ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން ޝަރުއީ ދާއިރާ މިންޖުވެފައިވާ ކަމަށާއި މައްސަލަތައް ނިންމުމުގެ މިނިވަން ކަން ކޯޓުތަކަށް މިހާރު އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ސޯލިހްގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ މީގެ ދެ އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޝަރުއީ ނިޒާމަށް ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.

ނަމަވެސް ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް މިދިޔަ އަހަރު ކުރަން ފެށި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވި ފަނޑިޔާރުންގެ ގާނޫނަށް މިހާރު ގެނެސްފައިވާ ބައެއް އިސްލާހުތަކަށެވެ.

"ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތް." ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދުލު އިންސާފު ކަށަވަރު ކުރުމަށް ޓަކައި ޝަރުއީ މަރުހަލާގެ ތެރެއިން އަންނަ ލަސްކަން އަވަސް ކުރަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ ކަމަށްޓަކައި ސާކިޓް ކޯޓް ތައާރަފް ކުރަން ބޭނުންވާ ގާނޫނުގެ ގާނޫނީ އޮނިގަނޑު އެކުލަވާލައި މި އަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.

މައްސަލަތައް ނިންމުމުގެ މިނިވަން ކަން ކޯޓުތަކަށް ލިބިދީފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ރައީސް ވެވަޑައިގެންފައިވާ އެންމެ ބޮޑު ވައުދުފުޅު ކަމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން މިހާތަނަށް ވެސް ބަދަލުކޮށްފައެއް ނުވެއެވެ.

ޖޭއެސްސީގައި މިހާރު އޮތީ އެމްޑީޕީގެ މެޖޯރިޓީއެވެ. އެ ކޮމިޝަންގެ ރައީސްއަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިނެވެ. ނައިބު ރައީސަކީ ރައީސް ސޯލިހްގެ މެންބަރު މަސްތޫރު ހުސްނީއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކޮމިޝަންގައި އިންނަވައެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އިންނަވައެވެ.

ޖޭއެސްސީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވެގެން އެ ކޮމިޝަން މެދުވެރިކޮށް ޝަރުއީ ކޯޓުތަކުގެ ބައެއް މައްސަލަތަކުގެ ތެރެއަށް ވަންނަމުންދާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރެއެވެ.

އެގޮތަށް އެންމެ ބޮޑަށް ކުރާ ސަބަބަކީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއިރު، އެ ކޯޓުގައި ހިނގި ޝަރީއަތް ހިންގަނިކޮށް ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް މައްސަލަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް ކުއްލި ގޮތަކަށް ސަސްޕެންޑް ކޮށްލުމެވެ. ޖޭއެސްސީއިން ނުފޫޒު ފޯރުވި ކަމަށް ހައިލަމް ވެސް ފަހުން ތުހުމަތު ކުރައްވާފައިވެއެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީގެ އެކުލެވުން ބަޔާން ކޮށްފައި އޮންނަ ގޮތުގެ ސަބަބުން އެ ކޮމިޝަންގައި ސިޔާސީ ބޭފުޅުން އަބަދުވެސް ތިއްބަވައެވެ. އެހެންކަމުން އެ ކޮމިޝަން މެދުވެރިކޮށް ޝަރުއީ ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމުގެ އަޑަކީ ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ގަދައަށް އިވޭ އަޑެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ތީހަމަ ކަނޑައެޅިގެން ދޮގެއް

    36
    • Anonymous

      ދޮގެއްނޫނީ މިމީހާ ނުހަދާނރ. މަރުވީމަ ކަށްވަޅު ލިބޭނެބާއޭ މަހިތަށްއަރާ!

  2. ބޯހަލާކު

    ސުބުހާނަﷲ ހަމަތެދެއްތަ...ދިވެހިންމީމޮޔައިންތަ.!؟

    39
  3. ކާފަބޭ2020

    އިބިލީސް ބުންޏަސްތެދެއްބުނެފިއްޔާވާނީ ހަމަތެދަކަށްދޯ؟ މިއަހަރުފެށުނުފަހުން ތިޔަވަރުތެދެއްމީހަކު ބުނިއަޑެއްނާހަން ތިޔައީި ތިޔަކަރުދާސްގަނޑުގަ ހަމަލިޔެފައޮތް އެއްޗެއްތޯ ނޫނީ ހަމަވިދާޅުވެވުނުއެއްޗެއްތޯ؟ ސުލޫކީމައްސަލައެއްއޮވެދާނެތީ އަހާލެވުނީ ޖޭއެސްސީ ކޮމިޝަނަށްބޯކޮށްސަލާމް🙂😄😄😄

    20
  4. މުފައްކިރު.

