ކޮވިޑް-19 ޖެހިގެން 84 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ އެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވީ، އެ ބަލީގައި މިއަދު ނިޔާވެފައި ވަނީ، އުމުރުން 84 އަހަރުގެ މީހެއް ކަމަށާއި، އެ މީހާ ނިޔާވީ މިރޭ 8:20 ގައި ކަމަށެވެ.

ނިޔާވި މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ މީހެކެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 54 އަށް އަރާފައެވެ.

ރާއްޖެއިން އިއްޔެވެސް ކޮވިޑް-19 ބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. އިއްޔެ ނިޔާވެފައި ވަނީ 70 އަހަރުގެ މީހެކެވެ.

މިއީ ކޮވިޑް-19 ބަލީގައި މި އަހަރު ތެރޭގައި ރާއްޖެއިން ނިޔާވި ހަ ވަނަ މީހާ އެވެ.

ރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 45 ދިވެހިންނާއި އަށް ބިދޭސީންނެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތަށް ބަލާއިރު، ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ. އަދި ޖެނުއަރީ މަހުން ފެށިގެން ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށިފަހުން، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

އަދި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 16276 އަށް އަރާފައިވާއިރު، މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 178 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަދުރޭ

    އަޖަލު ހަމަ ވެގެން ނިޔާވާ ޢުމުރަށް ދިޔައިމަ ދެން ކޮވިޑް ޖެހިގެން ނިޔާވި ކަމަށް ނިންމިޔަސް އޯކޭ ނޫންތޯ ؟ 20 އަހަރާ 40 އަހަރާ ދޭތެރެ މީހުން ގިނައިން މަރުވާނަމަ އެކަމާ ހާސްވާންޖެހޭނެ

    4
    23
  2. ޔަގީން މިހާރު

    ކޮވިޑޭ ނުކިޔާ.. ޓުއަރިޒަމްއޭ ކިޔާ. ނިކަމެތި ދިވެހި ރައްޔިތުންނޭ ނުކިޔާ.. މަހުޖަނުންގެ ޖީބުފުރާދީ..

    20
    4