަކަން ބަލަނީކާކު. ހިނިއަންނަނީ އެޗް.ޕީއޭ
އިންޑިއާ އިން އުފައްދާ މާސްކް ބޯޑު އަގުދީގެން ގެނެސް ބަހާލަން ވީނުން.. ސަހަރޯ މިއޮއް ހިނގަނީ ދައުލަތެއްވާ