    އަންތަރީސް ވެއްޖެ. ހައިކޯޓުން ޔާމީނުގެ އިސްތިނިއުނާފުގެ މައްސަލަ ނިންމީ ނުފޫޒުން އެއްކިބާވެ މިނިވަން ކަން މަތީގަ ތިބެގެންތޯ؟ އެމް އެމް ޕީ އާރ ސީ ގެ މައްސަލާގައި އެންމެ ބޮޑު ޖަރީމާ ހިންގާފައިވާ އަދީބު ގޭބަންދުގައި ބަހައްޓާފައި ހުރީ އަދި ބިލިއަން ބިލިއަންގެ ޚިޔާނާތުގަ ދަޢުވާ ނޫއުފުލާ ހުރީ އަމާނާތް ތެރިކަމުންތޯ؟ 700 އަށް މިލިއަނަށް ވުރެ ބޮޑު ޢަދަދަކުން ޚިޔާނާތް ތެރިވެފައިވާ ކަމަށް އިޢުތިރާފު ޒިޔަތު އަށް ކުޑަ ޙުކުމެއް އައިއިރު ޚިޔާނާތްތެރިވި ރައްޔަތުންގެ ފައިސާ ނުހޯދިވަނީ އަމާނާތް ތެރިކަމުންތޯ؟ ކުށެއްނެތް ޔާމީނުގެ މުޅި މުދާ ނަގަން މަސައްކަތް އެކުރަނީ އަމާނާތްތެރިކަމުންތޯ؟

    37
  5. ހުސެން

    ނެތް/އޮތީ ނަޟީދުގެ ދެފައި މުޅި ދައުލަތުގަ.ކަލޯ އަބަދަކުތިހެނެއް ނޫޅެވޭނެ.ވަގުތު ކުޑަތަންވޭ /ޖަލުގޮޅިތައް އެބަ ތައްޔާރުވޭ/

    10
  6. ޟމ

    ވިއްސާރަ ކޯޓުތަކަށް ތިޔަ މިނިވަންކަން ލިބިފަ އޮތީ

  7. ޝަމްސިއްޔާ

    ކޯަޓުތަކށް މޑނ މީހުން ލައިގެން ލާދީނީ ކަމަށް ހުރަހެއްނެތި ކުރިޔަށް ދަނީ.

  8. ދުންތަރި

    ޝަރުޢީ ނިޒާމު ނުފޫޒުން މިންޖުވެފައިވާކަން ވަރަށްސާފު ހުރިހާ ފަނޑިޔާރުންނަށްބިރުދައްކައި އެމްޑީޕީ ބޭނުނުވާގޮތަށް ޙުކުމެއްކޮށްފިނަމަ މަޤާމުގެއްލޭ އެމީހަކު ހަވަރަށްދޭ މައްސަލަ ބަލާ މިހާވަރަށް ދެން ނުފޫޒުން އެއްކިބާވާނީ މިޤައުމުގެ ޝަރުޢީ ނިޒާމަކީ އެމްޑީޕީގެ ހަރުގެއެއް ފަނޑިޔާރުކަންވެސް ދެނީ އެކްޓިވިސްޓުންނަށް ލާދީނީ ޖާހިލުންނަށް ދެން ޝަރުޢީ ނިޒާމުގެ ހާލަތު އެންމެނަށްވަރަށްސާފު

    11
  9. Anonymous

    ދޮގެއް ހެދެން އޮތިއްޔާ ތެދެއް ހަދާނެތަ. ނަމުން ނުފޫޒުން މިންޖުވެފަޔޯ. ސަދޫމުގެ ހުކުމް މިހާރު އޮތީ.

  10. ލލ

    މިހާރު ހުންނަނީ ފުލުސްކޯޓް އެހެންވީ އޮންނާނީ ކޮން ނުފޫޒެއްތޯ !

  11. އަހުމަދު

    ދެން ކީކޭ ބުނާނީ.
    ރައީސް އިތުރުފުޅެއް ހައްދަވައިފި. މުޅިރާއްޖެ ގަބޫލުކުރާނެ އެކަން.

  12. ވިސްނުން

    ރާއެޖޭގަ އަދުލު އިންސާ ފް މިއަށްވުރެބަލިކަށިވެ ތަޣައްޔަރު
    ވެ ފައި އޮތް ދުވަސްވަރެއް އަދި ނާދެއެވެ.

  13. ރާގޭ ބަންޓަނާ

    ނާހަމަ ތެދެއް!! ބޮލުރޮދި ދޮގުނުހަދާ

  14. ސަނާހް

    ކަލޭގެ ނުފޫޒް އޮތީމަ އޯކޭ ދޯ ؟

  15. ސަނީ

    ރަނގަޅު ވާހަކަ އެއް، މިހާރު އިންސާފް ލިބޭނީ ހަމަ އެކަނި ރީނދޫ ކުދިންނައް އެކަނި.

    11
  16. އެމަންޖެ

    ތިޔަ ހުރިހާ ބާރެއް އޮތީ ކެނެރީގޭ ނަޝީދުގެ އަތްޕުޅުގަ.

  17. ޖަރީމާރާއްޖެ

    ކަލެއާ ނަސީދު ބޭނުން ގޮތް ކިޔަން ގުޅަނީ އަލީ ޒާހިރު( އަލިޕީ) އާއި އަހުމަދު އަބުދުލް އަފީފު ދެން ހިސާނު ދޯ؟

  18. ޢާފް

    ގައުުގަ ިނގާ ހިރިހާކަމެއް އެނގިހުރެ އެކަން ކުއްވެރި ނުކޮށް ޖަރީމާތަށް ހިންގައިރު ހަނު ހުރުމަކީ އެއްވެސް ރައީސެއްގެ ހިތްތިރި ކަމެއްނޫން އެއީ ބޮޑާކަމާ ކިބުރުރުވެރިކަން މިގައުމުގަ ކިތަށް ފާޙށީ ކަންތައްތޯ ހިންގަނީ ކިަށް މީހންތޯ މަރާލީ އިބޫ ސޯލިހަށް އެއްޗެކޭ ބުނެވުނު ތޯ ފެނިނުތޯ އަޑު އިވުނުތޯ އެހެންވެ މަބުނީ މޮޔައެއްގެ އަތަށް ކަނޑި ދިނީމަ ވާނީ މިހެންނޭ