ޖެންޑާ މިނިސްޓްރީގެ އިސްނެގުމާއެކު ކުރިއަށް ގެންދާ "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމް"ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނުގައިވާ ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކުން އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ.

މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv މެދުވެރިކޮށް ލިބޭނެއެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މިކަމަށް އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާން ބޭނުންވާ ރަށުގެ ކައުންސިލްގެ އިދާރާއަށް ކަމަށެވެ.

އަދި އިތުރު މައުލޫމާތު ބޭނުންވާ ނަމަ ނަންބަރު 1421 އަށް ނުވަތަ އީމެއިލް މެދުވެރިކޮށް ނަމަ [email protected] އަށް މެއިލް ކުރެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މި ޕްރޮގްރާމްގެ މަގްސަދުތަކުގެ ތެރޭގައި ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި އިޖުތިމާއީ ހާލަތަށް ކުރިމަތިވެފައިވާ ދަތިކަން ހައްލުކޮށް، އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތްކުރުމާއި، އިގްތިސާދީ ދަތި ހާލަތުގެ ޒަރޫރިއްޔަތުގެ ތެރެއިން ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ހުރަސްތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ބޮޑެތި އަދަދުތަކުން ދަރަނިވެރިވަމުންދާ އާއިލާތަކަށް، އެ ފަދަ އާއިލާތަކުގެ ހާލަތު ބަދަލުކޮށް، އަމިއްލަ ފައިމައްޗައް ތެދުވުމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށެެވެ.

މި ޕްރޮގްރާމަކީ 500 އާއިލާއަކަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދެވޭ އެހީތަކުގެ ތެރޭގައި އެސްޓަބްލިޝްމަންޓް ސަޕޯޓު އެލަވަންސް، ދަތުރުފަތުރުގެ ހަރަދު ހަމަޖައްސައިދިނުމަށް ފޯރުކޮށްދެވޭ މާލީ އެހީ، ގޯތި ނުވަތަ އިމާރާތް މަރާމާތުކުރުމަށް ފޯރުކޮށްދެވޭ މާލީ އެހީ، ގޭބީސީގައި ހިފައިގެންގުޅޭ ތަކެތި ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީ އަދި ގޭބީސީގެ ފަރުނީޗަރު ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޯދަމުބާރަކް!

    ބަލި މަޑުކަމުން ހާލުގަ ޖެހުނު ރައްޔިތުންގެ މަޖްބޫރީ ހާލަތުގެ ފައިދާ ނެގުން މީ....! ހިތާމަ ހުރި ކަމެއް..!!

  2. ހެހެހެ

    ހުސް ކެނޕެއިން ސަރުކާރު ގެ ހެޔޮ އެދުމެއް ނެއްތާ އިންސާނިއްޔަތުކަމެއްނެތް

  3. ބޯގޯސް

    ތިޔައުޅެނީ އަނެއްކަ މަކުން ވައްކަންކުރަން 10 އާއިލާ ހަ މަވިޔަސް 500 އާއިލާގެ ލާރިގާނޑު ކަލޭ މެންވެރިންގެ ޖީބައްގަޅާލާނެ ކޮވިޑަކީ ހަ މައެކަނި ބަލީގެ މުސީބާތެއްނޫން ވައްކަ މުގެ މުސީބާތެއްވެސް މެ