ބޮލީވުޑުގެ ސްޕަރ ސްޓަރ އާމިރު ޚާން ކުރިއަށް އޮތް 11 މަސްދުވަހަށް ފޯނު ނިއްވައިލާ މުވާސަލާތީ ގުޅުންތައް މެދުކަނޑާލުމަށް ނިންމައިފިއެވެ.

ކުރިއަށް އޮތް މަސްތަކުގައި ފޯނު ނިއްވާލާ މުވާސަލާތު ކުރުމަށް ކުރީގެ ގޮތްތައް ބޭނުން ކުރުމަށް އާމިރު ޚާން ނިންމާފައިވަނީ އޭނާއަށް މާގިނައިން ފޯނު ބޭނުން ކުރެވޭތީ ކަމަށާއި އަދި އެކަމުގެ ސަބަބުން އޭނާގެ އާއިލާއަށާއި މަސައްކަތަށް އަސަރު ކުރާ ކަމަށް އާމިރުގެ މެނޭޖަރު ބުނެފައިވެއެވެ.

ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ އާމިރުގެ މެނޭޖަރާއި ގުޅުމަށް އެދި އާމިރު ވަނީ އޭނާގެ އެންމެ ގާތް މީހުންނަށް ޚަބަރު ކޮށްފައެވެ. މީގެއިތުރުން އާމިރުގެ މީސް މީޑިޔާ އެކައުންޓައް ވެސް ފިލުމު ''ލާލް ޗައްޑާ ސިންގް'' ރިލީޒްވުމާއި ހަމައަށް ބަލަހައްޓާނީ އޭނާަގެ ޓީމުން ކަމަށް ވެސް ވަނީ މަޢުލޫމާަތު ލިބިފައެވެ.

އާމިރު ޚާން މިހާރު މަސައްކަތް ކުރަމުންދަނީ ފިލުމު ''ލާލް ސިންގް ޗައްޑާ'' ގެ ނުނިމިހުރި ތާވަލު ކުރެވިފައިވާ ޝޫޓިންތަކެވެ. އެއަށްފަހު މި ފިލުމުގެ ޑައިރެކްޓަރ އެޑްވެއިތު ޗަންދަންއާއި އެކު ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރާނެ ކަމަށާއި މި ފިލުމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރ މަހު ކަމަށް ވެސް އާމިރުގެ މެނޭޖަރ ވަނީ ބުނެފައެވެ.

މުހައްމަދު އާމިރު ހުސެއިން ޚާނަކީ އެކްޓް ކުރުމުގެ އިތުރުން ޑައިރެކްޝަން މަސައްކަތް ކުރުމާއި ޓީވީގެ ''ޓޯކް ޝޯ'' އެއް ވެސް ހުށަހަޅައިދޭ ފަންނާނެކެވެ.

އާމިރު ޚާންގެ ފާހަގަ ކޮށްލެވޭ ކާމިޔާބު ބައެއް ފިލުމުތަކަކީ ''ޕީކޭ''، ''ޑަންގަލް''، ''3 އީޑިއެޓްސް'' ހިމެނެއެވެ.