ގދ. ތިނަދޫ މޮނީޓަރިންގ ހާލަތުން ނަގައިފިއެވެ.

އެރަށް މޮނީޓަރިންގ ހާލަތަށް ލާފައި ވަނީ އެރަށަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ފައްސި ވުމާ ގުޅިގެންނެވެ.

އެ މުވައްޒަފު ފައްސިކަން އެނގުނީ، ތިނަދޫގައި ދުވަސްތަކެއް ވަންދެން މަޑު ކުރުމަށްފަހު އެނބުރި މާލެ އައި ފަހުން ހެދި ޓެސްޓުންނެވެ.

އެރަށަށް އަރާ ފޭބުން މަނާ ކޮށްފައި ވަނީ ބުދަ ދުވަހުއެވެ.

އެ ދެ މީހުންނަކީ ހާއްސަ ހުއްދައިގެ ދަށުން އެރަށަށް ދިޔަ ދެ މީހެކެެވެ.

އެރަށް މޮނީޓަރިންގއަށް ލައި ނެރުނު އެންގުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

މިއަދު 18:00ގައި އެރަށް މޮނީޓަރިންގ ހާލަތުން ނަގާފައިވާއިރު، އެ ލިޔުމުގައި ވަނީ އެރަށް މޮނީޓަރިންގ ހާލަތުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެރަށް އާއްމު ހާލަތަށް ގެނެސްފައި ވަނީ، ފައްސިވި ދެ މީހުންނާއި ގާތުން އެއްތާވި މީހުން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނައްސިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު