އައްޑޫ ސިޓީ ހިތަދޫން ފައްސިވި ދެ މީހުންނާއި ގާތުން ބައްދަލުވި، އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއާއެކު އެ އިހާއަށް ނިސްބަތްވާ މީހުންގެ އަދަދު މި ވަނީ ހަތަރަކަށް އަރާފައެެވެ. މީގެ ކުރިން ފައްސިވެފައިވަނީ 3 ފިރިހެނުންނެވެ. މިހާރު އެ ސިޓިން ފައްސިވެފައިވަނީ އަންހެނެކެވެ.
ހިތަދޫން އިއްޔެ ފުރަތަމަ ފައްސިވީ ކަރަންޓީންގައި ނެތް ދެ މީހެކެވެ. އެ މީހުން ފައްސިކަން އެނގުނީ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އެ ދެ ވޭދަނައާއި ގުޅިގެން މިހާރު އެ ސިޓީއަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އެރަށުގައި ކޮވިޑް-19 ފެތުރެން ފަށާފައިވަނީ ހާއްސަ ހުއްދައިގެން ދަށުން މާލެ އިން ފުރައިގެން އައްޑޫ އަށް އައި މީހެއްގެ ފަރާތުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މި ވޭދަނައާއި ގުޅިގެން ސޯބެ ވިދާޅުވީ، މިވަގުތު ގާތުން އެއްތާވި މީހުން ހޯދައި، އަލާމާތްތައް ފެންނަ މީހުންގެ ސުންކު ނަގަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ޓްރެއިނިންގ އަށް ދިޔަ މީހުންގެ ސުންކު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަންވެސް ވަނީ އެނގިފައެވެ.
މި ވޭދަނަތަކާއި ގުޅިގެން އައްޑޫ ސިޓީ މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު، އެ އަތޮޅު ހުޅުމީދޫވެސް އޮތީ މޮނީޓަރިންއަށް ލާފައެވެ. އެރަށް މޮނީޓަރިންއަށް ލާފައިވާއިރު، އެރަށުން މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 24 އަށް އަރާފައެވެ.
މިފަހަ ރު މައިމޫނާ ސޮއި ވޯކް ނުކު ރި ދޯ
މިވީ ކިހިނެއް އަހަ ރުމެން ހީކު ރީ ހާއްސަ ހުއްދާއިގެދަށުން ކޮވިޑް ނުފެތު ރޭ ކަކަމަށް
ޙާއްސަ ހުއްދަ މިވަނީ ބަލިފަތު ރާ އެއްޗަކަށްދާ !!!